18/30 ފުޓްސަލް ފިއެސްޓާ: ސިފައިންނާއި އެމްޕީއެލް ސެމީ އަށް

Nov 27, 2021, 1:52 PM
ޕޮލިހުގެ ތީބާ (ކ) ކައިރިން ސިފައިންގެ ޓީމުގެ ސުމައްޔާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ޕޮލިހުގެ ތީބާ (ކ) ކައިރިން ސިފައިންގެ ޓީމުގެ ސުމައްޔާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކްލަބުން މުބާރާތުގެ ސެމީގެ ފުރުސަތު ހޯދައިފި އެވެ.

ސިފައިން ވަނީ މިއަދު ކުޅުނު މެޗުން ޕޮލިސް ކްލަބް އަތުން 1-0 އިން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. އަނެއް މެޗުގައި ޓީމު ފެނަކައިގެ މައްޗަށް އެމްޕީއެލް އިން ކުރިހޯދީ 3-0 އިންނެވެ. ސިފައިންނާއި އެމްޕީއެލް އިން ސެމީގެ ޖާގަ ކަށަވަރުކުރީ ބާކީ މެޗެއް އޮއްވަ އެވެ.

ރެހެންދި ފުޓްސަލް ދެ ވަނަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސިފައިންގެ ހަމައެކަނި ގޯލު ޖެހީ ކެޕްޓަން މަރިޔަމް ރިފާ އެވެ. ސިފައިންގެ ޓީމަށް ކުޅޭ ބަންގްލަދޭޝްގެ މަޓްސުޝިމާ ސުމައްޔާ ހުސްކޮށްލާފައި ދިން ބޯޅަ ރިފާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޕޮލިސް ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފަދުވާ ޒާހިރަށް ފުރަތަމަ ހާފުގައި އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ.

ޕޮލިސް ޓީމުގެ ތީބާ އާއި ލެބަނަންގެ ދެ ކުޅުންތެރިން ކަމަށްވާ ނާންސީ ޗޭލިއަން އާއި ސެލީން އަލް ހައްދާދުގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމަށް ކުޅޭ ފާތިމަތު ތީބާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ޕޮލިހުން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ސިފައިންގެ ގޯލުގައި ހުރި ސާއިގާ ހުސެއިން ވެސް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.

މިއަދުގެ މެޗުގެ ތެރެއިން ސިފައިންގެ ޓީމުގެ ކީޕަރު ސާއިގާ: އޭނާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައި.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސިފައިން ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދޭން އެ ޓީމުގެ ބަންގްލަދޭޝް ތަރި ސަބީނާ ހަތުން ޖެހި ބޯޅަ ޕޮލިހުގެ ކީޕަރު އައިމިނަތު ލީޒާ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފަހު ވަގުތާ ޖެހެންދެން ވެސް ޕޮލިހުން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ސިފައިންގެ ޑިފެންސް ފެނުނީ އެ އަށް ވުރެ ވަރުގަދަކޮށެވެ.

ސިފައިން ސެމީގެ ޖާގަ ޔަގީންކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހަަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކު ޕޮލިހެވެ. ދެން މި ގްރޫޕްގައި އޮތް ޓްރޭޑް ކްލަބަށް ޕޮއިންޓެއް ނުލިބެ އެވެ.

ރެހެންދި އެއް ވަނަ ދަނޑުގައި ކުޅުނު މެޗުގައި ފެނަކަ ކޮޅަށް އެމްޕީއެލްގެ ތަޖިކިސްތާން ފޯވާޑް މަދީނާ ފަޒިލޯވާ ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ގޯލު ކާމިޔާބުކުރީ ފާތިމަތު ޖޫޒާން ޒަރީރް އެވެ. ޖޫޒާން އަކީ ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިއެކެވެ.

އެމްޕީއެލް ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެމްކޯ އަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ފެނަކަ އަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

މިރޭ ކްލަބް މޯލްޑިވްސް ކަޕްގެ، ފިރިހެން ޑިވިޝަނުގައި ހަތަރު މެޗެއް ކުޅޭނެ އެވެ. އުރީދޫ އާއި މީޑިއާނެޓް ބައްދަލުކުރާއިރު، ކްލަބް އެމްޓީސީސީ ކުޅޭނީ މޯލްޑިވްގޭސްއާ އެވެ. ޕޮލިހުން ޓްރޭޑް ކްލަބާ ކުޅޭއިރު، ސްޓެލްކޯ ކުޅޭނީ މާލެ ސިޓީ ކައުންސިލްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox