ހަކަތަ އާއި އަސްކަރީ ގުޅުން ވަރުގަދަ ކުރަން ޕުޓިން އިންޑިއާއަށް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 6) - ކޮވިޑް ބަލިމަޑުކަން އައި ފަހުން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ.

ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ހަކަތަ އާއި އަސްކަރީ ގުޅުން ވަރުގަދަ ކުރުމެވެ. ތާރީހީ ގޮތުން ރަޝިއާއާ ގާތް ގުޅުމެއް އޮތް އިންޑިއާގެ ތާއީދު ޔަގީންކުރަން އެމެރިކާ އިން ވެސް ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ.

ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އެމެރިކާ އިން ވަނީ "ކުއެޑް" ގެ ނަމުގައި ހަތަރު ގައުމުގެ ގްރޫޕެއް ހަދާފަ އެވެ. އެއީ އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ އެވެ. އޭގެ ސަބަބުން ޗައިނާ އާއި ރަޝިއާގެ ކަންބޮޑުވުން އިތުރުވި އެވެ.

Advertisement

ފިނި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ. އެ ގުޅުން މިއަދާ ހަމައަށް ވެސް އޮތް އިރު، އިންޑިއާ އިން ރަޝިއާ ސިފަކުރަނީ "ހާއްސަ ސްޓްރެޓެޖިކް ޕާޓްނަރެއް" ގޮތުގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އޮތް ވާޗުއަލް ސަމިޓެއްގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައީސް ޕުޓިން އަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުން ކަށަވަރުވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން ކަމަށެވެ.

"ރަޝިއާ އަކީ އަބަދުވެސް އިންޑިއާގެ ވަރަށް ގާތް އެކުވެރިއެއް،" މޯދީ ވިދާޅުވި އެވެ.

މިއީ ދެ އަހަރު ދުވަސް ކުރިން ކޮވިޑް ބަލި ފެތުރެން ފެށި ފަހުން ޕުޓިން ގައުމުން ބޭރަށް ކުރައްވާ ދެވަނަ ދަތުރެވެ. މި އަހަރު އޮތް ޖީ20 އަދި ކޮޕް26 ސަމިޓަށް ވެސް ޕުޓިން ވަޑައިނުގަންނަވަ އެވެ. ނަމަވެސް މިދިޔަ ޖޫން މަހު ޖެނީވާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރެއްވި އެވެ.

ގުޅުމާ މެދު އެމެރިކާގެ ކަންބޮޑުވުން

ރަޝިއާ އިން ބުނީ ދެ ގައުމުގެ މެދުގައި ކުރާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހަކަތަ އާއި އަސްކަރީ ގުޅުމަށް ކަމަށެވެ. ރަޝިއާގެ ހަކަތަ އުފައްދާ ކުންފުނި ރޮސްނެފްޓްގެ ވެރިޔާ އައިގޯ ސެޗިން ވެސް މި ދަތުރުގައި ބައިވެރިވެ އެވެ. އެހެންކަމުން ހަކަތައާ ގުޅޭ މުހިއްމު އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.

އިންޑިއާ އަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ އެއް ގައުމަކީ ރަޝިއާ އެވެ. އިންޑިއާ އިން މިހާރު މަސައްކަތް ކުރަނީ އަސްކަރީ ފައުޖު ޒަމާނީ ކުރުމަށެވެ. އެގޮތުން މި ވަގުތު އޮތް އެންމެ ފާހަގަކުރެވޭ އެއްބަސްވުމަކީ ދިގު ރާސްތާގެ އެސް-4000 މިސައިލް ޑިފެންސް ސިސްޓަމް އެއްބަސްވުމެވެ.

ފަސް ބިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެ އެއްބަސްވުމާ ހެދި އިންޑިއާ އާއި އެމެރިކާގެ ގުޅުމަށް އަސަރު ކުރުމުގެ ބިރު އެބަ އޮތެވެ.

އެމެރިކާގެ "ކައުންޓަރިން އެމެރިކާޒް އެޑްވާޒަރީސް ތްރޫ ސޭންކްޝަންސް އެކްޓް (ސީއޭއޭޓީއެސްއޭ)" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ހަފުތާގައި ބުނީ އިންޑިއާއާ މެދު ވަކި ހާއްސަ ގޮތަކަށް އަމަލު ކުރުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. ވާދަވެރިންނާ މެދު އަމަލުކުރާނެ ގޮތް ކަނޑައަޅަން ކަމަށް ބުނެ އުފެއްދި ސީއޭއޭޓީއެސްއޭ އަކީ ރަޝިއާ އަށް ހާއްސަކޮށް އެމެރިކާ އިން ގެންގުޅޭ ގާނޫނެކެވެ.

މިސައިލް ޑިފެންސް ސިސްޓަމް އެއްބަސްވުމުގެ އިތުރުން އިންޑިއާގައި އޭކޭ-203 ރައިފަލް އުފައްދަން ހާއްސަ ޖޮއިންޓް ވެންޗާއެއް ވެސް ރަޝިއާއާ އެކު ވަނީ ފަށާފަ އެވެ.

އިންޑިއާ އާއި ރަޝިއާ އިން އާއްމުކޮށް ކޮންމެ އަހަރަކު ވެސް ސަމިޓެއް ބާއްވަ އެވެ. ނަމަވެސް އެންމެ ފަހުން ދެ ގައުމުގެ ލީޑަރުން އެއް ތަނަކުން ބައްދަލުވެވަޑައިގެންނެވީ 2019 ވަނަ އަހަރު ބްރެޒިލްގައި އޮތް ބްރިކްސް ސަމިޓުންނެވެ.

"ދެ ގައުމުގެ ގުޅުމުގެ ހާލަތާއި ކުރިއަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އަދި ސްޓްރެޓެޖިކް ގުޅުން ވަރުގަދަ ކުރުމަށް ލީޑަރުން މަޝްވަރާ ކުރައްވާނެ،" މިދިޔަ މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދެ ގައުމުގެ ފޮރިން އަދި ޑިފެންސް މިނިސްޓަރުން ވެސް ހޯމަ ދުވަހު މަޝްވަރާތައް ބާއްވަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox