ފަސް ދުވަސްތެރޭ ކޮވިޑްގެ 4 މަރު، ޖުމްލަ 254 އަށް

ކޮވިޑްގައި ރާއްޖެއިން މަރުވި މީހަކު ވަޅުލަނީ: މި މަހު މިހާތަނަށް ވަނީ މި ބަލީގައި ފަސް މީހަކު މަރުވެފައި--- ފޮޓޯ: އަދަދު

ކޮވިޑްގައި ރާއްޖެއިން މަރުވި މީހަކު ވަޅުލަނީ: މި މަހު މިހާތަނަށް ވަނީ މި ބަލީގައި ފަސް މީހަކު މަރުވެފައި--- ފޮޓޯ: އަދަދު

މި މަހުގެ ފުރަތަމަ ފަސް ދުވަސް ތެރޭ ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު 254 އަށް އަރައިފި އެވެ.

މިގޮތުން، ކޮވިޑްގައި މިއަދު ވެސް މީހަކު މަރުވެފައިވާއިރު، މި މަހު މަރުވި ފަސް މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ބަލީގައި މި މަހު ފުރަތަމަ މީހާ މަރުވެފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ ޏ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މިބަލީގައި އިއްޔެ ދެ މީހުން މަރުވެފައިވާއިރު އިއްޔެ މަރުވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަކުގައި ފަރުވާ ދެމުންދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި ހއ. ތުރާކުނުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ހިމނެ އެވެ.

އޭގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނު މަރުވީ 77 އަހަރުގެ އަންހެނެކެވެ.

މިދިޔަ މަހު ކޮވިޑުގައި ހަތް މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހު އެވެ. އެ މަހު ކޮވިޑް ޖެހިގެން ޖުމުލަ 88 މީހުން މަރުވެފައިވާއިރު އެއީ ކޮވިޑް ކޭސްތައްވެސް ރެކޯޑް އަދަދަކަށް އިތުރުވި މަހެކެވެ.

މީހުން މަރުވާ މިންވަރު އިތުރުވެފައިމިވަނީ ކޮވިޑްގެ އާ ވޭރިއެންޓެއްގެ އިންޒާރު އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.

އޮމްރިކޮން ވޭރިއަންޓުގެ ނުރައްކާ ބޮޑު

ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ ހަތަރު ވޭރިއެންޓެކެވެ. އެއީ އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.

އޭގެ އިތުރުން ސަމާލުކަންދީގެން މޮނީޓާ ކުރަމުންދާ ދެ ވޭރިއެންޓެއް ވެ އެވެ. އެއީ ލަމްބްޑާ އާއި މޫ އެވެ. ނަމަވެސް އޮމްރިކޮން ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން، ބަލި ފެތުރުމުގެ ދުވެލި އަވަސްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ކުރިން ކޮވިޑު ޖެހުނު މީހުންނަށް ބަލި އަނެއްކާ ވެސް ޖެހުމުގެ ފުރުސަތު މި ވޭރިއެންޓާއެކު ބޮޑުކަމަށް ވެސް ބުނެ އެވެ.

އެއާއެކު ޔޫރަޕްގެ ގައުމުތަކުން މިހާރު ވެސް ވަނީ ދެކުނު އެފްރިކާ އަށް ދަތުރުކުރުން މަނާކުރަން ފަށާފަ އެވެ. އަލަށް ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯން ވޭރިއަންޓް އިންޑިއާ، ލަންކާ އަދި މެލޭޝިއާއިން ވެސް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.

ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު މި ވޭރިއަންޓް މިހާރު އެހެން ގައުމުތަކުން ވެސް ފެންނަމުންދާ އިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ އޮމިކްރޯން ދުނިޔޭގެ ގިނަ ހިސާބުތަކަށް ފެތުރޭނެ ކަމުގެ އިންޒާރު ދީ، އެކަމުން ރައްކާތެރިވުމަށް ސަމާލުވުމަށް އަންގާފަ އެވެ.

އަދި މި ވޭރިއަންޓްގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމްތައް އަނެއްކާ ވެސް އިނދަޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖެއިން އާ ވޭރިއެންޓަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސައުތް އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސާސްކޯވް-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށްޓަކައި، ފިޔަވަޅުތަކެއް އަޅާފަ އެވެ.

އާ ވޭރިއެންޓް ރާއްޖެއިން ނުފެނުނު ނަމަވެސް ކޭސްތައް މަތީގައި

ކޮވިޑަށް ޕޮޒިޓިވް އަދަދު 100 އިން މަތީގައި ހުންނަތާ މިއަދަށް ހަފްތާއެއް ވާން މިވަނީ ކައިރިވެފަ އެވެ. މި ފަހުން 100 އިން ދަށް ވެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަދަދު ހުރީ 79 ގައެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. މާލޭގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 92،095އަށް އަރާފަ އެވެ. އެގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ ޖުމުލަ 90،103 މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ ގޮތުގައި 1،726 މީހުން އުޅޭއިރު 19 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކޮވިޑް އަދަދުތައް މަތި ނަމަވެސް އާ ވޭރިއެންޓް މިހާތަނަށް ފެނިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox