ސްރީލަންކާގައި މަގުމަތީގެ އެކްސިޑެންޓުތަކުން ޓެކްސް ނަގަނީ

ސްރީލަންކާގެ މަގެއްގައި ޓްރެފިކް ބޮޑުވެފައި.

ސްރީލަންކާގެ މަގެއްގައި ޓްރެފިކް ބޮޑުވެފައި.

ކޮލޮމްބޯ، ސްރީލަންކާ (ނޮވެމްބަރު 12) - ބޭރު ފައިސާގެ ދަތިކަމާ ހެދި ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާގައި ހިނގާ މަގުމަތީގެ އެކްސިޑެންޓުތަކުގެ ޓެކްސް ނަގަން ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓުތަކުން ޓެކްސް ނަގަން ހުށަހެޅީ ދައުލަތަށް އާމްދަނީ ހޯދާނެ އާ ގޮތްތަކުގެ ތެރެއިން 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ޑެފިސިޓް 8.8 ޕަސެންޓުގައި ހިފެހެއްޓުމަށް ކަމަށެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ ޖީޑީޕީއާ އަޅާ ބަލާއިރު 11.1 ޕަސެންޓެވެ.

"އެކަން ހުށަހަޅާފައި ވަނީ އެކްސިޑެންޓުތަކާ ދިމާވާ އުޅަނދުތަކުން ފީއެއް ނެގުމަށް. މި މަސައްކަތާ އެކު އެއްގަމު އުޅަނދުގެ ސަބަބުން ދިމާވާ އެކްސިޑެންޓުތަކުގެ އަދަދު މަދުވާނެ ކަމަށް ލަފާކުރެވޭ،" ޕާލިމެންޓުގައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ޓެކްސް ނަގާނެ ގޮތާ ގުޅޭ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ސްރީލަންކާގެ މަގުތައް ހިމެނެނީ ދުނިޔޭގެ އެންމެ ނުރައްކާތެރި މަގުތަކުގެ ތެރޭގަ އެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް މަގުމަތީގެ އެކްސިޑެންޓުތަކުގައި 3،000 އަށް ވުރެ ގިނަ މީހުން މަރުވެ، 25،000 މީހުންނަށް ސީރިއަސް އަނިޔާތައް ލިބެ އެވެ.

ޕާލިމެންޓުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ބޭރު ފައިސާގެ ރިޒާވް 2.3 ބިލިއަން ޑޮލަރަށް ވެއްޓި، ކާރިސާއެއް ދިމާވެފައިވާ ކަމަށެވެ. ބެސިލް ރާޖަޕަކްސަގެ ބޭބޭފުޅު، ގޮތަބަޔަ ރާޖަޕަކްސަ މީގެ ދެ އަހަރު ކުރިން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު ބޭރު ފައިސާގެ ރިޒާވްގައި 7.5 ބިލިއަން ޑޮލަރު ހުއްޓެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން އެބަ ޖެހޭ ތަކެތީގެ އަގު އުފުލިގެން މި އުޅެނީ ތަކެތި ލިބުން ދަތިވީމަކަން. އެއީ އިމްޕޯޓް ކުރުމަށް އަޅާފައި ހުރި ހުރަސްތަކާއި، އިމްޕޯޓް މުދަލަށް މާ ބޮޑަށް ބަރޯސާވުމާއި، ރުޕީޒްގެ އަގު ވެއްޓުމާއި، ތަކެތި އުފައްދާ ކުންފުނިތަކަށް ބޭނުންވާ އެހީ ނުދެވުމުން."

އަންނަ އަހަރު ވެސް މުދާ އިމްޕޯޓް ކުރުމަށް ހުރި ހުރަސްތައް އުވާލާނެ ކަމަށް ނުބެލެވެ އެވެ، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ލަންކާ އަށް އުއްގަމު އުޅަނދާއި، އޭގެ ސްޕެއާ، ޓައިލްސް އަދި ލަގްޒަރީ މުދަލާއި ބައެއް ކާބޯތަކެތި އެތެރެކުރުން ވެސް މަނާކުރި އެވެ.

ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ސިނގިރޭޓާއި ބަނގުރަލުން ނަގާ ޓެކްސް އިތުރު ކުރުން، 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު ފައިދާއެއްވާ ކުންފުނިތަކުން އަހަރަކު އެއް ފަހަރު ދައްކަން ޖެހޭ ޓެކްސް، އަދި މާލީ ހިދުމަތްތަކުން ނަގާ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ) 15 ޕަސެންޓުން 18 ޕަސެންޓަށް އުފުލުން ހިމެނެ އެވެ.

އޭގެ އިތުރުން ސިވިލް ސާވަންޓުން ރިޓަޔާވާ އުމުރަކީ 60 އަހަރުގެ ބަދަލުގައި 65 އަހަރަށް ހަދަން ހުށަހެޅި އެވެ. އެ ނިންމުމާ އެކު ރިޓަޔާ ވާން ތައްޔާރަށް ތިބި އެތައް ހާސް ބަޔަކަށް ދޭން ޖެހޭ ޕެންޝަން ފައިސާ ދިނުން ލަސްކޮށް، ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުގެ ހަރަދު ކުޑަކޮށްލެވޭނެ އެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި 8.14 ބިލިއަން ޑޮލަރުގެ ބަޖެޓު ޑެފިސިޓް ފޫބައްދަން ރާވާފައި ވަނީ ފައިސާ ދަރަންޏަށް ނަގައިގެންނެވެ. އޭގެ ތެރޭގައި ބޭރުގެ ފަރާތްތަކުގެ އަތުން ހޯދާ 5.08 ބިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

ލަންކާގެ މަރުކަޒީ ބޭންކުން ބުނެފައި ވަނީ މިއީ 1978 ވަނަ އަހަރަށް ފަހު އެގައުމަށް ދިމާވެގެން އުޅޭ އެންމެ ބޮޑު ބޭރު ފައިސާގެ ކާރިސާ ކަމަށެވެ. މިދިޔަ މަހު ރޭޓިން އެޖެންސީ މޫޑީޒް އިން ވަނީ ލަންކާގެ ބޭރު ފައިސާގެ ދަރަނީގެ ރޭޓިން ވެސް ދަށްކޮށްފަ އެވެ.

މޫޑީޒް އިން ބުނީ އެގޮތަށް ރޭޓު ކުރީ ދަރަނި ދައްކަން ޖެހޭ ސުންގަޑި ކައިރިވަމުން ދާއިރު، ދަރަނިތައް އަދާކުރާނެ ފައިސާ ނެތުމުން ކަމަށެވެ. ކޮވިޑް ބަލިމަޑުކަމާ ހެދި މިދިޔަ އަހަރު ލަންކާގެ އިގްތިސާދު 3.6 ޕަސެންޓުން ކުޑަވި އެވެ. ނަމަވެސް މި އަހަރު 4-5 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް މަރުކަޒީ ބޭންކުން ލަފާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox