އޮމިކްރޯންގެ ނުރައްކާ "ވަރަށް ބޮޑު" ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

އަލަށް ފެނުނު ވޭރިއެންޓަކީ ގިނަ މިޔުޓޭޝަންތަކެއް އައިސްފައިވާ ވޭރިއެންޓެއް.

އަލަށް ފެނުނު ވޭރިއެންޓަކީ ގިނަ މިޔުޓޭޝަންތަކެއް އައިސްފައިވާ ވޭރިއެންޓެއް.

ޖެނީވާ، ސްވިޓްޒަލޭންޑް (ނޮވެމްބަރު 29) - ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓުގެ ނުރައްކާ "ވަރަށް ބޮޑު" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހޯމަ ދުވަހު ކަނޑައަޅައިފި އެވެ.

އދ. ގެ ސިއްހަތާ ބެހޭ އެޖެންސީން ބުނީ ދެކުނު އެފްރިކާ އިން އެންމެ ފުރަތަމަ ފެނުނު ވޭރިއެންޓަކީ "ވަރަށް ތަފާތު އަދި ގިނަ މިޔުޓޭޝަންތަކެއް އެކުލެވޭ" ވޭރިއެންޓެއް ކަމަށާއި އޭގެ ތެރެއިން ބައެއް މިޔުޓޭޝަންތަކަކީ ހަލުވިކަމާ އެކު ބަލި ފެތުރެން މަގުފަހިވާ އަދި ވެކްސިނުގެ ރައްކާތެރިކަން ކުޑަކޮށްލާ މިޔުޓޭޝަންތަކަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ދުނިޔޭގެ ފެންވަރުގައި އިމޮކްރޯން އިތުރަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު،" ޑަބްލިއުއެޗްއޯ އިން އިންޒާރު ދިނެވެ.

Advertisement

އެހެން ނަމަވެސް މިއަދާ ހަމައަށް އޮމިކްރޯން ވޭރިއެންޓާ ގުޅުން ހުރި އެއްވެސް މަރެއް ރިކޯޑް ކުރެވިފައި ނުވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނީ ކުރީގެ ވޭރިއެންޓުތަކާ އަޅާ ބަލާއިރު މި ވޭރިއެންޓުގެ ނުރައްކާ ކުޑަ ކަމަށް މުސްތަގުބަލުގައި ދެއްކި ނަމަވެސް، ހަލުވިކަމާ އެކު މި ވޭރިއެންޓު ފެތުރޭ ނަމަ ކޭސްތައް އިތުރުވެ، ސިއްހީ ނިޒާމުތަކަށް ބާރުބޮޑުވެ، މަރުތައް އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އޮމިކްރޯންގެ ސަބަބުން ކޮވިޑުގެ އާ ރާޅެއް އަނެއްކާވެސް ކުރިމަތިވެއްޖެ ނަމަ، ނަތީޖާ ވަރަށް ގޯސްވެދާނެ،" އާ ވޭރިއެންޓާ ގުޅިގެން ދުނިޔެ އަށް އޮތް ނުރައްކާ "ވަރަށް ބޮޑު" ކަމަށް ފާހަގަކުރަމުން ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ޑަބްލިއުއެޗްއޯ އިން ގައުމުތަކަށް ގޮވާލީ ކޭސްތައް ދެނެގަންނަން ކުރާ މަސައްކަތް ފުޅާކޮށް، ބަލި ފެތުރޭ ތަންތަނާއި، ހަލުވި މިނުގެ ސާފު މަންޒަރެއް އަވަހަށް ހޯދުމަށެވެ.

އޭގެ އިތުރުން ކޮވިޑާ ދެކޮޅަށް ވެކްސިން ދިނުން އަވަސް ކުރުމަށާއި ވަކިން ހާއްސަކޮށް ބައްޔަށް ނުރައްކާ ބޮޑު ނަމަވެސް މިހާތަނަށް ވެކްސިން ނުޖަހައި ތިބި މީހުންނަށް ސަމާލުކަން ދިނުމަށް ވެސް ގޮވާލި އެވެ.

ނަމަވެސް ދަތުރު ކުރުން ހުއްޓުވަން ފިޔަވަޅު އެޅުމާ ދެކޮޅަށް ޑަބްލިއުއެޗްއޯ އިން އަނެއްކާވެސް ނަސޭހަތްދިނެވެ. އެގޮތުން އާ ވޭރިއެންޓެއް އަލަށް ފެންނަ ގައުމަކަށް ދަތުރު ކުރުން މަނާކުރުމަކީ ނަހަމަ އަދި ކޭސްތައް ޓްރެކް ކުރުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ސިފަކުރި އެވެ.

"ދުނިޔޭގެ ގިނަ ހިސާބުތަކަކުން އޮމިކްރޯން ވޭރިއެންޓް މިހާރު ފެނިފައި ވާއިރު، އެފްރިކާ އަށް ޓާގެޓުކޮށް ދަތުރު ކުރުން މަނާކުރުމަކީ ދުނިޔޭގެ އެއްބައިވަންތަކަމަށް އޮތް ގޮންޖެހުމެއް،" ޑަބްލިއުއެޗްއޯގެ ސަރަހައްދީ ޑިރެކްޓަރު މަޓްޝިޑީސޯ މޮއެޓީ ވިދާޅުވި އެވެ.

ގިނަ ގައުމުތަކަކުން ވަނީ އެފްރިކާ ބައްރުގެ ދެކުނަށް ދަތުރު ކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، އިންޑޮނޭޝިއާ، ކުވެއިތު، ނެދަލޭންޑްސް، ގަތަރު، ސައުދީ އަރަބިއްޔާ އަދި އެމެރިކާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox