ބޮލުގެ ރިހުން ފިލުވައިދޭން މިއީ އެހީއެއް!

Dec 3, 2021, 1:47 AM
 ބޮލުގެ ރިހުން ފިލުވައިދޭން މިއީ އެހީއެއް!

ބޮލުގައި ރިއްސާ ކޮންމެ ފަހަރަކު ޕެނެޑޯލް ގުޅައެއް ކެއުމަކީ އަހަރެމެންގެ ތެރޭގައި ހަރުލާފަ އޮތް ނިކަން ނުބައި އާދަ އެކެވެ. ބޭސް ގުޅައަކާއި ހަމައަށް ދިއުމުގެ ކުރިން ބޮލުގައި ރިހޭ ރިހުން ލުއި ކުރުމަށްޓަކައި ކުރެވިދާނެ ބައިވަރު ކަންތައްތައް ހުރެ އެވެ. މި ފާހަގަކޮށްލަނީ މި ކަންކަމުގެ ތެރެއިން އެހާ އާންމު ނޫން, އެހެނަސް ފަސޭހައިން ކުރެވިދާނޭ ބައެއް ކަންތައްތަކެވެ.

އައިސް ޕެކްއެއް ނުވަތަ ހޫނު ކޮމްޕްރެސްއެއް

ބޮލުގައި ރިއްސަނީ މައިގްރެއިން ރިހުމަކުން ކަމުގައިވާނަމަ އައިސް ޕެކެއް ނުވަތަ ގަނޑުފެން ކޮޅެއްވެސް ބޮލުގައި ޖައިސައިގެން ލުއިކަން ހޯދިދާނެ އެވެ. ނުވަތަ އާދައިގެ ވަރަކަށް ފިނިކޮށް ފެންވެރުމަކީ ވެސް މައިގްރެއިން ތަދަށް ލިބޭނޭ ލުއެކެވެ. ގަނޑުފެން ފަދަ ބާވަތެއް ބޭނުންކުރާނަމަ އަޅަން ވާނީ 15 މިނިޓުން 15 މިނިޓުން މަޑުކުރުމަށްފަހު އެވެ.

ބޮލުގައި ރިއްސަނީ ޓެންޝަން ތަދަކުން ކަމުގައިވާ ނަަމަ އެންމެ ރަނގަޅުވާނީ ހޫނު ފެން ނުވަަތަ ހީޓިން ޕެޑެއް ބޭނުންކުރުމެވެ. އަދި އެ ރިހުން ގުޅިފައިވަނީ ސައިނަސްއާ ނަމަ ތަދުވާ ދިމާލެއްގައި ހޫނު ފެންފޮދަކުން ތެތްކުރި ފޮތިކޮޅެއް އަޅައި ބޮޑިތާން ކުރެވިދާނެ އެވެ. އަދި ހޫނު ފެނުން ފެންވަރާލުމަކީ ވެސް ރިހުން ކުޑަވެ ހަށިގަނޑަށް ތާޒާކަން ގެނެސްދޭނޭ ކަމެކެވެ.

Advertisement

ޗުއިންގަމް ނުކާތި

ޗުއިންގަމް ކެއުމަކީ ބޮލުގެ ރިހުމަށްވެސް މަގުފަހިވާ ސަބަބެކެވެ. ޗުއިންގަމް އެކަންޏެއް ނޫނެވެ. އަނގައިން އެ ހަރަކާތް ގެންނަންޖެހޭ އެެހެނިހެން ކަންކަން ކަމުގައިވާ ނިޔަފަތި ކެއުމާ, ތުންފަތުން ހަން ނެއްޓުމާ, ކޮލުގެ އެތެރެ ހެފުމާ, ގަލަން ފަދަ ތަކެތި އަނގަޔަށް ލައިން އުޅުމަކީވެސް ބޮލުގެ ރިހުމަކަށް މަގުފަހިވާނެ ސަބަބުތަކެވެ. ހަމައެޔާއެކު ބޮލުގައި ރިއްސާފައި ހުރި ނަމަ ކުދި ގުޅައާއި, އަތުޖެހި ފަދަ އެކި ޒާތުގެ ހަފާއެއްޗެހި ނުކައި ވޭތޯ މަސައްކަތްކުރަން ޖެހޭނެ އެވެ. ދަތްތައް ނިދީގައި ގޭނޭނަމަ ޑެންޓިސްޓަކަށް ދައްކާ މައުތު ގާޑެއް ބޭނުންކުރުމަށް މަޝްވަރާ ކުރެވިދާނެ އެވެ. ރޭގަނޑު ދަތް ގޭނުމަކީ ހެނދުނު ހެނދުނާ ބޮލުގައި ރިއްސަން މެދުވެރިވާ ސަބަބެކެވެ.

ކުޑަ ކެފެއިން ކޮޅެއް

ބޮލުގައި ރިއްސަން ފަށައިފިނަމަ ވީ އެންމެ އަަވަހަށް ކުޑަ ކެފެއިން ކޮޅެއް ހަށިގަނޑަށް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ލުއެއް ލިއްބައިދޭނޭ ކަމެކެވެ. މިގޮތުން ހޫނު ސައި ތަށްޓެއް ނުވަތަ ކޮފީއެއް ބޯލެވިދާނެ އެވެ. އެހެން ނަމަވެސް އެހާ ގިނައިން ކެފެއިން އެކުލެވޭ މާއްދާއެއް ބޭނުންކޮށްފިނަމަ ކެފެއިން ވިތުޑްރޯވަލްގެ ސަބަބުން އަދި އެހެން ބާވަތެއްގެ ބޮލުގެ ރިހުމެއް ދިމާވެދާނެ އެވެ.

ރިލެކްސޭޝަން

ސްޓްރެޗިން, ޔޯގާ, މެޑިޓޭޝަން ނުވަތަ ޕްރޮގްރެސިވް މަސަލް ރިލެކްސޭޝަން ފަދަ ކަންކަމަކީ ބޮލުގެ ރިހުން ލުއިކޮށް މީހާ ހަމަޖެހިލުމަށްޓަކައި އަމިއްލަ އަށް ގޭގައި ކުރެވިދާނެ ކަންކަމެވެ. މިފަދަ އުކުޅެއް އަމިއްލަ އަށް ބޭނުންކުރާ ނަމަ ބޮލުގައި ރިއްސަމުންދާ ވަގުތުގައިވެސް އެ ތަދު ކޮންޓްރޯލް ކުރުމަށް އެހީ ވެދޭނެ އެވެ. ހަމައެޔާއެކު ބޯ މޮޑެ, މަސާޖު ކުރުމަކީވެސް ތަދު ލުއިކުރުމަށް ބޭސް ބޭނުންކުރުމުގެ ކުރިން ކުރެވިދާނެ ކަމެކެވެ.

އިނގުރު

ދާދި ފަހުން ހެދި ދިރާސާއަކުން އެނގޭ ގޮތުގައި އެމެޖެންސީގައި ފަރުވާދޭން ޖެހުނު ގިނަ އަދަދެއްގެ މައިގްރޭން ޕޭޝަންޓުންނަށް ބޭހާއެކު އިނގުރުކޮޅެއް ދިނުމުން ވަރަށް ބޮޑު ލުއެއް ލިބުނެވެ. އެހެން ދިރާސާއަކުން އެނގޭގޮތުގައި އިނގުރަކީ އާންމު ތަދު ކަނޑުވާ ބޭސްތަކާއި އެއްވަރަށް ރިހުން ކުޑަކޮށްދޭން އެހީވާ ބާވަތެކެވެ. މިފަދައިން އިނގުރު ބޭނުންކުރުމަށްޓަކައި ސަަޔަށް އަޅައިގެން ނުވަތަ އިނގުރުގެ ސަޕްލިމެންޓެއްވެސް ބޭނުންކުރެވިދާނެ އެވެ.

ބޮލުގެ ރިހުން ހުއްޓުވުމާށް ބޭސް ބޭނުންކުރުމުގައި ސަމާލުވެލަންވީ ކަންކަން

  • ބޭސް ބޭނުންކުރަންވީ މިންވަރާއި ގޮތް އޮޅުންފިލުވުމަށް ބޭސް ކާޑު ނުވަތަ ފުޅީގައި ދީފައިވާ އިރުޝާދުތައް ކިޔާލުން
  • ގުަޅަ ބޭހަށްވުރެ ދިޔާ ބޭހަށް އިސްކަންދިނުން. ހަށިގަނޑަށް ދިޔާ ބޭސް އެބްސޯބް ކުރެވޭވަރު އަވަސްވާނެ
  • އުމުރުން 18 އަހަރު ނުވާނަމަ އެސްޕިރިން ބޭނުން ނުކުރުން
  • ތަދުވާން ފަށާތާ ކައިރީގައި ބޭސް ބޭނުންކުރުން. އޭރުން ބޭނުންކުރަންޖެހޭ ޑޯސޭޖް މަދުވޭ
  • ކެތްނުވާވަރަށް ރިއްސާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

މި ނޫނަސް ގިނަގިން ފެންބޮއެ އަބަދުވެސް ހައިޑްރޭޓްވެފައި ތިބުމަކީ ބޮލުގެ ރިހުންފަދަ އާންމު ކުދި މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ކޮންމެހެންވެސް މުހިންމު ކަމެކެވެ. އަދި ބޮލުގައި ރިހޭނަމަ ސްކްރީންތަކާއި ދުރުވެ, އަނދިރި ތަނެއްގައި މަޑުކޮށްލުމުންވެސް ގިނަބަޔަކަށް ލުއި ލިބެ އެވެ.

ޑޮކްޓަރެއްގެ އިރުޝާދު ހޯދަންވީ ކޮންއިރަކު

  • ބޮލަށް އަނިޔާއެއް ވުމަށްފަހު ބޮލުގައި ރިއްސާނަމަ
  • ބޯ އެނބުރުމާ, ވާހަކަދައްކަން އުނދަގޫވުމާ, ވާނުވާ ނޭނގުން ފަދަ ނިއުރޮލޮޖިކަލް އަލާމާތަކާއެކު ބޮލުގައި ރިއްސުން
  • ކުއްލިއަކަށް މާ ބޮޑަށް ރިއްސުން
  • ބޭސް ކެއުމަށްފަހުގައިވެސް އިތުރަށް ބޮލުގެ ރިހުން ގޯސްވުން

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox