ސޮލޮމޮން އައިލެންޑްސްއަށް ހަމަޖެހުން އައި އިރު ތިން މަރު

ސޮލޮމޮން އައިލެންޑްސްގެ ހޮނިއަރާ ރަށުގައި ހުޅުޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ސޮލޮމޮން އައިލެންޑްސްގެ ހޮނިއަރާ ރަށުގައި ހުޅުޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ހޮނިއަރާ، ސޮލޮމޮން އައިލެންޑްސް (ނޮވެމްބަރު 27) - ސޮލޮމޮން އައިލެންޑްސްގެ ވެރިރަށް ހޮނިއަރާގައި މިދިޔަ ހަފުތާގައި ހިނގި ހަމަނުޖެހުންތަކަށް ނިމުމެއް އައި އިރު ތިން މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ޕެޓްރޯލް ސްޓޭޝަންތަކާއި ފިހާރަތަކާއި އެހެން ވިޔަފާރިތައް ހޮނިހިރު ދުވަހު ވަނީ އަލުން ހުޅުވާފަ އެވެ. އެއާއެކު ގެތަކުން ނުނިކުމެ ތިބި އާއްމުން ވަނީ ޒަރޫރީ ތަކެތި ގަންނަން އަވަސްވެގަނެފަ އެވެ. ނަމަވެސް ކޮންމެ ވަގުތަކު ވެސް އަލުން ހަމަނުޖެހުން ފެށުމުގެ ބިރު އަދިވެސް އެބަ އޮތެވެ.

މިދިޔަ ބުދަ ދުވަހު ކުޑަ މުޒާހަރާއެއްގެ ގޮތުގައި ފެށި ހަރަކާތް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ ފަގީރު ހާލަތުގައި ދިރިއުޅޭ އާއްމުން މުޒާހަރާގައި ބައިވެރިވެ، ސަރުކާރުގެ އިސްތިއުފާ އަށް ގޮވަމުން ތަންތަނަށް ގެއްލުން ދޭން ފެށުމުންނެވެ.

ތިން ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ހިންގި ހަމަނުޖެހުމުގައި ރުޅިގަދަވެފައި ތިބި އާއްމުން ވަނީ އިމާރާތްތަކުގައި ހުޅު ޖަހައި، ބިއްލޫރިތައް ތަޅައި ހަދާފަ އެވެ. އެ މީހުން ޑިމާންޑު ކުރީ ބޮޑު ވަޒީރު މަނާސޭ ސޮގަވަރޭގެ އިސްތިއުފާ އަށެވެ.

ކުރިން ވެސް ފަގީރު ހާލަތުގައި އުޅެމުން އައި ސޮލޮމޮން އައިލެންޑްސްގެ ގިނަ ބަޔެއްގެ ހާލަތު އިތުރަށް ގޯސްވީ، ކޮވިޑް ބަލިމަޑުކަމާ ހެދި ދެ އަހަރުގެ ލޮކްޑައުނެއްގައި އުޅެން ޖެހުމުންނެވެ. އިގްތިސާދު ފުނޑި، ވަޒީފާ ގެއްލި، ގިނަ ބަޔަކު ހާލުގައި ޖެހުނެވެ.

ހޮނިއަރާ ސިޓީގެ ޗައިނާޓައުން ޑިސްޓްރިކްޓުގައި އަނދާ ހުލިވެފައިވާ އިމާރާތެއްގެ ތެރެއިން ފެނުނު ތިން މީހެއްގެ ހަށިގަނޑު ދެނެގަންނަން ފުލުހުންގެ ފޮރެންސިކް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ސިޓީ އަށް ހަމަޖެހުން އައިސްފައި ވަނީ ރޭގަނޑުގެ ކާފިއުއާ އެކު ސުލްހަ ބަލަހައްޓަން އޮސްޓްރޭލިއާ އާއި ޕަޕުއާ ނިއު ގިނީގެ 150 އަށް ވުރެ ގިނަ ފުލުހުންނާއި ސިފައިން ހުކުރު ދުވަހު މަސައްކަތް ފެށުމުންނެވެ.

ސޮލޮމޮން އައިލެންޑްސްގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ފެތުރި، ޗައިނާ އާއި އެހެން ބޭރު ގައުމުތަކުގެ ނުފޫޒަށް ދަނީ ދޫދެމުންނެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަނޑުހައި ހޫނުކަމުގައި އުޅެމުން ދާއިރު، އާދައިގެ މުޒާހަރާއަކުން އެހާ ބޮޑު ހަމަނުޖެހުމް އުފެދުނީ ބަނޑުހައި ހޫނުކަމުގެ ސަބަބުން ކަމަށް ރައްޔިތުން ދެކެ އެވެ.

މުޒާހަރާގެ ބައިވެރިންގެ ރުޅިގަނޑު ސީދާ އަމާޒު ކުރީ ސޮގަވަރޭ އާއި ސަރުކާރަށެވެ. އެގޮތުން ޕާލިމެންޓާއި، ބޮޑު ވަޒީރުގެ ގެކޮޅުގައި ހުޅުޖަހަން ވެސް މަސައްކަތް ކުރި އެވެ. ހަމަނުޖެހުމާ ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox