ކްލަބް މޯލްޑިވްސް ކަޕް: އުރީދޫ އާއި ޕޮލިހުން ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

Nov 27, 2021, 6:07 PM
ކްލަބް މޯލްޑިވްސް ކަޕް: އުރީދޫ އާއި ޕޮލިހުން ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، އުރީދޫ މޯލްޑިވްސް އާއި ޕޮލިސް ކްލަބުން މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދެ ދަނޑުގައި މިރޭ ކުޅުނު މެޗުތަކުގެ ތެރެއިން، އުރީދޫ އިން ވަނީ 2-1 އިން މީޑިއާނެޓް ބަލިކޮށްފަ އެވެ. ޕޮލިހުން ވަނީ ފަހަތުން އަރައި 4-2 އިން ޓްރޭޑް ކްލަބް ބަލިކޮށްފަ އެވެ. އުރީދޫ އާއި ޕޮލިހުގެ އިތުރުން ފުރަތަމަ ދެ މެޗުން މޮޅުވީ އެޗްޑީސީ އެވެ.

މިރޭގެ މެޗުގައި އުރީދޫގެ ދެ ގޯލު ވެސް ޖެހީ ހުސެއިން އާތިފް އެވެ. މީގެ ތެރެއިން ދެ ވަނަ ހާފުގައި ޖެހި ގޯލަކީ މީޑިއާނެޓްގެ ގޯލްކީޕަރު މުހައްމަދު ރަޝީދަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހަނި އޭންގަލުން އާތިފް ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ފަހު ވަގުތު މީޑިއާނެޓްގެ ގޯލު ޖެހީ އެ ޓީމަށް ކުޅޭ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ މޫސާ އަޒީމް ހަސަން އެވެ.

އުރީދޫ ވަނީ ފުރަތަމަ މެޗުން ކަސްޓަމްސް ބަލިކޮށްފަ އެވެ. މިރޭ މީޑިއާނެޓް އަތުން މި ހޯދި މޮޅާ އެކު އެ ޓީމު ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދި މީޑިއާނެޓް އެވެ. ތިން ވަނައިގައި އޮތް އެމްއޭސީއެލް އާއި ހަތަރެއްގައި އޮތް ކަސްޓަމްސް އަށް އެއް މެޗު ކުޅުނުއިރު، އަދި ޕޮއިންޓެއް ނުލިބެ އެވެ.

ފުރަތަމަ މެޗުގައި އެލައިޑް އަތުން ފަސޭހައިން މޮޅުވި ނަމަވެސް ޕޮލިހަށް މިރޭ ޓްރޭޑް ކްލަބްގެ މައްޗަށް ކުރިހޯދުނީ އުނދަގުލުންނެވެ. މި މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ޓްރޭޑް ކްލަބުންނެވެ. ސައިފާން އަހުމަދު މަނިކާއި ޖުމައިލް ޖަލީލް (ޖުމްބެ)ގެ ގޯލުތަކުން ޓްރޭޑް ކްލަބް ދެ ގޯލުގެ ލީޑެއް ނެގި އެވެ. ކޯޗު ހަސަން ހަމީދު (ޑަކޭ)ގެ އިރުޝާދުގެ ދަށުން ކުޅޭ ޕޮލިހުން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިފަ އެވެ.

ޕޮލިހުގެ ފުރަތަަމަ ދެ ގޯލު ޖެހީ ކެޕްޓަން އަލީ ރިޝްވާން އަހުމަދު (ރިޝޭ) އެވެ. އަނެއް ދެ ގޯލު ޖެހީ ބަދަލަކަށް އަރައި މުހައްމަދު ޝިފާން އެވެ. ޝިފާން ދެ ވަނަ ގޯލު ޖެހީ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ޕޮލިސް ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓްރޭޑް ކްލަބަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލާއި ހަތަރެއްގައި އޮތް އެލައިޑަށް އެއް މެޗު ކުޅުނުއިރު އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ފުރަތަމަ މެޗުގައި ވެމްކޯ އަތުން ބަލިވި ސްޓެލްކޯ އިން މިރޭ ވަނީ 2-1 އިން ސިޓީ ކައުންސިލް ބަލިކޮށްފަ އެވެ. ސިޓީ ކައުންސިލް ވަނީ ފުރަތަމަ މެޗުގައި ޔޫތު މިނިސްޓްރީގެ މައްޗަށް ކުރިހޯދައިފަ އެވެ. ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީގެ ކޯޗުކަމުގައި ކުޅޭ ސްޓެލްކޯގެ ގޯލުތައް ޖެހީ އިސްމާއިލް ނަސީމް އާއި އަހުމަދު ޖައިލަމް (ޖައި) އެވެ. ސިޓީ ކައުންސިލްގެ ހަމައެކަނި ގޯލު ޖެހީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން އަހުސާމް މޫސާ (ތިއްތޭ) އެވެ.

ގްރޫޕް ސީގަައި ވެމްކޯ، ސިޓީ ކައުންސިލް އަދި ސްޓެލްކޯ ކޮންމެ ޓީމަކުން ތިން ޕޮއިންޓް ހޯދާފައިވާއިރު، ޔޫތު މިނިސްޓްރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ޔޫތު މިނިސްޓްރީ އާއި ވެމްކޯ އަދި ކުޅުނީ އެންމެ މެޗެކެވެ.

ގްރޫޕް އެޗްގައި އެސްޓީއޯ އަތުން 1-0 އިން ފުރަތަމަ މެޗުގައި ބަލިވި އެމްޓީސީސީން ވަނީ މިރޭ މޯލްޑިވްގޭސް އަތުން 3-0 އިން މޮޅުވެފަ އެވެ. އެސްޓީއޯގެ ގޯލުތައް ޖެހީ އަލީ ނާފިއު (ކަޅޭ) އާއި ހުސެއިން އަލީ (އަޗޭ) އަދި ހަސަން މިފްރާހް އެވެ.

މި ގްރޫޕްގައި އެސްޓީއޯ އާއި އެމްޓީސީސީ އަދި މޯލްޑިވްގޭސް ކޮންމެ ޓީމެއް ތިން ޕޮއިންޓް ހޯދިއިރު، ފުލުގައި އޮތް އެމްއެމްއޭ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. އެސްޓީއޯ އާއި އެމްއެމްއޭ ކުޅުނީ އެންމެ މެޗެކެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ. އެ ރޭ ހަތަރު މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox