ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ ބަލިކޮށް އެޗްޑީސީ ދެ ވަަނަ ބުރާ ގާތަށް

Nov 26, 2021, 6:33 PM
ިމި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޗްޑީސީގެ ފައިއްޓެ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ިމި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޗްޑީސީގެ ފައިއްޓެ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު މެޗުން ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) 1-0 އިން ބަލިކޮށް ކްލަބް އެޗްޑީސީ މުބާރާތުގެ ދެ ވަނަަ ބުރާ ގާތަށް ޖެހިލައިފި އެވެ.

ކުުޅުނު ފުރަތަމަ މެޗުން އެޗްޑީސީން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް 3-0 އިން ބަލިކޮށްފަ އެވެ. މިރޭ ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗުން އާރްއާރްސީ އަތުން އެޗްޑީސީ މޮޅުވީ ހަނި ތަފާތަކުންނެވެ.

ފުރަތަމަ ހާފުގައި އާރްއާރްސީގެ އިބްރާހިމް މައިސާން (މައި) އަށް ލިބުނު ބޯޅަ ހުއްޓުވީ އެޗްޑީސީގެ ކީޕަރު ފައްޔާޒު ފަޔާޒު (ފައިއްޓެ) އެވެ. މި ހާފުގައި އެޗްޑީސީ އަށް ލީޑުނަގައިދޭން އެ ޓީމުގެ ޔާމީން މުހައްމަދު (ޔާންޓެ) ޖެހި ބޯޅަ ދެ ދަނޑީގައި ޖެހިފައި ބޭރުވިއިރު، އެ ބޯޅަ ދެ ވަނަ ފަހަރުން ގޯލަށް ފޮނުވާލަން މުހައްމަދު ރިއްފަތު (ރިއްޕެ) ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

އާރްއާރްސީގެ ކެޕްޓަން އިބްރާހިމް އަސްވަދު (ގަބޭ) އަށް އެޗްޑީސީން ގިނަ ފައުލުތަކެއް ކުރި މި މެޗުގައި އޭނާ ފޮނުވާލި ބޯޅަތައް އެޗްޑީސީން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 31 ވަނަ މިނިޓްގައި ޖެހީ އެޗްޑީސީގެ އިބްރާހިމް ރިމާހު (ރިމޭ) އެވެ. އާރްއާރްސީގެ އަލީ ޝާމިސް (ތޮއްޕޭ) އެތެރެއަށް ކުޅުނު ބޯޅައެއް ހޯދައި ރިމޭ ވަނީ ރަނގަޅު ވަގުތުގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ގަބޭ ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، ހިލޭ ޖެހުމަކުން އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖެހި ބޯޅަ ކީޕަރު ފައިއްޓެ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި އެޗްޑީސީ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްއާރްސީ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ފެން ކްލަބާއި ހަތަރެއްގައި އޮތް ބީއެމްއެލް އަށް އަދި އެއް މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

ފަހު މެޗުގައި އެޗްޑީސީން ފެން ކްލަބާ ކުޅޭއިރު، އެ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ.

ފުރަތަމަ މެޗުގައި ކްލަބް އިމިގްރޭޝަނާ ލަނޑެއް ނުޖެހި އެއްވަރުވި ދިރާގުން ވަނީ މިރޭ ޕްލޭނިން މިނިސްޓްރީ އަތުން 7-2 އިން މޮޅުވެފަ އެވެ. ދިރާގުގެ ގޯލުތައް ޖެހީ އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) ހެޓްރިކެއްގެ އިތުރުން އިބްރާހިމް އަތީގް (އިއްބެ)، ހުޒައިފަތުﷲ އިބްރާހިމް، ފައުޒާން ހަބީބް އަދި ހަސަން ޖުމައިލް އެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވި ޕްލޭނިން މިނިސްޓްރީން މިރޭ ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މުހައްމަދު މައުރޫފް ހުސެއިން އެވެ.

ކުޅުނު ފުރަތަަަމަ މެޗުތަކުން ބަލިވި ރާއްޖެ އޮންލައިން (އާރްއޯއެލް) އާއި އޭވިއޭޝަން ސެކިއުރިޓީ (އޭވްސެކް)ގެ މެޗު ނިމުނީ ފޯރިގަދަ ކުރިމަތިލުމަކަށް ފަހު 4-3 އިން އާރްއޯއެލް މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ، އާރްއޯއެލްގެ އައިރޫން އަހުމަދު ރަޝީދު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލު ޖެހީ ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އަށް ކުޅޭ ޔޫސުފް ރަމީޒް (ރަމީ) އެވެ.

އޭވްސެކްގެ ގޯލުތައް ޖެހީ ކެޕްޓަން ހާޝިމް ހާލިދު (ހާއްޓެ) އާއި ޒައްމަތު މުހައްމަދު ވަހީދު ދެ ގޯލެވެ. މި މެޗުން އޭވްސެކް ބަލިވި އެންމެ ބޮޑު ސަބަބަކީ ގޯލު ޖަހަން ލިބުނު ގިނަ ހުސް ފުރުސަތުތަކެއް ނަގާލުމެވެ.

ފުރަތަމަ މެޗުގައި އެމްޕީއެލް އަތުން ބަލިވި ދިވެހި ސިފައިންގެ ކްލަބުން ވަނީ މިރޭ ކްލަބް 220 (ޕީޖީ) އޮފީސް އަތުން 5-2 އިން މޮޅުވެފަ އެވެ. ސިފައިންގެ ޓީމުގެ ގޯލުތައް ޖެހީ އަހުމަދު ޝައިހާން ޖަލީލް ދެ ގޯލާއި އަބްދުﷲ ސުޖާއު، މުހައްމަދު އަލާއު އަދި އިބްރާހިމް ތޯއިފް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ކްލަބް 220 ގެ ދެ ގޯލު ޖެހީ އަލީ އިކްރާމާއި އަހުމަދު ސާމިހު އެވެ.

މުބާރާތުގައި މާދަމާ ހަވީރު އޮންނާނީ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ދެ މެޗެވެ. ޕޮލިހުން ސިފައިންނާ ކުޅޭއިރު، ފެނަަކަ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލްއާ އެވެ.

މާދަމާރޭ ކްލަބް މޯލްޑިވްސް ކަޕްގެ ހަތަރު މެޗެއް ކުޅޭނެ އެވެ. އުރީދޫ އާއި މީޑިއާނެޓް ބައްދަލުކުރާއިރު، ކްލަބް އެމްޓީސީސީ ކުޅޭނީ މޯލްޑިވްގޭސްއާ އެވެ. ޕޮލިހުން ޓްރޭޑް ކްލަބާ ކުޅޭއިރު، ސްޓެލްކޯ ކުޅޭނީ މާލެ ސިޓީ ކައުންސިލްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox