އަފްގާނިސްތާނުގެ އެއާޕޯޓުތައް ހިންގަން އީޔޫގެ އެހީއަށް އެދެފި

ތާލިބާނުން ވެރިކަމަށް އައުމުން އަފްގާނިސްތާން ދޫކޮށް ދާން އެއާޕޯޓުގައި އާއިލާތައް ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

ތާލިބާނުން ވެރިކަމަށް އައުމުން އަފްގާނިސްތާން ދޫކޮށް ދާން އެއާޕޯޓުގައި އާއިލާތައް ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

ބްރަސެލްސް، ބެލްޖިއަމް (ނޮވެމްބަރު 29) - އަފްގާނިސްތާނުގެ އެއާޕޯޓުތައް ހިންގުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީ އަށް ތާލިބާން ސަރުކާރުން އެދެފި އެވެ.

އީޔޫ އާއި ތާލިބާނުންގެ އޮފިޝަލުން ފާއިތުވި ހަފުތާ ބަންދުގައި ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ބައްދަލުކޮށްފަ އެވެ. މިހާރު ތާލިބާނުން ތައްޔާރުވެގެން ތިބީ އެމެރިކާއާ އެކު ބައްދަލުވުން ފެށުމަށެވެ.

އީޔޫގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް) ގެ ބަޔާނުގައި ބުނީ މަޝްވަރާ ކުރި ނަމަވެސް، އެއީ އީޔޫ އިން ތާލިބާން ސަރުކާރު ބަލައިގަތްކަމުގެ ހެއްކެއް ނޫން ކަމަށެވެ.

"ނަމަވެސް މިއީ އީޔޫ އާއި އަފްގާނިސްތާނުގެ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކަންކަމާ މެދު ބާއްވަން ޖެހޭ މަޝްވަރާތަކެއް،" ބަޔާނުގައި ވެ އެވެ.

ތާލިބާން ވަފުދުގެ އިސްވެރިޔަކަށް ހުރީ ފޮރިން މިނިސްޓަރު އާމިރް ހާން މުއްތަގީ އެވެ. އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރާއި ހެލްތު މިނިސްޓަރު، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަދި އެކި ވުޒާރާތަކާއި ޖާސޫސީ އިދާރާގެ އޮފިޝަލުން ވެސް ބައިވެރިވި އެވެ.

އީޔޫ ވަފްދުގެ އިސްވެރިޔަކަށް ހުރީ އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޓޯމަސް ނިކްލަސަން އެވެ. އީޔޫގެ ފަރާތުން ދެން ބައިވެރިވީ އީއީއޭއެސް އާއި އިންސާނީ އެހީ އާއި ހިޖުރަ ކުރުމާއި، ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ އޮފިޝަލުންނެވެ.

އީޔޫގެ ބަޔާނުގައި ބުނީ އަފްގާނިސްތާނުގެ 20 އަހަރުގެ ހަނގުރާމައިގައި ތާލިބާނުންނާ ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް ހިމާޔަތް ދޭނެ ކަމަށް ތާލިބާނުން ވައުދުވެފައިވާ ކަމަށެވެ.

ތާލިބާނުން ވެސް ބުނީ ގައުމު ދޫކޮށް ދާން ބޭނުން ބަޔަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި ނަމަވެސް އެއާޕޯޓުގެ ހިންގުން ހުއްޓުމެއް ނެތި ކުރިއަށް ގެންދަން އީޔޫގެ އެހީ އަށް އެދޭ ކަމަށެވެ.

"ދެ ފަރާތުން ވެސް ވަނީ ފިނި މޫސުން ކުރިމަތިވަމުން ދާއިރު، އަފްގާނިސްތާނުގެ އިންސާނީ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފައި،" އީޔޫ އިން އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެ، ބަޔާނުގައި ފާހަގަކުރި އެވެ.

އީޔޫ އިން ތާލިބާނުންނަށް ގޮވާލީ "އެންމެންގެ ބައިވެރިވުން ހިމެނޭ ސަރުކާރެއް" ގާއިމްކޮށް، ޑިމޮކްރަސީ ކުރިއަރުވައި، އަންހެން ކުދިންނަށް ސްކޫލަށް ދެވޭނެ ގޮތް ހަދައި، ޓެރަރިސްޓުންގެ ނުފޫޒުން ގައުމު ސަލާމަތް ކުރުމަށެވެ.

އީޔޫގެ ޝަރުތުތައް ތާލިބާނުން ބަލައިގަނެފި ނަމަ މާލީ އެހީ އިތުރު ކުރާނެ ކަމަށް ވެސް އީޔޫ އިން ބުންޏެވެ. ތާލިބާނުން ބުނީ "އިސްލާމީ ހަމަތަކުގެ" މަތިން އިންސާނީ ހައްގުތައް ލިބޭނެ ކަމަށާއި ބަންދުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތައް އަނބުރާ އައުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox