ރާއްޖެ އައި ޓޫރިސްޓަކު އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗް ލެބުގައި ކޮވިޑަށް ޓެސްޓުކުރަނީ: ރާއްޖޭން އޮމިކްރޯން ވޭރިއަންޓް ވަނީ ފެނިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އައިޖީއެމްއެޗް ލެބުގައި ކޮވިޑަށް ޓެސްޓުކުރަނީ: ރާއްޖޭން އޮމިކްރޯން ވޭރިއަންޓް ވަނީ ފެނިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖެ އައި ފަތުރުވެރިއަކު، އެންމެ ނުރައްކާތެރިކަމަށް ބުނާ އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ރާއްޖޭން ފެނިފައިވާ ކަމަށެވެ.

އަދި އެ ވޭރިއަންޓް ފެނިފައިވަނީ ރާއްޖެއަށް އައި ފަތުރުވެރިއެއްގެ ކޮވިޑު ޕޮޒިޓިވްވި ސާމްޕަލްގެ ޖެނޯމިކް ސީކުއެންސިން ހަދައިގެން ކަމަށެވެ.

ނަމަވެސް، އެ ވޭރިއަންޓް ފެނުނީ ކޮން ގައުމަކުން އައި ޓޫރިސްޓުންގެ ފަރާތުން ކަމެއް އެޗްޕީއޭއިން ނުބުނެ އެވެ.

ކޮވިޑުގެ އާ ވައްތަރެއްކަމުގައި ސައިންސްވެރިން ބުނާ އޮމިކްރޯން ނަމަކަށް ކިޔާ އެ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެކުނު އެފްރިކާ އިންނެވެ.

އެއާއެކު މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

އޮމިކްރޮން ވޭރިއެންޓާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކަކީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒެމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވާޓީނީ ހިމެނޭހެން ހަތް ގައުމަކުންނެވެ.

އެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން މަނާ ފަރާތްތަކުގެ ތެރޭގައި ދަތުރުކުރުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި ދިރިއުޅުނު އަދި 12 ގަޑިއިރަށްވުރެ ގިނައިރު އެ ގައުމުތަކުގައި ޓްރާންސިޓް ކުރި ފަރާތްތައް ހިމެނޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މީގެ ތެރޭގައި ދިވެހިންނާއި ރާއްޖޭގައި ވޯކް ޕާމިޓް އޮންނަ ފަރާތްތައް ނުހިމެނެ އެވެ. އެ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ ހާއްސަ އުސޫލެއް ގާއިމްކޮށްފަ އެވެ.

އެގޮތުން 14 ދުވަސް ކުރިން އެ ގައުމުތަކުގައި އުޅުނު, 12 ގަޑިއިރަށް އެ ގައުމުތަކުން ގައުމެއްގައި ޓްރާންސިޓްވި ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ ފަރާތްތައް ރާއްޖެއަށް އައުމާއެކު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އަދި 14 ދުވަސް ފަހުން ކަރަންޓީނުން ދޫކުރެވޭނީ ކޮވިޑަށް ޓެސްޓުކޮށް ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

އެފްރިކާގެ ބައެއް ގައުމުތަކުން އަންނަ މީހުންނަށް ފިޔަވަޅުތައް ހަރުކަށި ކުރި ފަހުން، ބާރު ދުވެލީގައި ފެތުރެމުން އަންނަ މި އާ ވޭރިއަންޓް މިހާރު ވަނީ އަވަށްޓެރި ސްރީލަންކާގެ އިތުރުން އިންޑިއާއިން ވެސް ފެނިފަ އެވެ.

އޮމިކްރޯންގެ ނުރައްކާ ބޮޑު؟

ރިޕޯޓުތައް ބުނާ ގޮތުން 40 ގައުމަކުން އޮމިކްރޯން ވޭރިއެންޓް މިހާރު ވަނީ ފެނިފަ އެވެ. ވަރަށް ބޮޑެތި މިޔުޓޭޝަންތަކެއް އައިސްފައިވާ އެ ވޭރިއެންޓުން ކުރާ އަސަރު އަދިވެސް ޔަގީންކޮށް ހޯދިފައެއް ނުވެ އެވެ.

ދެކުނު އެފްރިކާގެ ސައިންޓިސްޓުން ހެދި ދިރާސާގެ ފުރަތަމަ ޑޭޓާ ދައްކާ ގޮތުން ކޮވިޑް ޖެހިފައި ހުރި ނަމަވެސް އަލުން އޮމިކްރޯން ވޭރިއެންޓާ ހެދި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ނަމަވެސް އެނެލިސްޓުން ބުނީ އެއީ އަދި ފުރިހަމަ ޑޭޓާއެއް ނޫން ކަމަށެވެ. އޮމިކްރޯން ވޭރިއެންޓް އެންމެ ފުރަތަމަ ހޯދީ ދެކުނު އެފްރިކާގެ ސައިންޓިސްޓުންނެވެ.

އޮމިކްރޯންއާ މެދު ހާސްވުމުގެ ބަދަލުގައި އެއާ ކުރިމަތިލުމަށް ގައުމުތަކުން ތައްޔާރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox