ޕަޔެޓް ބޮލުގައި ފުޅިއަކުން ޖެހުމުން ލިޔޯން އާއި މާސޭ މެޗު ހުއްޓާލައިފި

Nov 22, 2021, 5:00 AM
މާސޭގެ މިޑްފީލްޑަރު ޕަޔެޓް ބޮލުގައި އައިސް ޕެކެެއް ޖައްސައިގެން ދަނޑުން ފައިބަނީ.-- ފޮޓޯ: އޭއެފްޕީ

މާސޭގެ މިޑްފީލްޑަރު ޕަޔެޓް ބޮލުގައި އައިސް ޕެކެެއް ޖައްސައިގެން ދަނޑުން ފައިބަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ނޮވެމްބަރު 22) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ސަޕޯޓަރަކު އެއްލި ފުޅިއަކުން މާސޭގެ ޑިމިޓްރީ ޕަޔެޓް ބޮލުގައި ޖެހުމުން، މާސޭ އާއި ލިޔޯން ބައްދަލުކުރި މެޗު ހުއްޓާލައިފި އެވެ.

ކޯނަރެއް ނަގަން ގޮސް ހުއްޓައި ޕަޔެޓް ބޮލުގައި ފުޅިއަކުން ޖެހުމާ އެކު މެޗުގެ ރެފްރީ ރޫޑީ ބުކޭ ވަނީ ދެ ޓީމުގެ ކުުޅުންތެރިން ވަގުތުން ޗޭންޖިން ރޫމަށް ފޮނުވާލައިފަ އެވެ. ރައްކާތެރިކަން ކަށަވަރުނުވާތީ މާސޭ ކުޅުންތެރިން އަނބުރާ ދަނޑަށް ނުނިކުންނަން ނިންމިއިރު، ރެފްރީ އަށް ޖެހުނީ މެޗު ހުއްޓާލާށެވެ. އެ ގޮތަށް ނިންމީ ދެ ގަޑިއިރެއްހާއިރު، މެޗު އަލުން ފެށޭތޯ ބެލުމަށް ފަހު އެވެ.

ރޭގެ މެޗުގައި ސަޕޯޓަރަކު އެއްލި ފެންފުޅި ޕަޔެޓް ބޮލުގައި ޖެހިފައި ވެއްޓެނީ.-

Advertisement

މި ސީޒަނުގައި މާސޭގެ ގިނަ މެޗުތަކެއްގައި ސަޕޯޓަރުންގެ ގިނަ ކަންތައްތަކެއް ވަނީ ހިނގައިފަ އެވެ. އެ ގޮތުން ސީޒަންގެ ފުރަތަމަ މެޗުގައި މޮންޓެޕިއޭ ދަނޑުގައި މާސޭގެ ވަލެންޓިން ރޮނީގާ ގައިގައި ވެސް ފުޅިއަކުން ޖެހި އެވެ. އޭގެ ފަހުން މާސޭ އާއި ނީސްއާ ކުޅުނު މެޗުގައި ޕަޔެޓާ ދިމާލަށް ފުޅި އެއް އެއްލުމުން އޭނާ ވަނީ އަނބުރާ ސަޕޯޓަރުންނާ ދިމާލަށް އެ ފުޅި އެއްލައިފަ އެވެ.

އެ މައްސަލައިގައި ނީސްގެ ދެ ޕޮއިންޓު އުނިކުރަން ނިންމައި ޕަޔެޓަށް އެއް މެޗުގެ ސަސްޕެންޝަނެއް އަ އެވެ.

ޕަޔެޓަށް ރޭގެ މެޗުގައި ހަމަލާދިން ސަޕޯޓަރުން ހައްޔަރުކޮށްފައިވާ ކަމަށް ދަނޑުގައި އިއުލާނުކުރި ފަހުން ލިޔޯން ކުޅުންތެރިން ވަނީ އަލުން މެޗު ފެށޭތޯ ވޯމްއަޕަށް ނުކުމެފަ އެވެ.

އެކަމަކު، މާސޭ ޓީމު މެޗު ކުޅެން ބޭނުންނުވާތީ ރޭ އިތުރަށް މެޗު ކުރިއަށް ނުދިޔަ އެވެ. ލިޔޯންގެ ރައީސް ޖީން-މިޝެލް އޯލަސް ވަނީ މާސޭގެ ފަރާތުން މައާފަށް އެދި މެޗު ކުރިއަށް ނުގެންދެވުނު ސަބަބުތައް ދެނެގަނެ ވީ އެންމެ އަވަހަށް ގޮތްތަކެއް ނިންމަން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox