ޕާކިސްތާނާއި އިންޑިއާ އަދި ބަންގްލަދޭޝްގައި ޑެންގީ ފެތުރެނީ

ޑެންގީ ފަތުރާ އީޑީޒް މަދިރި.

ޑެންގީ ފަތުރާ އީޑީޒް މަދިރި.

އިންޑިއާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝްގެ އެތައް ހާސް ބަޔަކަށް މި އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި އެވެ. މިއީ ފަހުގެ ތާރީހެއްގައި އެހާ ބޮޑަށް މި ބަލީގެ އަސަރު ކުރި ފުރަތަމަ ފަހަރެވެ. ކޮވިޑާ ހެދި ސިއްހީ ނިޒާމުތަކަށް ލޮޅުން އަރާފައި ވާއިރު ޑެންގީ ހުން ފެތުރި އެ ނިޒާމަށް އިތުރު ބުރަޔަކަށް ވަނީ ވެފަ އެވެ.

އިންޑިއާގައި މި އަހަރުގެ މިހާތަނަށް މަދުވެގެން 116،991 މީހުންނަށް ޑެންގީ ޖެހިފައި ވެ އެވެ. އެ ގައުމުގެ 15 ސްޓޭޓަކާއި އެހެން ބައެއް ސަރަހައްދުތަކުން ވެސް ކޭސްތައް ފެނުނެވެ. ޕާކިސްތާނުގައި ވެސް އިންޑިއާ ބޯޑަރު ކައިރީގައި އޮންނަ ދެ ޕްރޮވިންސް، ޕަންޖާބް އަދި ސިންދް އިން ކޭސްތައް ފެނިފައި ވެ އެވެ.

ޕަންޖާބުގައި މިހާތަނަށް 19،021 ކޭސް ފެނިފައި ވާއިރު 75 މީހުން މަރުވި އެވެ. ސިންސް ސްޓޭޓުން ފެނިފައި ވަނީ 4،273 ކޭސް އެވެ. މުޅި ޕާކިސްތާނުގެ ޖުމްލަ އަދަދު ސާފު ނުވި ނަމަވެސް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓުން ބުނީ ވެރިރަށް އިސްލާމްއާބާދުގައި ކޭސްތައް އިތުރުވުމުގެ ޓްރެންޑެއް ފާހަގަވަމުންދާ ކަމަށެވެ.

Advertisement

ބަންގްލަދޭޝްގައި މި އަހަރުގެ މިހާތަނަށް 25،000 މީހުންނަށް ޑެންގީ ޖެހިގެން އެޑްމިޓުކޮށްފައި ވާއިރު 95 މީހުން މަރުވި އެވެ. ނޮވެމްބަރު ނުވަ ވަނަ ދުވަހު 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 151 މީހުންނަށް މި ބަލި ޖެހިގެން އެޑްމިޓު ކުރަން ޖެހުނެވެ.

ޑެންގީ އަކީ މަދިރީގެ ޒަރިއްޔާ އިން ހަށިގަނޑަށް ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. މި ބަލި އާއްމުކޮށް ފެތުރެނީ ހޫނު ތަންތަނުގައި ވަކިން ހާއްސަކޮށް ފެން ހަރުލާ ގޮތަށް ހުންނަ ނަމަ މަދިރި އާލާވެގެންނެވެ. ޑެންގީ ފަތުރާ މަދިރި އާއްމުކޮށް އުޅެނީ 2000 މީޓަރަށް ވުރެ ތިރި ހިސާބުތަކުގަ އެވެ. އަދި މަދިރި އާލާވުމަށް 16 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ފިނިހޫނުމިން ހުންނަން ޖެހެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާކުރާ ގޮތުގައި ދުނިޔޭގެ އާބާދީގެ ހަތަރު ބިލިއަން މީހުންގެ ތެރެއިން ދެބައިކޮށްފައި އެއް ބަޔަށް ވުރެ ގިނަ މީހުން އުޅެނީ ޑެންގީގެ ނުރައްކާ އޮތް ހިސާބުތަކުގަ އެވެ. ކޮންމެ އަހަރަކު ވެސް 100-400 މިލިއަން މީހުންނަށް މި ބަލި ޖެހި، 40،000 މީހުން މަރުވެ އެވެ.

ޑެންގީ ފެތުރެނީ ކިހިނެއް؟

ޑެންގީ އަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެއާ ހިލާފަށް މި ބަލި ފެތުރެނީ ޑެންގީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރި އިންސާނުންގެ ގައިގައި ހެފުމުންނެވެ. އިންސާނުންގެ ގައިން މަދިރި އަށް ވެސް މި ބަލި އަރަ އެވެ. އިންފެކްޓުވެފައިވާ މަދިރީގެ މުޅި އުމުރަށް ވެސް އިންސާނުންގެ މެދުގައި ބަލި ފަތުރަމުން ދާނެ އެވެ. މަދިރިއެއްގެ އުމުރުގެ ދިގު މިނަކީ 3-4 ހަފުތާ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ފަހަކަށް އައިސް ޑެންގީ ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އިންފެކްޝަންގެ އަސަރު އިންސާނަކަށް ކުރުމުން އަލާމާތްތައް ފެންނަނީ 4-5 ދުވަސް ފަހުންނެވެ. އެ އަލާމާތްތައް ހަފުތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ފެނުން އެކަށީގެންވެ އެވެ.

ޑެންގީ ޖެހޭ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކު ބަލިވެ އެވެ. އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، މޭނުބައި ކުރުން، ހުން އައުން، ބަނޑުގައި ރިއްސުން، ނޭވާލާން އުނދަގޫވުން އަދި ސީރިއަސް ހާލަތްތަކުގައި ހަށިގަނޑުގެ އެތެރެއިން ލޭ އައުން ހިމެނެ އެވެ. ޑެންގީ ޖެހުމުން ބަލިވާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އެވެ.

ޑެންގީ އިން ސަލާމަތް ވާން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ މަދިރި ހެފުން ކޮންޓްރޯލް ކުރުމެވެ. އެގޮތުން މަދިރިގެ ބޭނުން ކުރުމާއި، މަދިރި ދުރުކުރާ ސްޕްރޭ، ލޯޝަން ނުވަތަ އެހެން އެއްޗެއް ބޭނުން ކުރުމެވެ. ޑެންގީ އަށް ވަކި ހާއްސަ ފަރުވާއެއް ނޯވެ އެވެ. ބަލި ޖެހިއްޖެ ނަމަ ޑޮކްޓަރުން ލަފާދެނީ ގިނައިން ދިޔާ ތަކެތި ބުއިމަށާއި، އަރާމު ކުރުމަށާއި، ހުން އަންނަ ނަމަ ބޭސް ކެއުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox