ޓްވިޓާގެ ސީއީއޯގެ މަގާމުން ކޯފައުންޑަރު ޖެކް ޑޯސީ ވަކިވާން ނިންމައިފި

ޓްވިޓާގެ ކޯ ފައުންޑަރު އަދި ސީއީއޯގެ މަގާމު ފުރަމުންދާ ޖެކް ޑޯސީ. -- ފޮޓޯ: ރޮއިޓާޒް

ޓްވިޓާގެ ކޯ ފައުންޑަރު އަދި ސީއީއޯގެ މަގާމު ފުރަމުންދާ ޖެކް ޑޯސީ. -- ފޮޓޯ: ރޮއިޓާޒް

ޓްވިޓާގެ ކޯ ފައުންޑަރު އަދި ޗީފް އެގްޒެކްޓިވްގެ މަގާމު ފުރަމުންދާ ޖެކް ޑޯސީ އެ މަގާމުން ވަކިވާން ނިންމައިފި އެވެ.

ޓްވިޓާ އިން ބުނީ އާ ސީއީއޯގެ މަގާމުގައި ދެން ހުންނާނީ މިހާރު ޗީފް ޓެކްނިކަލް އޮފިސަރުގެ މަގާމުގައި ވެސް ހުރި ޕަރަގް އަގްރަވާލް ކަމަށެވެ.

ޑޯސީ އަކީ 2006 ވަނަ އަހަރު ލޯންޗު ކުރި ޓްވިޓާގެ އެއް ފައުންޑަރެވެ. އޭނާ މިހާތަނަށް ހުރީ ޓްވިޓާ އާއި ޕޭމެންޓު ކުންފުނި ސްކޮޔާގެ ސީއީއޯގެ މަގާމުގަ އެވެ.

Advertisement

"އަޅުގަނޑު ވަކިވާންވީ ވަގުތު އައިސް ޖެހިއްޖެ،" އޭނާއާ ނުލައި ކުންފުނި ކުރިއަށް ދާން ތައްޔާރު ކަމަށް ފާހަގަކޮށް ނެރުނު ބަޔާނެއްގައި ޑޯސީ ވިދާޅުވި އެވެ.

ޑޯސީ ވިދާޅުވީ އޭނާގެ ބަދަލުގައި ސީއީއޯގެ މަގާމަށް އައްޔަނުކުރާ ފަރާތާ މެދު "ފުން" އިތުބާރެއް އެބަ އޮތް ކަމަށެވެ. އެގޮތުން މިއީ އަގްރަވާލް "ލީޑުކުރަންވީ ވަގުތު" ކަމަށް ވިދާޅުވި އެވެ.

އަގްރަވާލް ޓްވިޓާއާ ގުޅުނީ 2011 ވަނަ އަހަރު އެވެ. އެ ކުންފުނީގެ ޓެކްނޮލޮޖީ ޗީފްގެ ގޮތުގައި އޭނާ އައްޔަނުކުރީ 2017 ވަނަ އަހަރު އެވެ.

އުމުރުން 45 އަހަރުގެ ޑޯސީ 2006 ވަނަ އަހަރު ޓްވިޓާ އުފެއްދީ ބިޒް ސްޓޯން، އެވަން ވިލިއަމްސް އަދި ނޮއާ ގްލާސްއާ ގުޅިގެންނެވެ.

ދެހާސް އަށް ވަނަ އަހަރު ކުންފުނީގެ ސީއީއޯގެ މަގާމު ދޫކޮށް ޑިޖިޓަލް ޕޭމަންޓް އެޕް ސްކޮޔާ އުފެއްދުމުގެ މަސައްކަތް އޭނާ ފެށި އެވެ. އެ ކުންފުންޏަކީ ވެސް މިހާރު މަލްޓި ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ.

ނަމަވެސް ޓްވިޓާގެ ސީއީއޯގެ މަގާމު އޭގެ ފަހުން ފުރި ޑިކް ކޮސްޓޮލޯ 2015 ވަނަ އަހަރު އިސްތިއުފާ ދިނުމާ އެކު އަނެއްކާ ވެސް ޑޯސީ ކުންފުންޏާ ހަވާލުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox