18/30 ފުޓްސަލް ފިއެސްޓާ: ސެމީގައި ސިފައިންނާއި ވެމްކޯ، ޕޮލިހާއި އެމްޕީއެލްގެ ކުރިމަތިލުމެއް

Dec 5, 2021, 6:33 PM
އެމްޕީއެލްގެ ޝާމިލާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އެމްޕީއެލްގެ ޝާމިލާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅުނު މެޗުތަކަށް ފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ވެމްކޯ ކުޅެން ޖެހުނުއިރު، އަނެއް ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލުން ޕޮލިސް ކްލަބާ ވާދަކުރަން ޖެހިއްޖެ އެވެ.

18/30 ފުޓްސަލް ފިއެސްޓާގައި މިރޭ ގްރޫޕް އޭގައި ޓްރޭޑް ކްލަބް އަތުން ޕޮލިސް މޮޅުވީ 5-0 އިންނެވެ. ގްރޫޕް ބީގައި ވެމްކޯ އަތުން އެމްޕީއެލް ވަނީ 5-1 އިން މޮޅުވެފަ އެވެ.

ގްރޫޕްގެ އޭގެ އެއް ވަނަ ހޯދީ ސިފައިންނެވެ. ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހަމަކުރި އެވެ. ދެ ވަނަ ހޯދި ޕޮލިހަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފުލަށް ދިޔަ ޓްރޭޑް ކްލަބް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ. ގްރޫޕް ބީގެ އެއް ވަނަ ހޯދި އެމްޕީއެލް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ ވެމްކޯ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ގޮސް ކެޓި ޓީމު ފެނަކަ އަށް ހަތަރު މެޗުން ލިބުނީ ޕޮއިންޓެކެވެ.

ސެމީގައި ކުޅޭނީ ގްރޫޕް އޭގެ އެއް ވަަނަ އާއި ގްރޫޕް ބީގެ ދެ ވަނަ އެވެ. އަދި ގްރޫޕް ބީގެ އެއް ވަނަ ކުޅޭނީ ގްރޫޕް އޭގެ ދެ ވަނައާ އެވެ. އެ ގޮތުން ސިފައިންނާއި ވެމްކޯ އަދި އެމްޕީއެލް އާއި ޕޮލިސް ކުޅޭ ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހު 13 ވަަނަ ދުވަހުގެރޭގަ އެވެ.

ރެހެންދި ފުޓްސަލް އެއް ވަަނަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެމްކޯ ކޮޅަށް އެމްޕީއެލްގެ ފުރަތަމަ ގޯލު ޖެހީ ގައުމީ ވޮލީ ޓީމަށް ކުޅޭ ފާތިމަތު ޖޫޒާން ޒަރީރް އެވެ. އެމްޕީއެލްގެ ތަޖިކިސްތާން ކުޅުންތެރިޔާ މަދީނާ ފަޒިލޯވާ ނެގި ހުރަހަކުން ޖޫޒާން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ދެ ވަނަ ގޯލު ޖެހީ ހުސްކޮށް އަރައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން އާމިނަތު ޝާމިލާ އެވެ.

އެމްޕީއެލްގެ އަނެއް ގޯލުތައް ޖެހީ މަދީނާ އާއި ޝާމިލާގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެމްޕީއެލްގެ ކެޕްޓަން ފާތިމަތު ޝާލިޔާ އެވެ. ވެމްކޯގެ ހަމައެކަނި ގޯލު ޖެހީ އައިމިނަތު އަރީޝާ އެވެ.

ރެހެންދި ދެ ވަނަ ދަނޑުގައި ކުޅުނު މެޗުގައި ޓްރޭޑް ކޮޅަށް ޕޮލިހުގެ ގޯލުތައް ޖެހީ ފާތިމަތު ތީބާ އާއި ލެބަނަންގެ ނެންސީ ޗޭލިއަން ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ލެބަނަންގެ ސެލީން އަލް ހައްދާދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox