ނައިޓް މާކެޓުގެ އުސޫލެއް ހަދައި ބާއްވަން ފުރުސަތު ހުޅުވާލައިފި

ނައިޓް މާކެޓުގެ އުސޫލެއް ހަދައި ބާއްވަން ފުރުސަތު ހުޅުވާލައިފި

މާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އިއްޔެ ގެޒެޓްކޮށްފައިވާ ސިޓީ ކައުންސިލްގެ އިއުލާނުގައި ވަނީ ފެއާ ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުސޫލެއް ހިމަނައިފަ އެވެ.

ގެޒެޓް ކުރާ ދުވަހުން ފެށިގެން އަމަލު ކުރުމަށް ލާޒިމްކޮށްފައިވާ މި އުސޫލުގައިވާ ގޮތުން ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމަށް ހުއްދަދެވޭނީ ސަރުކާރު ބަންދު ދުވަސްތަކުގަ އެވެ. އެ ނޫން ދުވަހެއްގައި ބާއްވާނަމަ ވެސް ބޭއްވޭނީ ސިޓީ ކައުންސިލުން ކަނޑައަޅާ ދުވަހެއްގަ އެވެ.

އެފަދަ ކަމެއް ބާއްވާއިރު ކަރަންޓް، ސެކިއުރިޓީ އަދި އެނޫންވެސް ހިދުމަތްތައް ހަމަޖެހި، އިންތިޒާމްތައް ފުރިހަމަވާން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި އެނައުންސްމެންޓްގެ ހިދުމަތާއި، އުޅަނދު ފަހަރާއި ފައިމަގުގެ ޓްރެފިކް މެނޭޖްކުރުމުގެ އިތުރުން މުދާ ގެނެއުމުގެ އިންތިޒާމްތަކާއި، ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކުނި އުކާލުމުގެ އިންތިޒާމް ފުރިހަމަވާނެ ޖެހޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މިފަދަ ކަމެއް ބާއްވަން ހުއްދަ ދޫކުރަނީ އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކުގެ އިތުރުން ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށެވެ.

އިންތިޒާމް ކުރާ ފަރާތުން ޕްރޮސެސިންގް ފީއެއްގެ ގޮތުގައި 20 ހާސް ރުފިޔާ ސިޓީ ކައުންސިލަށް ދައްކަން ޖެހޭއިރު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50 ހާސް ސިޓީ ކައުންސިލްއަށް ދައްކަން ޖެހެ އެވެ. އަދި މުދާ ވިއްކަން ބަހައްޓާ ކޮންމެ މޭޒަކުން ފަސް އިންސައްތަ ސިޓީ ކައުންސިލަށް ނަގާނެ އެވެ.

އިންތިޒާމް ކުރާ ފަރާތުގެ ޝަރުތުތައް

ވިޔަފާރިވެރިއެއް ނަމަ، އެ ވިޔަފާރީއަކީ 100 އިންސައްތަ ދިވެހިން ހިންގާ ވިޔަފާރީއަކަށް ވުން.

  • އެ ވިޔަފާރީއެއް މީރާގައި ރަޖިސްޓްރީކޮށްފައި އޮތުން.
  • އަމިއްލަ ފަރުދެއް ނަމަ މިފަދަ ތަޖުރިބާ އާއި ގާބިލްކަން ކުރިކަން ރަމްޒުކޮށްދޭ ލިޔުންތައް ހުށަހެޅުން.

އުސޫލުގައިވާ ގޮތުން އެއްވެސް މޭޒެއްގައި ކޭޝިއަރަކަށް ބިދޭސީއަކު ހުރުމަކީ މަނާ ކަމެކެވެ.

ނައިޓް މާކެޓް ބޭއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ހުއްދައަށް އެދެން ޖެހޭ ފޯމް މާލެ ސިޓީ ކައުންސިލުން މިހާރު ލިބެން ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox