ހާއްޕެ: އެންމެ ފަހުގެ ފުޓްސަލް ކިންގް މި ފަހަރު ވެސް ހުރީ ފޯމުގައި!

Dec 7, 2021, 2:29 AM
އަލީ ހާފިޒް (ހާއްޕެ): މި ފަަހަރުގެ މުބާރާތުގައި ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް

އަލީ ހާފިޒް (ހާއްޕެ): މި ފަަހަރުގެ މުބާރާތުގައި ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް

ރާއްޖޭގެ ފުޓްސަލްގައި މި ވަގުތު ހުރި އެންމެ ނަގާކިޔާ ކުޅުންތެރިންގެ ލިސްޓެއް ހަދާނަމަ އެންމެ ކުރިން ޖާގަ ހޯދާނެ އެއް ކުޅުންތެރިއަކީ އަލީ ހާފިޒް (ހާއްޕެ) އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވާ ވަރުގަދަ ފުޓްސަލް މުބާރާތްތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާއްޕެ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކަޕް އިން ހޮވި "ފުޓްސަލް ކިންގް" އެވެ.

ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކުޅޭއިރު، މި މުބާރާތުގައި ވެސް ހާއްޕެ އަންނަނީ އޭނާގެ އެންމެ ރަނގަޅު ފޯމުގައި ކުޅެމުންނެވެ.

ހާއްޕެ، 2019 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޔުނައިޓެޑް ބީއެމްއެލް އަށެވެ. މި ފަހަރުގެ މުބާރާތުގައި ހާއްޕެ، ކްލަބް ވެމްކޯ އަށް ކުޅޭއިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް ހާއްޕެ ވަނީ ވެމްކޯ މޮޅުކޮށްދިނުމުގައި އެހީތެރިވެދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ނެގުމުގެ ރެކޯޑް އޮތީ ހާއްޕެ އަތުގަ އެވެ.

ވެމްކޯ އިން ގްރޫޕް ސްޓޭޖުގައި ކުުޅުނީ ސްޓެލްކޯ، ޔޫތު މިނިސްޓްރީ އަދި ސިޓީ ކައުންސިލާ ދެކޮޅަށެވެ. ތިން މެޗުގައި ހާއްޕެ ވަނީ ފަސް ގޯލު ޖަހައި ހަ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. މެޗުތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާއްޕެ އަށް ލިބިފައިވަނީ ގޯލު ޖެހުމުގެ އިތުރުން ޓީމު މޮޅުކޮށްދޭން އޭނާ އަދާކުރި މުހިއްމު ރޯލުގެ ސަބަބުންނެވެ.

ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު ހާއްޕެ، މިހާތަނަށް މި ވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ފަސް އަހަރު ކުޅެފަ އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގައި ހާއްޕެ އެންމެ ފުރަތަމަ ކުޅުނީ 2015 ވަނަ އަހަރު އެވެ. ފުރަތަމަ ތިން އަހަރު ހާއްޕެ ފެނުނީ ފުޓްސަލްގައި ވަރުގަދަ ނަމެއް ކަމަށްވާ އެމްޕީއެލް ޓީމުންނެވެ. އެމްޕީއެލްއާ އެކު ހާއްޕެ ވަނީ 2017 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ، އެމްއާރްޑީސީ އަތުން ބަލިވެފަ އެވެ.

ޖެހިގެން އައި އަހަރު ހާއްޕެ ކުޅުނީ ކްލަބް ވެމްކޯ އަށެވެ. ވެމްކޯއާ އެކު ދެ ވަނަ ބުރުން މުބާރާތުން ކެޓިއިރު، އޭނާ ދެން ފެނުނީ 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކްލަބް މޯލްޑިވްސް ކާމިޔާބުކުރި ބީއެމްއެލް ޓީމުންނެވެ. އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ބީއެމްއެލް އިން އުފުލާލިިއިރު، ހާއްޕެ ވަނީ އެ މުބާރާތުގައި 13 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެންމެ ފަހުން ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ބަލިވި ވެމްކޯ އިން މި ފަހަރު މުބާރާތުގެ ތަށި ހޯދުމުގެ އަމާޒުގައި ވަރުގަދަ ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. ވެމްކޯ އަށް ފުރަތަމަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕް ހޯދޭނީ ހާއްޕެ ރަނގަޅު ފޯމެއްގައި ބަހައްޓައިގެންނެވެ. އެކަން މުބާރާތުގައި ވެމްކޯ މިހާތަނަށް ކުޅުނު މެޗުތަކުން ފެނުނު ކުޅުމަށް ބަލާއިރު ސާބިތުވެ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ދެ ވަނަ ބުރުގައި މާދަމާރޭ ވެމްކޯ ކުޅޭ މެޗުގައި ނުކުންނާނީ އެފްއެސްއެމްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox