ހުޅުމާލޭ މަތިން ސީޕްލޭން އުދުހުން މަނާ ކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް މެނޭޖަރު ހަސަން އަރީފު "އަދަދު" އަށް ވިދާޅުވީ އެމްއޭސީއެމްއޭސީއެލްގެ މާސްޓަ ޕްލޭނާ އެއްގޮތަށް ގެނައި ބަދަލާ އެކު ހުޅުމާލެ މަތިން ދަތުރުކުރުން ހުއްޓާލާފައިވާ ކަމަށެވެ.
އެގޮތުން މި މަހުން ފެށިގެން ސީޕްލޭންތައް ޖައްސަން ބޭނުންކުރަނީ ހުޅުމާލެ އިރުމަތީ ފަޅާ ދިމާލުން އޮންނަ ރޫޓް ކަމަށް އަރީފް ވިދާޅުވި އެވެ.
ހުޅުމާލެ މަތިން ސީޕްލޭން ދަތުރުކުރާތީ އެކަމުގެ އުނދަގޫ ގިނަ ބަޔަކަށް ކުރެ އެވެ. ހުޅުމާލެ އުތުރުކޮޅުން އައިސް ހުޅުލެއަށް ޖައްސާތީ ބޯޓުފަހަރުގެ އަޑު ގަދަކަމުން، ގިނަ ބަޔަކަށް އޭގެ އުނދަގޫ ދިމާވެ ޝަކުވާ ކުރެ އެވެ.
ހުޅުމާލެ މަތިން ދަތުރު ކުރަން ހަތަރު ލޭން ބޭނުން ކުރާއިރު ތިން ސީޕްލޭން އޮޕަރޭޓަރުން ބޭނުން ކުރެ އެވެ.













