ދެކުނު އަފްގާނިސްތާނުގައި އައިއެސްއާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ތާލިބާނުން ފަށައިފި

ކާބުލްގައި ތާލިބާން ހަނގުރާމަވެރިންތަކެއް. -- ފޮޓޯ: އޭޕީ

ކާބުލްގައި ތާލިބާން ހަނގުރާމަވެރިންތަކެއް. -- ފޮޓޯ: އޭޕީ

ދެކުނު އަފްގާނިސްތާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕުގެ ޓެރަރިސްޓުން ފިލައިގެން އުޅޭ ތަންތަން ހޯދަން ހާއްސަ އޮޕަރޭޝަނެއް ތާލިބާނުން ފަށައިފި އެވެ.

މިދިޔަ އޯގަސްޓު މަހު ގާނޫނީ ސަރުކާރު ވައްޓާލުމަށް ފަހު ތާލިބާނުން ވެރިކަމާ ހަވާލުވުމާ އެކު އައިއެސް އިން ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށް، އިތުރުކޮށްފަ އެވެ.

އައިއެސްއާ ދެކޮޅު އޮޕަރޭޝަން ފެށީ ރޭގަނޑު ދަންވަރު ކަންދަހާރް ޕްރޮވިންސްގެ ހަތަރު ޑިސްޓްރިކްޓެއްގައި ކަމަށް ތާލިބާނުންގެ ޕްރޮވިންޝަލް ފުލުހުންގެ ވެރިޔާ އަބްދުލް ގަފަރް މުހައްމަދީ ބުންޏެވެ.

"މިހާތަނަށް އައިއެސްގެ ހަތަރު ޓެރަރިސްޓުން މަރާލެވިއްޖެ. އިތުރު 10 މީހަކު ހުރީ ހައްޔަރުކޮށްފައި. އެކަކު ވަނީ ގެޔެއްގެ ތެރޭގައި އަމިއްލަ އަށް މަރުވެގެން ބޮމެއް ގޮއްވާލާފައި،" އޭނާ އޭއެފްޕީ އަށް ބުންޏެވެ.

ތާލިބާނުންގެ ޖާސޫސީ އިދާރާގެ މެމްބަރަކު ބުނީ އޮޕަރޭޝަނުގައި އާއްމުންގެ ތިން މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށެވެ.

އަފްގާނިސްތާނުގެ ނޫސްތަކުން ބުނީ ވެރިރަށް ކާބުލްގެ ހުޅަނގުގެ ހިސާބެއްގައި ހޯމަ ދުވަހު ގޮވުމެއް ގޮވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ތާލިބާނުން ވެރިކަމުގައި ހޭދަވި ތިން މަސް ދުވަހު އައިއެސްގެ ހަރަކާތްތައް ފާހަގަވެފައި ވަނީ ޖަލާލްއާބާދާއި، ކުންދޫޒް، ކަންދަހާރް އަދި ކާބުލް ގަ އެވެ.

މިދިޔަ މަހު ހުކުރު ނަމާދު ވަގުތާ ދިމާކޮށް ކަންދަހާރްގެ ޝިއައީ މުސްލިމުންގެ މިސްކިތަކަށް ހަމަލާދީ 60 މީހުން މަރާލުމުގެ ފަހަތުގައި ވަނީ އައިއެސް އެވެ.

އޭގެ ކުރީ ހަފުތާ ބަންދުގައި ވެސް ހަމަ އެފަދަ ހަމަލާއެއް ކުންދޫޒްގައި ދިނުމަށް ފަހު 60 އަށް ވުރެ ގިނަ މީހުން މަރާލި އެވެ. ކޮންމެ ހުކުރު ދުވަހަކާ ދިމާކޮށް އައިއެސް އިން ހަމަލާދޭކަން ފާހަގަކުރެވެ އެވެ.

ފާއިތުވި ހަފުތާ ބަންދުގައި ކާބުލްގައި ދަތުރު ކުރަމުން ދިޔަ މިނީބަހެއް ގޮއްވާލި ހަމަލާގެ ޒިންމާ ވެސް އައިއެސް އިން ވަނީ އުފުލާފަ އެވެ. އެ ހަމަލާގައި ނޫސްވެރިއަކާއި އިތުރު ދެ މީހުން މަރުވި އެވެ.

މި މަހުގެ ކުރީކޮޅު އައިއެސް އިން ވަނީ ކާބުލްގެ މައި އަސްކަރީ ހޮސްޕިޓަލުގެ ތެރެއަށް ވަދެގަނެ، 19 މީހުން މަރާލާފަ އެވެ. އެ ފަހަރު ތާލިބާނުންގެ އިސް ކޮމާންޑަރަކު ވެސް މަރުވި އެވެ.

އޭގެ އިތުރުން ޖަލާލްއާބާދުގައި ދީފައިވާ ގިނަ ހަމަލާތަކެއްގެ ޒިންމާ ވެސް އައިއެސް އިން އުފުލާފައި ވެ އެވެ. އިރުމަތީ ނަންގަހާރް ޕްރޮވިންސްގެ ވެރިރަށަކީ އައިއެސްގެ ޓެރަރިސްޓުން ވަރަށް ގިނަ ހިސާބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox