އަފްގާނިސްތާނުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ

އަފްގާން އަންހެނަކު ތުއްތު ދަރިފުޅާއެކު. އ

އަފްގާން އަންހެނަކު ތުއްތު ދަރިފުޅާއެކު. އ

އަފްގާނިސްތާނުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި އެތައް ހާސް ބަޔަކު ބަލިވެ، 100 އަށް ވިރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ހުކުރު ދުވަހު އދ. އިން ބުނީ އަވަސް ފިޔަވަޅު ނާޅައިފި ނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އދ. ގެ ސިއްހަތާ ބެހޭ އެޖެންސީން ބުނީ މި ހާލަތާ މެދު އިތުރަށް ކަންބޮޑުވަނީ އަފްގާނިސްތާނަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަމާ ހެދި ކަމަށެވެ.

"ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބި، ހިކި، އަނަރޫފަވެފައިވާ ކުދިންނަށް ހިމަބިއްސަކީ މަރުގެ ހުކުމެއް،" ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް ކާބުލްގައި ހުންނަވައި ވީޑިއޯ ލިންކް މެދުވެރިކޮށް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ހެރިސް ވިދާޅުވީ ބަލި ފެތުރެމުންދާ ގޮތް ބަލަން ޖެހޭ ކަމަށާއި ޓެސްޓު ކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ. ބައްޔަށް މޮނީޓާ ނުކުރި ނަމަވެސް ހަލުވިކަމާއެކު ބަލި ފެތުރެމުންދާކަމުގެ ނިޝާންތައް ވަރަށް ބޮޑަށް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރު ފެންނަ ކޭސްތައް އިތުރުވެއްޖެ. ކޮންމެ ދުވަހަކު ވެސް އަދަދުތައް ދަނީ މަތިވަމުން،" އޭނާ ވިދާޅުވި އެވެ.

ހަލުވިކަމާއެކު ފެތުރޭ ހިމަބިހި ނުވަތަ މީޒްލްސްގެ 24،000 ކޭސް މި އަހަރު އަފްގާނިސްތާނުން ފެނިފައިވެ އެވެ. ޑަބްލިއުއެޗްއޯގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ތެރެއިން 87 މީހަކު މަރުވި އެވެ. ނަމަވެސް އަސްލު އަދަދު އެއަށްވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.

އދ. އިން ތަކުރާރުކޮށް ވަނީ އަފްގާނިސްތާނަށް ދިމާވެފައިވާ ކާރިސާއާ ގުޅޭ އިންޒާރުތައް ދީފަ އެވެ. ކުރިއަށް އޮތް ފިނި މޫސުން ގާތްވަމުން ދާއިރު އެތައް މިލިއަން ބަޔަކު އުޅެން ޖެހޭނީ ބަނޑުހައި ހޫނުކަމުގަ އެވެ. އޭގެ ސަބަބުން ހިޖުރަ ކުރަން މަސައްކަތް ކުރާ ރެފިއުޖީންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ހެރިސް ވިދާޅުވީ އަފްގާނިސްތާނުގައި އުމުރުން ފަސް އަހަރުން ދަށުގެ ތިން މިލިއަން ކުދިންނަށް މި އަހަރު މެލްނިއުޓްރިޝަންގެ މައްސަލަ ދިމާވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ތެރެއިން މިލިއަނަކަށް ވުރެ ގިނަ ކުދިން މަރުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox