ތާލިބާނުން ބުނީ ކާބޯތަކެތީގެ ކާރިސާއަކީ ކުރީ ސަރުކާރުގެ "ލެގަސީ" ކަމަށް

އދ. އިން ބުނެފައި ވަނީ އަފްގާން ރައްޔިތުން ދެބައިކޮށްފައި އެއްބައި މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް.

އދ. އިން ބުނެފައި ވަނީ އަފްގާން ރައްޔިތުން ދެބައިކޮށްފައި އެއްބައި މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް.

ކާބުލް، އަފްގާނިސްތާން (ނޮވެމްބަރު 16) - އަފްގާނިސްތާނަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ކާރިސާ އަކީ ކުރީ ސަރުކާރުގެ "ލެގަސީ" ކަމަށް ތާލިބާނުން ބުނެފި އެވެ.

ތާލިބާނުންގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އަބްދުލް ބާރީ އުމަރު ބުނީ އެހީ ފޯރުކޮށްދޭން ވައުދުވުމަށް ފަހު ބައިނަލްއަގްވާމީ މުޖުތަމައިން ވައުދު ފުއްދަމުން ނުދާ ކަމަށެވެ.

އދ. އިން އިންޒާރުދޭ ގޮތުގައި އަފްގާނިސްތާނުގެ އާބާދީގެ ދެބައިކޮށްފައި އެއްބައި ނުވަތަ 22 މިލިއަން މީހުންނަށް ކުރިއަށް އޮތް ފިނި މޫސުމުގައި ބަނޑުހައި ހޫނުކަމާ ކުރިމަތިވާނެ އެވެ.

ބޭރުގެ އެހީ އަށް ބަރޯސާވެފައި އޮތް އަފްގާނިސްތާނުގެ އިގްތިސާދު ހުއްޓުމަކަށް އައީ ތާލިބާނުން ވެރިކަމަށް އައުމުން އެހީތައް މެދުކަނޑާލުމުންނެވެ. އަދި އާދަޔާ ހިލާފަށް ހޫނުގަދަވާތީ ދަނޑުބިންތަކުން އެއްޗެއް ނުލިބެ އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ތަފާސްހިސާބާ ހަވާލަދީ އުމަރު ބުނީ މި އަހަރު ނިމޭއިރު އުމުރުން ފަސް އަހަރުން ދަށުގެ 3.2 މިލިއަން އަފްގާން ކުދިން ތިބޭނީ މާ ބޮޑަށް ހިކިވެ އަނަރޫފަވެފައި ކަމަށެވެ.

"ވިހި އަހަރު ވަންދެން ސިއްހީ ނިޒާމު ބަރޯސާވެފައި އޮތީ ބޭރުގެ އެހީއަށް. އެންމެ ކުޑަމިނުން އާދައިގެ ކަމެއް ވެސް ކޮށްފައި ނެތް. ބޭރުގެ އެހީ ހުއްޓާލައިފި ނަމަ ސިއްހީ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް ބޭނުން ކުރެވޭނެ ގޮތުގައި ދެމެހެއްޓުމަށް."

އޭނާ ބުނީ އަފްގާނިސްތާނުގެ ހުރިހާ ކަމަށް ފައިސާ ފޯރުކޮށްދެމުން ދިޔައީ ބޭރުގެ ސަރުކާރުތަކާއި އެހީދޭ ޖަމިއްޔާތަކުން ކަމަށެވެ. އެހެންކަމުން ކުއްލިއަކަށް އެހީ ހުއްޓާލުމުން ހިދުމަތްތައް ދޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދި އެވެ.

"ވޯލްޑު ބޭންކާއި، އީޔޫ އަދި ޔޫއެސްއެއިޑުން އަފްގާން ރައްޔިތުން ވީ ވައުދުތައް ނުފުއްދާ،" އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox