ހާލިދާ ޒިއާ ބޭސް ފަރުވާ އަށް ފޮނުވުމަށް ގޮވާލައި ބޮޑު އެއްވުމެއް ބާއްވައިފި

ހާލިދާ ޒިއާގެ ސަޕޯޓަރުން ބަންގްލަދޭޝްގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ހާލިދާ ޒިއާގެ ސަޕޯޓަރުން ބަންގްލަދޭޝްގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ދާކާ، ބަންގްލަދޭޝް (ނޮވެމްބަރު 22) - ކުރީގެ ބޮޑު ވަޒީރު ހާލިދާ ޒިއާ ބޭސް ފަރުވާ އަށް ގައުމުން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނުމަށް ގޮވާލައި އެތައް ހާސް ބަޔަކު އެއްވެއްޖެ އެވެ.

އެއްވުމުގައި ހަމަނުޖެހުން އުފެދި، ކަރުނަ ގޭސް ޖެހުމުގެ ސަބަބުން 20 މީހުންނަށް އަނިޔާވި އެވެ. މިހާރުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާއާ އެންމެ ވާދަވެރި، އުމުރުން 76 އަހަރުގެ ޒިއާ ދާކާގެ ހޮސްޕިޓަލެއްގައި އެޑްމިޓު ކުރެއްވީ މި މަހުގެ ކުރީކޮޅު އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ކޮރަޕްޝަންގެ ކުށް ސާބިތުވެފައި ވާތީ ގައުމުން ބޭރަށް ދަތުރު ކުރުން ކޯޓުން ވަނީ އެކަމަނާ އަށް މަނާކޮށްފަ އެވެ.

"އެކަމަނާގެ ހާލު ސީރިއަސް. އެމެރިކާ އާއި ޖަރުމަނުވިލާތް ނުވަތަ އިނގިރޭސިވިލާތް ފަދަ ތަރައްގީވެފައިވާ ގައުމަކުން އަވަސް ފަރުވާ ބޭނުންވޭ. މި ސަރަހައްދުގައި އެކަމަނާ އަށް ދެވޭނެ ފަރުވާއެއް ނެތް،" ޑޮކްޓަރު އޭޒީއެމް ޒާހިދު ހުސެން ވިދާޅުވި އެވެ.

ހޯމަ ދުވަހު ދާކާގެ ނޭޝަނަލް ޕްރެސް ކްލަބު ކުރިމަތީގައި ބޭއްވި އެއްވުމަށް 15،000 އަށް ވުރެ ގިނަ މީހުން ޖަމާވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެކްޓިވިސްޓުންނާއި ޒިއާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސަޕޯޓަރުންނެވެ. ނަމަވެސް ފުލުހުން ބުނީ އެއްވީ 7،000 މީހުން ކަމަށެވެ.

އެއްވުމުގެ ސެކިއުރިޓީ ބަލަހައްޓަށް އެތައް ސަތޭކަ ފުލުހުންނެއް އުޅުނެވެ. އެންމެ ފަހުން 2001 އިން 2006 އަށް ވެރިކަން ކުރި ބީއެންޕީން ވަނީ އެހެން ސިޓީތަކާއި އަވަށްތަކުގައި ވެސް އެއްވުންތައް ބާއްވާފަ އެވެ.

ބީއެންޕީން ބުނީ ލިވާ ޑިޒީޒް އާޢި ކްރޯނިކް ކިޑްނީ ޑިޒީޒް އަދި ހިތުގެ މައްސަލަތައް ޒިއާ އަށް ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ. އެ ކަންކަމުގެ އިތުރުން ކުރިން ވެސް ދިމާވަމުން ދިޔަ ރިޔުމަޓޮއިޑް އާތްރައިޓިސް އާއި ހަކުރު ބަލި ވެސް ގޯސްވަމުންދާ ކަމަށް ބުންޏެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ހާލިދާ ޒިއާ ފުރޮޅުލީ ގޮނޑީގައި.
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ހާލިދާ ޒިއާ ފުރޮޅުލީ ގޮނޑީގައި.

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ހާލިދާ ޒިއާ ފުރޮޅުލީ ގޮނޑީގައި.

މިދިޔަ ހަފުތާގައި ބޮޑު ވަޒީރު ހަސީނާ ވަނީ ޒިއާގެ އާއިލާ އާއި ޕާޓީގެ އެދުމާ ގުޅޭ ގޮތުން ކުރެވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ހާލިދާ ޒިއާ އަށް ކޮށްދީފިން. ދެން ކުރިއަށް ދާންވީ ގޮތް ނިންމަން ޖެހޭނީ ގާނޫނުން،" ޕްރެސް ކޮންފެރެންސެއްގައި ހަސީނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބިފައި ހުރި ހުރިހާ ބާރެއް ބޭނުންކޮށްގެން ހާލިދާ ޒިއާ ޖަލަށް ނުގެންގޮސް، ގޭގައި ބެހެއްޓޭނެ ގޮތް އެ ވަނީ ހަދާފައި."

ކޮރަޕްޝަންގެ ކުށް ޒިއާގެ މައްޗަށް ސާބިތުވެ، 10 އަހަރަށް ޖަލަށް ހުކުމް ކުރީ ފެބްރުއަރީ 2018 ގަ އެވެ. ނަމަވެސް އެކަމަނާގެ ޕާޓީން ބުނީ އެއީ ސިޔާސީ ހުކުމެއް ކަމަށެވެ.

ޖަލުގައި ހުންނެވުމަށް ފަހު ސިއްހީ ހާލުކޮޅު ގޯސްވާން ފެށުމުން އެކަމަނާ ގެއަށް ދޫކޮށްލީ މާޗް 2020 ގަ އެވެ. އޭގެ ފަހުން ކޯޓު މެދުވެރިކޮށް ގައުމުން ފުރުން މަނާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox