18/30 ފުޓްސަލް ފިއެސްޓާ: ޕޮލިހަށް ފުރަތަމަ މޮޅު، ވެމްކޯ އާއި އެމްޕީއެލް އެއްވަރު

Nov 26, 2021, 2:52 AM
ޕޮލިހުގެ ސެލިން އަލް ހައްދާދު މެޗެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޕޮލިހުގެ ސެލިން އަލް ހައްދާދު މެޗެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުގައި ޕޮލިސް ކްލަބުން 8-0 އިން ޓްރޭޑް ކްލަބް ބަލިކުރިއިރު، ކްލަބް ވެމްކޯ ކުޅުނު ދެ ވަނަ މެޗުން އެމްޕީއެލްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެމްޕީއެލް އިން ލީޑުނެގީ މެޗުގެ 14 ވަނަ މިނިޓްގައި އެ ޓީމަށް ކުޅޭ ތަޖިކިސްތާނުގެ މަދީނާ ފަޒިލޯވާ ދިން ބޯޅައަކުން އައިމިނަތު ޝާމިލާ ޖެހި ގޯލަކުންނެވެ. އޭގެ ތިން މިނިޓް ފަހުން ވެމްކޯ އަށް ކުޅޭ ތައިލެންޑްގެ ކުޅުންތެރިޔާ ޑަރިކާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ވެމްކޯގެ ކެޕްޓަން ޝަހުލާ ތައުފީގު ހުސްކޮށްލާފައި ދިން ބޯޅަ ޑަރިކާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރެހެންދި ފުޓްސަލް ދެ ވަނަ ދަނޑުގައި ކުޅުނު މެޗުގައި ޓްރޭޑް ކްލަބް ކޮޅަށް ޕޮލިހަށް ކުޅޭ ގައުމީ ޓީމުގެ ފޯވާޑް ފާތިމަތު ތީބާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ޕޮލިހަށް ކުޅޭ ލެބަނަންގެ ނާންސީ ޗޭލިއަން ދެ ގޯލު ޖެހިއިރު، އަނެއް ތިން ގޯލު ކާމިޔާބުކުރީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާ ޒާހިރާއި ފާތިމަތު ސައިނާ އަދި ލެބަނަންގެ ސެލީން އަލް ހައްދާދު އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަނުގައި ހަ ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ތިން ޓީމުގެ ދެ ގްރޫޕެއްގެ މެދުގަ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ބުރު ކުޅޭ ގޮތަށް ގްރޫޕް ސްޓޭޖު ރޭވިފައިވާއިރު، ގްރޫޕަކުން ފުރަތަމަ ކަޓާނީ އެ ޓީމެކެވެ.

ގްރޫޕް އެކެެއްގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު އޮތީ ދިވެހި ސިފައިންގެ ކްލަބް އެވެ. އެ ޓީމަށް ވަނީ ގާތްގަނޑަކަށް ސެމީގެ ޖާގަ ޔަގީންވެފަ އެވެ. ރޭގެ މޮޅާ އެކު ޕޮލިހަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ޓްރޭޑް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އެވެ. އެމްޕީއެލަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ވެމްކޯ އަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ފެނަކަ އަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

އަންހެން ޑިވިޝަނުގެ ދެ މެޗެއް މާދަމާރޭ ކުޅޭނެ އެވެ. އެމްޕީއެލް ކުޅޭނީ ފެނަކައާ އެވެ. އަދި ޕޮލިސް ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox