ކްލަބް މޯލްޑިވްސް: އެސްޓީއޯ އާއި ވެމްކޯ ދެ ވަނަ ބުރާ ގާތަށް

Nov 30, 2021, 7:57 PM
ލަނޑު ޖެހުމަށް ފަހު ވެމްކޯގެ ހާއްޕެ އުފާފާޅުކުރަނީ.--

ލަނޑު ޖެހުމަށް ފަހު ވެމްކޯގެ ހާއްޕެ އުފާފާޅުކުރަނީ.--

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، ކްލަބް ވެމްކޯ އާއި އެސްޓީއޯ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ފޯރިގަދަ މެޗަކަށް ފަހު އެމްއެމްއޭ ސޯޝަލް ކްލަބް އަތުން އެސްޓީއޯ މޮޅުވީ 6-4 އިންނެވެ. މަޝްހޫރު ކުޅުންތެރިންނާ އެކު އޮތް ކްލަބް ވެމްކޯ އިން ވަނީ ޔޫތު މިނިސްޓްރީ 10-1 އިން ބަލިކޮށްފަ އެވެ.

ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު މެޗުން އެސްޓީއޯ އިން ވަނީ ހަތް މިނިޓް ތެރޭ އިސްމާއިލް ވަޖީހު (ވައްޖެ) ހެދި ހެޓްރިކުން ތިން ގޯލުގެ ލީޑެއް ނަަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަހުމަދު ހުސާމް ޖެހި ދެ ގޯލުން އެމްއެމްއޭ ވަނީ ގޯލުގެ ފަރަގު ކުޑަކޮށް، އުއްމީދެއް ހޯދައިފަ އެވެ. އަދި ދެ ވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ މުހައްމަދު އައްފާން ޖެހި ގޯލުން އެމްއެމްއޭ އިން އެއްވަރުކުރި އެވެ.

އެމްއެމްއޭ އިން އެއްވަރުކުރުމާ އެކު އެސްޓީއޯ އިން ޓައިމްއައުޓެއް ނަގައި ޓީމު ހަމަޔަކަށް އެޅުވި އެވެ. މެޗު އަލުން ފެށިއިރު، އެސްޓީއޯ އިން ވަނީ ބަދަލެއް ކޮށްފަ އެވެ. އިޔާން އަހުމަދު ރަޝީދު ކުޅެންއެރިއިރު، އެސްޓީއޯ އިން ކުރި ފުރަތަމަ އެޓޭކްގައި އަލުން ލީޑުނެގި އެވެ. މި ގޯލު ޖެހީ ޓީމުގެ ކެޕްޓަން މުހައްމަދު ޝާހު އެވެ. އިޔާން ޖެހި މޮޅު ގޯލުން އެސްޓީއޯ އިން ލީޑުފުޅާކޮށްފައި ވަނިކޮށް، އެމްއެމްއޭ އިން ބަދަލަކަށް އެރި ނާއިފް މުހައްމަދު ގޯލެއް ޖެހި އެވެ. އެކަމަކު، މެޗުގެ މޮޅު ކުޅުންތެރިޔާ، ވައްޖެ ވަނީ އޭނާގެ ހަތަރު ވަނަ ގޯލު ޖަހައި އެސްޓީއޯ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ގްރޫޕް އެޗްގެ އެއް ވަަނައިގައި އެސްޓީއޯ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެމްޓީސީސީ އާއި ތިން ވަނައިގައި އޮތް މޯލްޑިވްގޭސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެމްއެމްއޭ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ފަހު މެޗުގައި އެސްޓީއޯ އާއި މޯލްޑިވްގޭސް ބައްދަލުކުރާއިރު، އެ ދެ ޓީމަށް ވެސް އަނެއް ބުރުގެ ފުރުސަތު އެބައޮތެވެ. އެމްޓީސީސީން އެމްއެމްއޭ ބަލިކޮށް އަނެއް ބުރުގެ ޖާގަ ކަށަވަރުކުރެވޭނެ އެވެ.

ވެމްކޯ އިން ޔޫތު މިނިސްޓްރީ ކޮޅަށް ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ހާފިޒް (ހާއްޕެ) ފަސް ގޯލުގެ އިތުރުން މުހައްމަދު އިމްރާން (އިންމި) ދެ ގޯލާއި އަލީ ޝިޔާހު، އަލީ ނާޒިމް އަދި އިބްރާހިމް ޝައުފް މުހައްމަދު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ޔޫތު މިނިސްޓްރީގެ ހަމައެކަނި ގޯލު ޖެހީ މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. އޭނާ ގޯލު ޖެހީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ދިން ބޯޅައަކުންނެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިގެން ވެމްކޯ އޮތީ ގްރޫޕް ސީގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް މާލެ ސިޓީ ކައުންސިލާއި ތިން ވަނައިގައި އޮތް ސްޓެލްކޯ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ޔޫތު މިނިސްޓްރީ ވަނީ ކަޓައިފަ އެވެ.

ފަހު މެޗުގައި ވެމްކޯ ކުޅޭނީ ސިޓީ ކައުންސިލާ އެވެ. ޔޫތު މިނިސްޓްރީ ބައްދަލުކުރާނީ ސްޓެލްކޯއާ އެވެ.

ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން އެމްއޭސީއެލް ވަނީ ކަސްޓަމްސް އަތުން 3-2 އިން މޮޅުވެފަ އެވެ. ކުޅުނު ދެ މެޗުން ބަލިވެ، ކަސްޓަމްސް ކެޓިއިރު، އެމްއޭސީއެލް ވަނީ މި މޮޅާ އެކު ކުރިއަށް ދިއުމުގެ އުއްމީދު އާ ކޮށްފަ އެވެ.

ގްރޫޕް ބީގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެލައިޑް އަތުން 3-2 އިން މޮޅުވެފަ އެވެ. ކުޅުނު ފުރަތަމަ މެޗުން އެލައިޑް ވަނީ ޕޮލިސް އަތުން ބަލިވެފަ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް ވަނީ ޓްރޭޑް ކްލަބް އަތުން ބަލިވެފަ އެވެ.

18/30 ފުޓްސަލް ފިއެސްޓާ: ވެމްކޯ ސެމީ އަށް، ސިފައިންގެ ރެކޯޑް ކުރިއަށް

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ވެމްކޯ އިން ވަނީ 2-1 އިން ޓީމު ފެނަކަ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަދި ސެމީގެ ޖާގަ ޔަގީންކޮށްފައިވާ ދިވެހި ސިފައިންގެ ކްލަބް ގްރޫޕްގެ މެޗުތައް ނިންމާލީ 9-0 އިން ޓްރޭޑް ކްލަބްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ވެމްކޯ އިން ވަނީ މެޗު ފަށައިގެން ފުރަތަމަ ނުވަ މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ވަނަޕޯން ކަަސައިސީ އާއި ސަފިއްޔާ ރަފާ އެވެ. ދެ ވަނަ ހާފުގައި ފެނަކަ ޓީމުގެ ހަމައެކަނި ގޯލު ޖެހީ ފާތިމަތު މިއުސާ އެވެ.

ގްރޫޕް ދޭއްގެ އެއް ވަަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އިން ވަނީ ސެމީ އަށް ދަތުރުކޮށްފަ އެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ވެމްކޯ ވަނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ. ފެނަކަ މުބާރާތް ނިންމާލީ މޮޅެއް، ނުލިބި ހަތަރު މެޗުން ޕޮއިންޓަކާ އެކު އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ވެމްކޯ އާއި އެމްޕީއެލް ކުޅޭނީ ގްރޫޕް އެއް ވަނަ ހޯދާށެެވެ.

ޓްރޭޑް ކްލަބްގެ ފިރުޝާނާ ކައިރިން ސިފައިންގެ ޓީމުގެ ސުމައްޔާ ބޯޅަ ހިފައިގެންދަނީ.

ސިފައިންގެ ކްލަބުން މިރޭ ވެސް ތަފާތަކީ އެ ޓީމަށް ކުޅޭ ބަންގްލަދޭޝް ދެ ކުޅުންތެރިންނެވެ. އެ ޓީމުގެ ސަބީނާ ކަތުން ހަ ގޯލު ޖެހިއިރު، މަޓްސުޝިމާ ސުމައްޔާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅޭ ސަބީނާ ވަނީ އަމިއްލަ ހާފުގެ ތެރޭގައި ހުރެފައި ގޯލެއް ޖަހައިފަ އެވެ.

ސިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގެ ގޮތުގައި ސެމީ އަށް ދިއުމުގެ ފުރުސަތު ބޮޑަށް އޮތީ ޕޮލިހަށެވެ. ޕޮލިހަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ޓްރޭޑް ކްލަބަށް އަދި ތިން މެޗު ކުޅުނުއިރު ޕޮއިންޓެއް ނުލިބެ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މާދަމާރޭ މެޗެއް ނުކުޅޭނެ އެވެ. ދެން މެޗުތައް އޮންނާނީ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox