އޮމިކްރޯން ފެނުމާއެކު މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

ފަތުރުވެރިންތަކެއް މާސްކް ނާޅާ މަގުމަތީގައި: އެޗްޕީއޭން ވަނީ ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައި-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ފަތުރުވެރިންތަކެއް މާސްކް ނާޅާ މަގުމަތީގައި: އެޗްޕީއޭން ވަނީ ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައި-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ރާއްޖެއިން ކޮވިޑްގެ އާ ވޭރިއެންޓް "އޮމިކްރޯން" ފެނުމުން އެ ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

ރާއްޖެއިން ފެނިފައިވާ އޮމިކްރޯންގެ ކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއައި ފަތުރުވެރިއެއްގެ ފަރާތުން ފެނިފައިވާ ކޭސްއެކެވެ. އެގޮތުން އެ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ ނޮވެމްބަރު 21 ވަަނަ ދުވަހު އެވެ.

އެޗްޕީއޭއިން ބުނީ އޮމިކްރޯންގެ އެ ކޭސްގެ ވޭރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖެނޯމިކް ސިކުއެންސިންގް ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރުގައި ފޮނުވުނު ސާމްޕަލްތައް ޓެކްޓުކުރުމުން ކަމަށެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ "ވޭރިއަންޓް އޮފް ކޮންސާން" ނުވަތަ ކަންބޮޑުވާންޖެހޭ ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ.

އެ ވޭރިއަންޓް ހުރި ފަތުރުވެރިއެއް ރާއްޖެއިން ފެނިފައިވާ އިރު ވޭރިއަންޓާމެދު އިތުރަށް ސަމާލުވެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭ އިލްތިމާސްކުރާ ކަންކަން

  • މާސްކު އަޅައި ގައިދުރުކަން ބެހެއްޓުން.
  • ބަލީގެ އަލާމާތް ފެންނަ ނަމަ ފްލޫ ކްލިނިކަށް ދެއްކުން.
  • ސާމްޕަލް ދިނުމުގައި އެއްބާރުލުން ދިނުން.
  • ވެކްސިން ފުރިހަމަކޮށް ބޫސްޓާ ޑޯޒްވެސް ޖެހުން.

"އާ ވޭރިއަންޓްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލި ފެތުރުން އިތުރުވެ ކޮވިޑުގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމެވެ،" އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑުގެ އާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެކުނު އެފްރިކާ އިންނެވެ. އެއާއެކު މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

އޮމިކްރޮން ވޭރިއެންޓާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކަކީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒެމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވާޓީނީ ހިމެނޭހެން ހަތް ގައުމަކުންނެވެ.

އެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން މަނާ ފަރާތްތަކުގެ ތެރޭގައި ދަތުރުކުރުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި ދިރިއުޅުނު އަދި 12 ގަޑިއިރަށްވުރެ ގިނައިރު އެ ގައުމުތަކުގައި ޓްރާންސިޓް ކުރި ފަރާތްތައް ހިމެނޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox