ރަޝިއާ އާއި އިންޑިއާ ގުޅިގެން ހަތިޔާރު އުފައްދަން އެއްބަސްވެއްޖެ

ރަޝިއާ އަދި އިންޑިއާގެ ފޮރިން މިނިސްޓަރުންނާއި ޑިފެންސް މިނިސްޓަރުން. -- ފޮޓޯ: ސިދާންތް ސިބާލް/ ޓްވިޓާ

ރަޝިއާ އަދި އިންޑިއާގެ ފޮރިން މިނިސްޓަރުންނާއި ޑިފެންސް މިނިސްޓަރުން. -- ފޮޓޯ: ސިދާންތް ސިބާލް/ ޓްވިޓާ

ރަޝިއާ އާއި އިންޑިއާގެ އަސްކަރީ ގުޅުން 2031 ވަނަ އަހަރަށް ދަމަހައްޓައި، ގުޅިގެން ހަތިޔާރު އުފައްދަން އެއްބަސްވެއްޖެ އެވެ.

އެގޮތަށް އެއްބަސްވީ ރަޝިއާ އާއި އިންޑިއާގެ ފޮރިން މިނިސްޓަރުންނާއި ޑިފެންސް މިނިސްޓަރުންނާ ދެމެދު ހޯމަ ދުވަހު ނިއު ދިއްލީގައި ބޭއްވި 2+2 ބައްދަލުވުމުގެ ތެރެއިންނެވެ.

ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ނިންމީ އޭކޭ-203 އެސޯލްޓް ރައިފަލް ބަޑި އުފެއްދުމަށް އެކުގައި މަސައްކަތް ކުރުމަށެވެ. އެ ބަޑި އިންޑިއާގައި އުފެއްދުމަށް މީގެ ކުރިން ރަޝިއާއާ އެކު ހާއްސަ ޖޮއިންޓް ވެންޗާއެއް ވެސް ގާއިމްކުރި އެވެ.

އިންޑިއާ އަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ އެއް ގައުމަކީ ރަޝިއާ އެވެ. އިންޑިއާ އިން މިހާރު މަސައްކަތް ކުރަނީ އަސްކަރީ ފައުޖު ޒަމާނީ ކުރުމަށެވެ. އެގޮތުން މި ވަގުތު އޮތް އެންމެ ފާހަގަކުރެވޭ އެއްބަސްވުމަކީ ދިގު ރާސްތާގެ އެސް-4000 މިސައިލް ޑިފެންސް ސިސްޓަމް އެއްބަސްވުމެވެ.

ފަސް ބިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެ އެއްބަސްވުމާ ހެދި އިންޑިއާ އާއި އެމެރިކާގެ ގުޅުމަށް އަސަރު ކުރުމުގެ ބިރު އެބަ އޮތެވެ.

އެމެރިކާގެ "ކައުންޓަރިން އެމެރިކާޒް އެޑްވާޒަރީސް ތްރޫ ސޭންކްޝަންސް އެކްޓް (ސީއޭއޭޓީއެސްއޭ)" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ހަފުތާގައި ބުނީ އިންޑިއާއާ މެދު ވަކި ހާއްސަ ގޮތަކަށް އަމަލު ކުރުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. ވާދަވެރިންނާ މެދު އަމަލުކުރާނެ ގޮތް ކަނޑައަޅަން ކަމަށް ބުނެ އުފެއްދި ސީއޭއޭޓީއެސްއޭ އަކީ ރަޝިއާ އަށް ހާއްސަކޮށް އެމެރިކާ އިން ގެންގުޅޭ ގާނޫނެކެވެ.

ހަތިޔާރު އުފައްދަން އިންޑިއާ އާއި ރަޝިއާ އިން އެއްބަސްވެފައި ވާއިރު، މިއަދުގެ ވަގުތެއްގައި ޕުޓިން އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox