އިންޑިއާގައި ހަމަލާ ބަދަލުކޮށް މާއޮއިސްޓް ހަނގުރާމަވެރިންތަކެއް މަރުވެއްޖެ

އިންޑިއާގެ މާއޮއިސްޓް ހަނގުރާމަވެރިންތަކެއް.

އިންޑިއާގެ މާއޮއިސްޓް ހަނގުރާމަވެރިންތަކެއް.

އިންޑިއާގެ ޖަންގައްޔެއްގެ ތެރޭގައި ސިފައިންނާއި މާއޮއިސްޓުންނާ ދެމެދު ހަމަލާ ބަދަލުކޮށް ހިނގި ކުރިމަތިލުމެއްގައި ހަނގުރާމަވެރިންގެ 26 މީހަކު މަރުވެއްޖެ އެވެ.

ތިން ގަޑިއިރު ވަންދެން ކުރިއަށް ދިޔަ ހަމަލާ ބަދަލުކުރުމުގައި ސިފައިންގެ ތިން ކޮމާންޑޯއިންނަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. ހަމަލާތައް ބަދަލު ކުރީ މުމްބާއީއާ 1000 ކިލޯމީޓަރު އިރުން ގަޑްޗިރޮލި ޑިސްޓްރިކްޓުގެ ޖަންގަލީގަ އެވެ. އަނިޔާވި ސިފައިންނަށް ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި ގެންދިޔައީ ނަގްޕޫރް ސިޓީއަށެވެ.

އިންޑިއާގެ މެދުތެރެ އާއި އިރުމަތީގައި މާއޮއިސްޓުން އުޅެ އެވެ. އޭގެ ތެރެއިން ގަޑްޗިރޮލި އަކީ ގިނަ އަދަދެއްގެ މާއޮއިސްޓް ހަނގުރާމަވެރިން ފިލައިގެން އުޅޭ ހިސާބެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަމަލާ ބަދަލު ކުރަން ހާއްސަ ކޮމާންޑޯ ޔުނިޓަކުން މާޑިންޓޮލަ ޖަންގަލި ތެރެއަށް ވަދެ ހަނގުރާމަވެރިން އުޅޭ ހިސާބާ ހަމައަށް ފޯރުމުން ކަމަށެވެ.

Advertisement

މަދުވެގެން 26 "ނަކްސަލްސް" މަރުވެފައިވާ ކަމަށް ފުލުހުންނާ ހަވާލަދީ އޭއެފްޕީ އިން ބުންޏެވެ. މާއޮއިސްޓުންނަށް "ނަކްސަލްސް" ގެ ނަމުން މުހާތަބު ކުރަނީ 1967 ގައި ހުޅަނގު ބެންގޯލް ސްޓޭޓުގެ ނަކްސަލްބަރީ އަވަށުގައި އެ މީހުން ފެށި އިންގިލާބާ ގުޅުވައިގެންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ހަނގުރާމަވެރިންގެ އިސް ލީޑަރަކު ވެސް ހަމަލާތަކުގައި މަރުވެފައި ވެ އެވެ. ހަތިޔާރު ހިފައިގެން 1960 ގެ އަހަރުތަކުގައި މާއޮއިސްޓުން ފެށި އަސްކަރީ ކެމްޕެއިން މިއަދާ ހަމައަށް ވެސް ކުރިއަށް ދާއިރު، އެތައް ހާސް ބަޔަކު މަރުވެފައި ވެ އެވެ.

މާއޮއިސްޓުން އުޅޭ ހިސާބުތަކަށް "ރެޑް ކޮރިޑޯ"ގެ ނަން ދީފައި ވާއިރު، އެ ހިސާބުތަކަށް އެތައް ހާސް ސިފައިންނެއް އިންޑިއާ ސަރުކާރުން ފޮނުވާފައި ވެ އެވެ. ރެޑް ކޮރިޑޯ ފެތުރިފައި އޮންނަނީ އިންޑިއާގެ މެދުތެރެ އާއި ދެކުނު އަދި އިރުމަތީގެ ބައެއް ސްޓޭޓުތަކުގަ އެވެ.

މާއޮއިސްޓުން ބުނާ ގޮތުގައި އެ މީހުން މަސައްކަތް ކުރަނީ ޖަންގަލިތަކާއި ދުރު ހިސާބުތަކުގައިވާ މީސްކޮޅު މަދު އަވަށްތަކުގެ މީހުންގެ ހައްގުގަ އެވެ. އެ މީހުންނަކީ އިންޑިއާގެ ކޮމިއުނިސްޓް ޕާޓީ އަށް ނިސްބަތްވާ ހަނގުރާމަވެރި ގްރޫޕެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox