ކްލަބް މޯލްޑިވްސް: ދެ ވަނަ ބުރުގެ ފަހު ޖާގަ ވެމްކޯ އާއި ސްޓެލްކޯ އަށް

Dec 4, 2021, 6:40 PM
ވެމްކޯގެ ޝައްފާން (ކ) ސިޓީ ކައުންސިލްގެ އަހުސާމް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެމްކޯގެ ޝައްފާން (ކ) ސިޓީ ކައުންސިލްގެ އަހުސާމް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން މޮޅުވެ، ކްލަބް ވެމްކޯ އާއި ސްޓެލްކޯ ކްލަބުން ދެ ވަނަ ބުރުގެ ފަހު ޖާގަތަށް ކަށަވަރުކޮށްފި އެވެ.

ވެމްކޯ އާއި ސްޓެލްކޯގެ އިތުރުން މިއަދު ހަވީރާއި މިރޭ ކުޅުނު މެޗުތަކަށް ފަހު ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ އެމްއޭސީއެލް، އުރީދޫ، ޕޮލިސް ކްލަބް އަދި ޓްރޭޑް ކްލަބް އެވެ. މިއަދު ހަވީރު ޕޮލިހާއި ހުޅުމާލެ ހޮސްޕިޓަލް 2-2 އިން އެއްވަރުވިއިރު، އެލައިޑް އަތުން ޓްރޭޑް ކްލަބް މޮޅުވީ 5-2 އިންނެވެ. މިރޭ ކަސްޓަމްސް އަތުން 5-1 އިން ބަލިވެ، މީޑިއާނެޓް ކެޓިއިރު، އެމްއޭސީއެލް އިން ވަނީ 2-0 އިން އުރީދޫ ބަލިކޮށްފަ އެވެ. އަދި ސިޓީ ކައުންސިލް އަތުން 3-2 އިން ވެމްކޯ މޮޅުވިއިރު، ޔޫތު މިނިސްޓްރީގެ މައްޗަށް ސްޓެލްކޯ އިން ކުރިހޯދީ 2-1 އިންނެވެ.

ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުރި 16 ޓީމު:

އެމްއޭސީއެލް، އުރީދޫ، ޕޮލިސް ކްލަބް، ޓްރޭޑް ކްލަބް، ވެމްކޯ ސްޓެލްކޯ، ކްލަބް އެޗްޑީސީ، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، ދިރާގު، އެފްއެސްއެމް، ފެނަކަ، ޕްރިޒަން، އެމްޕީއެލް، ދިވެހި ސިފައިންގެ ކްލަބް، އެސްޓީއޯ އަދި އެމްޓީސީ

މިއަދު ހަވީރު ކުޅުނު މެޗުގައި ހުޅުމާލެ ހޮސްޕިޓަލުން އަބްދުﷲ ފާރިޝްގެ ގޯލުން ލީޑުނެގި މި މެޗުގައި ޕޮލިހުން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. ޕޮލިހުގެ ގޯލުތައް ޖެހީ މުހައްމަދު ޝިފާން އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފަހުމީ އެވެ. ހުޅުމާލެ ހޮސްޕިޓަލަށް އެއްވަރުކޮށްދިން ގޯލު ޖެހީ ހަސަން ސޮލާހު އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ކަޓާފައި އޮތް އެލައިޑް ކޮޅަށް ޓްރޭޑް ކްލަބްގެ ޖުމައިލް ޖަމީލް (ޖުމްބެ) އާއި ސައިފާން އަހުމަދު މަނިކް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ކާމިޔާބުކުރީ އިސްމާއިލް އިހުތިރާމް އެވެ. އެލައިޑްގެ ގޯލުތައް ޖެހީ ގައިސާން އަބޫބަކުރު އިބްރާހިމް އާއި އަންސަރު އިބްރާހިމް (އަންކޮ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޓްރޭޑް ކްލަބްގެ ޖުމްބެ އެވެ.

ގްރޫޕް ބީގެ އެއް ވަނަ ޕޮލިހުން ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ޓްރޭޑް ކްލަބް ދެ ވަނަ ދިޔައީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި ނިންމާލި ހުޅުމާލެ ހޮސްޕިޓަލަށް ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލަށް ދިޔަ އެލައިޑަށް ޕޮއިންޓެއް ނުލިބެ އެވެ.

އުރީދޫ ކޮޅަށް އެމްއޭސީއެލް އިން ގޯލުތައް ޖެހީ އަލީ ޝާފިއު އާއި އަޒްޔާން އިބްރާހިމް އެވެ. ކަޓާފައި އޮތް ކަސްޓަމްސް އިން މިޑިއާނެޓް ބަލިކުރިއިރު، ގޯލުތައް ޖެހީ ހަސަން ނޫރިޝް ހެޓްރިކެއްގެ އިތުރުން މުމްތާޒް އަބްދުލް ރަޝީދު ދެ ގޯލެވެ. މީޑިއާނެޓްގެ ހަމައެކަނި ގޯލު ޖެހީ މޫސާ އަޒީމް ހަސަން އެވެ.

ގްރޫޕް އޭގެ އެއް ވަނަ ދިޔަ އެމްއޭސީއެލް އާއި ދެ ވަނަ އަށް ދިޔަ އުރީދޫ އަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ފައިދާ ގޯލު ގިނައީ އެމްއޭސީއެލް އެވެ. ތިން ވަނަ އަށް ދިޔަ ކަސްޓަމްސް އާއި ހަތަރަކަށް ދިޔަ މީޑިއާނެޓަށް ވެސް ލިބުނީ ތިން ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ކަސްޓަމްސް އަށް ކުރި ލިބުނީ އެވެ.

މިރޭ ފަހު މެޗުތަކުގެ ތެރެއިން ސިޓީ ކައުންސިލުން ވެމްކޯއާ ބައްދަލުކުރި މެޗުގައި ސިޓީ ކައުންސިލުން ދެ ގޯލު ޖެހީ ވެސް ޒުވާން ގައުމީ ޓީމުގެ އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. ވެމްކޯގެ ގޯލުތައް ޖެހީ އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝައްފާން (ޝާކާ) އަދި އަލީ ޝިޔާހު އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ސްޓެލްކޯ އިން ޔޫތު މިނިސްޓްރީ ބަލިކުރީ އުނދަގުލުންނެވެ. ގައުމީ ޓީމުގެ ގާސިމް ސައްމާމް (ސައްމެ)ގެ ގޯލުން ޔޫތު މިނިސްޓްރީން ލީޑުނެގި އެވެ. ސްޓެލްކޯ ކޮޅަށް މެޗު އަނބުރާލީ ފުޓްސަލް ތަރި، އަލީ މާއިސް (މައްޓު)ގެ ދެ ގޯލުންނެވެ.

ކުޅުނު ތިން މެޗުން ވެސް މޮޅުވި ވެމްްކޯ ވަނީ ނުވަ ޕޮއިންޓާ އެކު ގްރޫޕް ސީގެ އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ ސްޓެލްކޯ އަށް ލިބުނީ ހަ ޕޮއިންޓެވެ. ސިޓީ ކައުންސިލުން ތިން ޕޮއިންޓް ހޯދިއިރު، ދިޔައީ ތިން ވަނަ އެވެ. ޔޫތު މިނިސްޓްރީ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖުން ދެ ވަނަ ބުރަށް ދިޔައީ ހަތަރު ޓީމެކެވެ. އެއީ ވެމްކޯ، އެޗްޑީސީ، އެމްޕީއެލް އަދި އެސްޓީއޯ އެވެ. މުބާރާތުގެ ގަދަ 16 ބުރުގައި ކުޅޭ މެޗުތައް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox