ކްލަބް މޯލްޑިވްސް: ބީއެމްއެލަށް ދިރުން ލިިބިއްޖެ، ފެނަކަ އާއި އެފްއެސްއެމް ދެ ވަނަ ބުރަށް

Nov 29, 2021, 7:05 PM
ބީއެމްއެލްގެ ސައްޓު ފެން ކްލަބް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އަބީދު

ބީއެމްއެލްގެ ސައްޓު ފެން ކްލަބް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އަބީދު

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް އިން ބޮޑު މޮޅެއް ހޯދައި ކުރިއަށް ދިއުމުގެ އުއްމީދު އާ ކުރިއިރު، ފެނަކަ އާއި އެފްއެސްއެމް އިން ކުޅުނު ދެ ވަަނަ މެޗުން ވެސް މޮޅުވެ، ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ފުރަތަމަ މެޗުން އެޗްޑީސީ އަތުން 3-0 އިން ބަލިވި ބީއެމްއެލް އިން މިރޭ ވަނީ 5-0 އިން ފެން ކްލަބް ބަލިކޮށްފަ އެވެ. ފޯރިގަދަކޮށް ދިޔަ މެޗުގައި ކްލަބް އިމިގްރޭޝަންގެ މައްޗަށް އެފްއެސްއެމް ކުރިހޯދީ 1-0 އިންނެވެ. އަދި ފެނަކަ އިން ވަނީ ޕްރިޒަން ކްލަބް 4-0 އިން ބަލިކޮށްފަ އެވެ.

ރެހެންދި ދެ ވަނަ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 12 މިނިޓް ތެރޭ ބީއެމްއެލް އިން ތިން ގޯލު ޖެހި އެވެ. މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ދިން ބޯޅައަކުން އެ ޓީމުގެ ސާމިން މުހައްމަދު ނަސީރު ވަނީ ބީއެމްއެލް އަށް ގޯލު ހުޅުވައިދީފަ އެވެ. ސާމިން ދިން ބޯޅައަކުން މެޗުގެ 10 ވަނަ މިނިޓްގައި ސައްޓު ވަނީ ބީއެމްއެލްގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން ބީއެމްއެލަށް ތިން ވަނަ ގޯލު ޖަހައިދިނީ ވެސް ސައްޓު އެވެ. މި ފަހަރު ސައްޓު ގޯލު ޖަހަން ބޯޅަ ދިނީ އިބްރާހިމް ސިނާހު (ސިނާ) އެވެ.

ފެން ކްލަބްގެ ނަސޫހު އަތުން ބީއެމްއެލްގެ ސާމިން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އަބީދު

ދެ ވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ ސައްޓު ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ސައްޓު އެވެ. ބީއެމްއެލްގެ ފަހު ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު މަހްދޫމް އެެވެ.

ގްރޫޕް ޑީގެ ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، އެއް ވަނައިގައި އެޗްޑީސީ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފަ އެވެ. ދެ ވަނައިގައި އޮތް ބީއެމްއެލް އާއި ތިން ވަނައިގައި އޮތް އާރްޑީސީ (އާރްއާރްސީ) އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ފެން ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕްގެ ފަހު ދެ މެޗުގެ ތެރެއިން އާރްޑީސީ އާއި ބީއެމްއެލް ކުޅޭ މެޗުން މޮޅުވާ ކޮންމެ ޓީމަކަށް ދެ ވަނަ ބުރުގެ އަނެއް ޖާގަ ލިބޭނެ އެވެ. އެއްވަރުވެއްޖެނަމަ ފުރުސަތު އޮތީ ބީއެމްއެލް އަށެވެ.

ކްލަބް އިމިގްރޭޝަން އަތުން އެފްއެސްއެމް މޮޅުކޮށްދިން ގޯލު ޖެހީ މުހައްމަދު ޖުމާން އެވެ. މި މެޗުގައި ކްލަބް އިމިގްރޭޝަން އިން ވަނީ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އިމިގްރޭޝަންގެ އަހުމަދު ވިސާމް (ޖެރާޑް) އަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ގްރޫޕް އީގެ ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުން ވެސް މޮޅުވެފައިވާ އެފްއެސްއެމް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފަ އެވެ. ދެ ވަނައިގައި އޮތް ދިރާގަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އިމިގްރޭޝަން އޮތީ އެއް ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ޕްލޭނިން މިނިސްޓްރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުން އިިމިގްރޭޝަނަށް ދެން ފުރުސަތެއް އޮތީ ފަހު މެޗުގައި ޕްލޭނިން މިނިސްޓްރީ އަތުން ރަނގަޅު ނަތީޖާއަކުން މޮޅުވެ، ދެން މި ގްރޫޕްގައި ކުޅޭ އަނެއް މެޗުން އެފްއެސްއެމް އިން ދިރާގު ބަލިކޮށްފިނަމަ އެވެ.

މިރޭ ޕްރިޒަން ކްލަބް ބަލިކޮށް ފެނަކަ ވަނީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ. ފެނަކައިގެ ފުރަތަމަ ގޯލު ޖެހީ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. އެ ޓީމުގެ އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ފުޓްސަލް ތަރި، އަޔާޒް އަހުމަދު (އަޔާ) އެވެ. އަނެއް ގޯލު ޖެހީ ގައުމީ ޓީމުގެ މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) އެވެ. މި މެޗުގައި ޕްރިޒަން ކްލަބަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ޕްރިޒަން ދެ ކުޅުންތެރިން ކައިރިން ފެނަކަ ޓީމުގެ އަޔާ (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އަބީދު

ފެނަކަ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ޕްރިޒަން ކްލަބާއި ތިން ވަނައިގައި އޮތް ރާއްޖެ އޮންލައިން (އާރްއޯއެލް) އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް އޭވިއޭޝަން ސެކިއުރިޓީ (އޭވްސެކް) ވަނީ ދެ މެޗުން ވެސް ބަލިވެ، ކަޓައިފަ އެވެ. މި ގްރޫޕުން އަނެއް ބުރަށް ދެން ހޮވޭ ޓީމެއް ކަނޑައެޅޭނީ ޕްރިޒަން އާއި އާރްއޯއެލް ބައްދަލުކުރާ މެޗުންނެވެ.

އެމްޕީއެލް އިން ވަނީ މިރޭ ސިވިލް ކޯޓާ ވާދަކޮށް 4-1 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު އެމްޕީއެލް އިން ވަނީ ދެ ވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ.

އެމްޕީއެލް އަށް މިރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އަހުމަދު ހުސެއިން، ހަސަން އިބްރާހިމް، ނާއިހް މުފީދު އަދި ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅޭ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އަދި ސިވިލް ކޯޓުގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ޑިވިޝަނުގެ ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅޭ މުހައްމަދު ސާއިފް އެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އެމްޕީއެލް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް ޖީގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ތިން ވަނައިގައި އޮތް ކްލަބް 220 (ޕީޖީ އޮފީސް) އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ސިވިލް ކޯޓު ވަނީ ދެ މެޗުން ބަލިވެ ކަޓައިފަ އެވެ.

އެމްޕީއެލް އިން ފަހު މެޗުގައި ކްލަބް 220 އަތުން ޕޮއިންޓެއް ހޯދައިގެން ވެސް އަނެއް ބުރަށް ދެވޭނެ އެވެ. ކްލަބް 220 އަތުން އެމްޕީއެލް ބަލިވިޔަަސް މި ގްރޫޕްގެ އަނެއް މެޗުން ސިވިލް ކޯޓު އަތުން ދިވެހި ސިފައިންގެ ކްލަބް މޮޅުނުވެއްޖެނަަމަ އެމްޕީއެލް އަށް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ. އެމްޕީއެލް ކަޓާނީ ބޮޑު ތަފާތަކުން ކްލަބް 220 އަތުން ބަލިވެ، ސިފައިންގެ ކްލަބުން ބޮޑު ތަފާތަކުން ސިވިލް ކޯޓު ބަލިކޮށްފިނަމަ އެވެ.

މުބާރާތުގައި މާދަމާ ހަ މެޗެއް ކުޅޭނެ އެވެ. އެއީ ފިިރިހެން ޑިވިޝަނުގެ ހަތަރު މެޗާއި އަންހެން ޑިވިޝަނުގެ ދެ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox