ޕާކް ކުރަން 211 ޖާގަ ދޫކުރީ ކުރިމަތިލި ތަރުތީބުން, ގުރުއަތު ލައިގެން: ސިޓީ ކައުންސިލް

މާލެ ސިޓީގައި ޕާކް ކުރުމަށް ދޫކޮށްފައިވާ ސަރަހައްދެއް-- ފޮޓޯ: އަދަދު

މާލެ ސިޓީގައި ޕާކް ކުރުމަށް ދޫކޮށްފައިވާ ސަރަހައްދެއް-- ފޮޓޯ: އަދަދު

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޒޯންތަކުން ރޭ ދޫކުރި 211 ޕާކިން ޖާގަ ދޫކޮށްފައި ވަނީ ފޯމު ހުށަހެޅި ތަރުތީބުން ދޫކުރި ސްލިޕްގައިވާ ނަމްބަރާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމި އެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ޕާކިން ސްލޮޓު ދޫކުރި ގޮތާ މެދު ސުވާލު އުފައްދައި، ގުރު ނަގާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ފޯމުލުމުން ދޫކުރި ސްލިޕްގައި ނަމްބަރު ނެތް ކަމަށް ބައެއް މީހުން ބުންޏެވެ.

އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "އަދަދު"އަށް ވިދާޅުވީ ޕާކިން ޖާގައަށް ކުރިމަތިލި މީހުންނަށް ސްލިޕް ނަމްބަރެއް ހަވާލުކޮށްފައިވާނެ ކަމަށެވެ.

ގުރުއަތު ނަގާފައި ވަނީ އެ ސްލިޕް ނަމްބަރުންނެވެ.

ނަމަވެސް ނަރީޝް ވިދާޅުވީ ފޯމު ހަވާލުކުރިއިރު އިދާރީ ގޮތުން ދިމާވި ކަމެއްގެ ސަބަބުން ބައެއް މީހުންނަށް ސްލިޕް ނަމްބަރު ދޫނުކުރެވިވާ ކަމަށެވެ.

"ބައެއް ސްލިޕްތަކުގަ ނަމްބަރު ނުދެވި ހުރީ. ނަމަވެސް ފައިނަލް ލިސްޓުން އެ އެންމެންނަށް ވެސް ސްލިޕް ނަމްބަރު ދީ، އެ މީހުންގެ މައުލޫމާތު ހާމަކޮށްފައިވާނެ. އެ މީހުންގެ ފޯމް ނަމްބަރުވެސް ހިމަނައިގެން ގުރުއަތުލީ،" ނަރީޝް ވިދާޅުވި އެވެ.

މީގެ އިތުރުން ނަރީޝް ވިދާޅުވީ ކުރިމަތިލީ އެންމެންގެ ލިސްޓާއި ހޮވުނު މީހުންގެ ލިސްޓުތައް ގެޒެޓް ކޮށްފައިވާނެ ކަމަށެވެ. އެހެން ކަމުން އޭގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމުގެ ޔަގީންކަން ނަރީޝް ދެއްވި އެވެ.

"ވަރަށް އިންސާފުވެރިކޮށް ގުރުއަތު ނެގީ. ޔަގީންކަން ދޭނަން މިކަމުގައި ގޯހެއް ހަދާފައި ނޯންނާނެ ކަމުގެ. ބައިވަރު މީޑިއާތައް ކުރިމަތީގަ އަޅުގަނޑުމެން ގުރު ނެގީ،" ނަރީޝް ވިދާޅުވި އެވެ.

ވެހިކަލް ޕާކްކުރަން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ އިތުރު ޖާގަތަކުގެ ތެރޭގައި މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާ ދެމެދު) އިން 21 ޖާގަ، މއ. ކުރެދިގޯޅިން 10 ޖާގަ، މއ. ހުދުފަޅުހިނގުމުން 8 ޖާގަ، މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) 10 ޖާގަ، ސަލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި ހ. އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ ހިމެނެ އެވެ.

މީގެ އިތުރުން ހަމައެކަނި ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް 24 ޖާގައެއް ކުއްޔަށް ދިނުމަށް ވެސް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ. މި 24 ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗް ޕާކިން ހިމެނޭ ސަރަޙައްދުން ޗައިނާ އެމްބަސީ ކުރިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox