ޑޮލަރުގެ ތާށިކަމާ ހެދި ލަންކާގެ ހަމައެކަނި ތެޔޮ ރިފައިނެރީ ބަންދުކޮށްފި

ސަޕުގަސްކަނޑަ ރިފައިނެރީ.

ސަޕުގަސްކަނޑަ ރިފައިނެރީ.

ކޮލޮމްބޯ، ސްރީ ލަންކާ (ނޮވެމްބަރު 15) - ސާފު ނުކުރާ ކްރޫޑް ތެޔޮ އިމްޕޯޓް ކުރާނެ ޑޮލަރު ނުލިބޭތީ ސްރީ ލަންކާގެ ހަމައެކަނި ތެޔޮ ރިފައިނެރީ ނުވަތަ ތެޔޮ ސާފުކުރާ ފެކްޓްރީ ބަންދުކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން ގޮތަބަޔަ ރާޖަޕަކްސަ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު ބޭރު ފައިސާގެ ރިޒާވްގައި 7.5 ބިލިއަން ޑޮލަރު ހުރި ނަމަވެސް، މިދިޔަ އޮކްޓޯބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 2.3 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

ބައިނަލްއަގްވާމީ ރޭޓިން އެޖެންސީތަކުން ލަންކާގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑްކޮށްފައި ވާއިރު، ކޮވިޑު ބަލިމަޑުކަމާ ހެދި 2020 ވަނަ އަހަރު އެ ގައުމުގެ އިގްތިސާދު 3.6 ޕަސެންޓުން ކުޑަވި އެވެ.

ފަތުރުވެރިކަމާއި ބޭރު މަސައްކަތްތެރިންގެ ރެމިޓެންސްގެ ގޮތުގައި ލިބޭ ޑޮލަރު ވެސް ވަރަށް ބޮޑު ތަނުން ވެއްޓިފައި ވާއިރު، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ސަރުކާރުން ވަނީ ބައެއް ބާވަތްތަކުގެ މުދާ އެތެރެ ކުރުން މަނާކޮށްފަ އެވެ.

ލަންކާގެ ހަމައެކަނި ތެޔޮ ރިފައިނެރީ ސަޕުގަސްކަނޑަ އަކީ އިރާނުން 1969 ގައި އަޅައިދިން ތަނެކެވެ. އެނާޖީ މިނިސްޓަރު އުދަޔަ ގަމަންޕިލަ ވިދާޅުވީ މިއީ އެ ތަން ހުޅުވި ފަހުން އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ.

ގަމަންޕިލަ ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ ރިފައިނެރީގެ މަސައްކަތްތައް މެދުކަނޑާލުމަށް ފަހު ސާފުކޮށްފައިވާ ޕެޓްރޯލާއި ޑީސެލް އިމްޕޯޓް ކުރަން ކަމަށެވެ. އޭގެ ސަބަބުން ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވި ނަމަވެސް، ސަލާމަތް ކުރެވެނީ ކިހާ އަދަދެއް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.

"ސަޕުގަސްކަނޑައިގައި ތެޔޮ ސާފު ކުރީމާ އަޅުގަނޑުމެންނަށް ލިބެނީ 37 ޕަސެންޓު ފާނޭސް ތެޔޮ، 19 ޕަސެންޓު އޭވިއޭޝަން ތެޔޮ އަދި 43 ޕަސެންޓު ޕެޓްރޯލާއި ޑީސެލް،" ކޮލޮމްބޯގައި ނޫސްވެރިންނަށް އޭނާ ވިދާޅުވި އެވެ.

"ފާނޭސް ތެލާއި އޭވިއޭޝަން ތެލަށް މާ ބޮޑު ޑިމާންޑެއް ނެތް. އެހެންވީމަ ޑިމާންޑު އޮތް ސާފުކޮށްފައިވާ ޕެޓްރޯލާއި ޑީސެލް އިމްޕޯޓް ކުރުން މާ ރަނގަޅު,"

ތެޔޮ ބޭނުން ކުރާ މިންވަރު ވަރަށް ބޮޑު ތަނުން މަދު ނުކުރާ ނަމަ މި އަހަރު ނިމޭއިރު، ރޭޝަން ކުރަން ޖެހިދާނެކަމުގެ އިންޒާރު އޮފިޝަލުން ވަނީ ދީފަ އެވެ.

މިދިޔަ އަހަރު ލަންކާ އަށް ތެޔޮ އިމްޕޯޓް ކުރަން 2.32 ބިލިއަން ޑޮލަރު ހޭދަކުރި އެވެ. ނަމަވެސް މި އަހަރު ތެލުގެ އަގުތައް އުފުލިފައި ވާތީ އެ އަދަދު 4.0 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.

އޮފިޝަލުން ބުނެފައި ވަނީ ތެލުގެ އިމްޕޯޓުތަކަށް ފައިނޭންސް ކުރަން އޮމާން އާއި އިންޑިއާ އިން ބޮޑެތި ލޯންތަކެއް ހޯދަން ރޭވި ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބުމުން ލޯންތައް ހަމަޖެހިފައެއް ނުވެ އެވެ.

ބޭރު ފައިސާގެ ދަތިކަމާ ހެދި މިހާރު ވެސް ހިކި ކިރާއި ހަކުރު އަދި ކައްކާ ގޭހާއި ސިމެންތި ފަދަ ތަކެތި ވިއްކަމުން ދަނީ ރޭޝަންކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox