ކެނެޑާގައި ތެޔޮ ރޭޝަންކޮށް، ދަތުރުކުރުން ލިމިޓުކޮށްފި

ކެނެޑާގައި ފެންބޮޑުވެފައި.

ކެނެޑާގައި ފެންބޮޑުވެފައި.

މޮންޓްރިއަލް، ކެނެޑާ (ނޮވެމްބަރު 20) - ކެނެޑާ އަށް އެރި ތޫފާނެއްގައި ހުޅަނގުގެ ހިސާބުތަކަށް ކުރަމުންދާ އަސަރުތަކާ ހެދި ތެޔޮ ލިބުން ދަތިވެ ރޭޝަންކޮށްފި އެވެ.

މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހު ބްރިޓިޝް ކޮލަމްބިއާ ސަރަހައްދަށް ރިކޯޑް މިންވަރަށް ވާރޭ ވެހުނެވެ. އޭގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގި އެވެ.

ބައެއް ބޮޑެތި މަގުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާ އަށް ގެއްލުންވެފައި ވާއިރު، ތެޔޮ ސަޕްލައި ކުރަން ބޭނުން ކުރާ ޓްރާންސް މައުންޓެން ޕައިޕްލައިން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

އެ ޕްރޮވިންސްގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު މައިކް ފާންވޯތު ވިދާޅުވީ ތެޔޮ ބޭނުން ކުރުން މަދުކޮށް، ތަންތަނަށް ދަތުރު ކުރުން މަދު ކުރުމަށް އާއްމުންގެ ކިބައިން އެދޭ ކަމަށެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޕެޓްރޯލް ސްޓޭޝަންތަކުން ލިބޭނީ ކޮންމެ މީހަކަށް 30 ލީޓަރުގެ ތެލެވެ. ތެލުގެ ސަޕްލައި ލިމިޓުވެފައި ވާތީ އެ ޕްރޮވިންސުން އެދެނީ ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ދަތުރު ނުކުރުމަށެވެ.

ތޫފާނާ ހެދި ކުރި އަސަރުގައި ގެއްލުނު ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ޕެމްބަޓަން ސަރަހައްދުގައި އަދިވެސް ދަނީ ކުރަމުންނެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ސިފައިން އަންނަނީ މަގުތައް ސާފުކޮށް، އާއްމުންނަށް އެހީވަމުންނެވެ.

މި ފެށޭ ހަފުތާގައި ވެސް ކެނެޑާގެ ހުޅަނގު ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ކެނެޑާގެ ޕެސިފިކް އައްސޭރިފަށަށް ވަނީ ގިނަ އަދަދެއްގެ ގުދުރަތީ ކާރިސާތަކާ ދިމާވެފަ އެވެ. އެގޮތުން އާދަޔާ ހިލާފަށް ހޫނުގަދަވުމާއި ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ ދިމާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox