ފަހު ވަގުތު ޖެހި ގޯލުތަކުން ބާސެލޯނާ މޮޅުވެއްޖެ

Nov 28, 2021, 2:42 AM
ޑިޕާއި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑިޕާއި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ނޮވެމްބަރު 28) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ބާސެލޯނާ އިން 3-1 އިން ވިޔަރެއާލް އަތުން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ބާސެލޯނާ އޮތީ 14 މެޗުން 23 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 13 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ވެސް ޓީމަކަށް ގޯލެއް ޖެހޭގޮތެއް ނުވި އެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ބާސެލޯނާ އިން ލީޑުނެގި އެވެ. އެ ޓީމުގެ ގޯލު ޖެހީ ފްރެންކީ ޑި ޔޯން އެވެ. އޭރިއާތެރެއިން ޑި ޔޯން މި ގޯލު ޖެހުމުން ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަގައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމުން ޑި ޔޯން ހުރީ އޮފްސައިޑްގައި ނޫންކަން ކަށަވަރުވުމުން ރެފްރީ ނިންމީ ގޯލު ބަލައިގަންނާށެވެ.

ނަތީޖާ ހަމަހަމަ ކުރަން ވިޔަރެއާލުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ސެމިއުލް ޗުކުވޭޒީ އެވެ. ވިޔަރެއާލްގެ ފޯވާޑް އާނައުޓް ޑަންޖޫމާ އޭރިއާތެރެއަށް ޖައްސާލި ބޯޅަ ޗުކުވޭޒީ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބާސެލޯނާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. ވިޔަރެއާލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެމްފިސް ޑިޕާއި މި ގޯލު ޖެހީ ވިޔަރެއާލްގެ ކީޕަރު ޖެރެލީމޯ ރޫލީ ކައިރިން ނައްޓާފަ އެވެ.

އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ފިލިއްޕޭ ކުޓީނިއޯ އެވެ. މިއީ ވިޔަރެއާލްގެ އާޖެންޓީނާގެ ޑިފެންޑަރު ހުއާން ފޮއިތު އޭރިއާތެރެއިން ކުޓީނިއޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އޭނާ ހަވާލުވި ފަހުން ބާސެލޯނާ ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ ދަށްކޮށް ކުޅެވުނު މެޗަކީ މިއީ ކަމަށެވެ. އަދި ހަގީގަތަށް ބުނާނަމަ މި މެޗުން ވިޔަރެއާލް ބަލިވުން ހައްގުނުވާ ކަމަށާއި މެޗުން ބާސެލޯނާ މޮޅުވީ ޑިޕާއިގެ މަސައްކަތުން އެ ގޯލު ޖެހުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox