މުމްބާއީ ފުލުހުންގެ ކުރީގެ ވެރިޔާ "ގެއްލިގެން" ހޯދަނީ!

ޕަރަމްބީރް ސިންގް. މިދިޔަ މޭ މަހުން ފެށިގެން އޭނާ ފެނިފައެއް ނުވޭ. -- ފޮޓޯ: އަޝިޝް ރާޖޭ

ޕަރަމްބީރް ސިންގް. މިދިޔަ މޭ މަހުން ފެށިގެން އޭނާ ފެނިފައެއް ނުވޭ. -- ފޮޓޯ: އަޝިޝް ރާޖޭ

އިންޑިއާގެ މެގަ ސިޓީ މުމްބާއީ ފުލުހުންގެ ކުރީގެ ވެރިޔާ ވީނުވީ ތަނެއް ނޭނގިގެން ހޯދަމުންދާކަން ކަމާ ބެހޭ ފަރާތްތަކުން އިއުލާނު ކުރީ އޮކްޓޯބަރު އެއް ވަނަ ދުވަހު އެވެ.

ސާޅީސް ފަސް ހާހަށް ވުރެ ގިނަ ފުލުހުން ހިމެނޭ މުމްބާއީގެ ޕޮލިސް ޗީފްގެ މަގާމަށް އުމުރުން 59 އަހަރުގެ ޕަރަމްބީރް ސިންގް އައްޔަނުކުރީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ނަމަވެސް މިދިޔަ މޭ މަހުން ފެށިގެން ސިންގްގެ ހަބަރެއް ނުވެ އެވެ. މުމްބާއީގައި ހުންނަ އޭނާގެ އެޕާޓްމަންޓާއި އޮފީސް އަދި ޗަންދިގަރް ސިޓީގައި ހުންނަ އާއިލީ ގޭގައި ވެސް އޭނާއެއް ނެތެވެ.

Advertisement

ސިންގް ހޯދަން ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށާފައި ވާއިރު، މުމްބާއީ އެޕާޓްމަންޓުގައި ދިރިއުޅޭ އަނބިމީހާ އާއި އަންހެން ދަރިފުޅު، ގައުމުން ބޭރުގައި ދިރިއުޅޭ ފިރިހެން ދަރިފުޅު އަދި އޭނާގެ ގާނޫނީ ވަކީލުން ވެސް އޭނާ ވީ ތަނަކާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

ސިންގްއާ ގުޅިފައިވާ މި މައްސަލަ ފެށުނީ މިދިޔަ ފެބްރުއަރީ މަހު އޭޝިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ގޭގެ ބޭރުގައި ގޮވާތަކެތި ހަރުކޮށްފައި އޮތް ކާރެއް ޕާކުކޮށްފައި އޮއްވާ ފެނުނު ހިސާބުންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ކާރުގެ ވެރިޔާގެ ހަށިގަނޑު ފެނުނީ މޫދު ކައިރިންނެވެ. ފުލުހުން ފަހުން ބުނެފައި ވަނީ އޭނާ މަރާލުމަށް ފަހު ހަށިގަނޑު މޫދަށް އެއްލާލި ކަމަށެވެ.

އެ މީހާއާ ގުޅުން ހުރި ފުލުހަކު ފަހުން ހައްޔަރު ކުރި އެވެ. އެއީ އެލީޓް ކްރައިމް ބްރާންޗުގެ އެސިސްޓަންޓް އިންސްޕެކްޓަރު ސަޗިން ވާޒް އެވެ. ގޮވާތަކެތި ހުރި ކާރާއި ކާރުގެ ވެރިޔާގެ މަރާ އޭނާއާ ގުޅުމެއް އޮތް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ވާޒް ވަނީ އެކަން ދޮގުކޮށްފަ އެވެ.

އޭގެ ފަހުން މިދިޔަ މާޗް މަހު މުމްބާއީ ފުލުހުންގެ ވެރިޔާގެ މަގާމުން ސިންގް ދުރުކޮށް، މަހަރާޝްތްރަ ސްޓޭޓުގެ ހޯމް ގާޑުގެ ވެރިޔާ ކަމަށް ހަމަޖެއްސި އެވެ. އިންޑިއާ ނޫސްތަކުން ސިފަކުރީ އެއީ "ޑީމޯޝަނެއް"ގެ ގޮތުގަ އެވެ.

އެ ސްޓޭޓުގެ އޭރުގެ އިންޓީރިއާ މިނިސްޓަރު އަނިލް ދޭޝްމުކް ވިދާޅުވީ މުމްބާއީ ފުލުހުންގެ ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށާއި ސިންގް ޓްރާންސްފާ ކުރަން ނިންމީ އެ މައްސަލަތަކުގެ ސީރިއަސް ކަމަށް ބަލާފައި ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މާޗް މަހުގެ ތެރޭގައި އާ ވަޒީފާގެ ޒިންމާއާ ހަވާލުވުމަށް ފަހު ސިންގް ވަނީ ދޭޝްމުކް އަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ. އެގޮތުން މިހާރު ހައްޔަރުކޮށްފައި ހުރި ވާޒް މެދުވެރިކޮށް މުމްބާއީގެ ބާތަކާއި ހޮޓާތަކުގެ ވެރިންގެ އަތުން ރިޝްވަތުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ނަގާ ކަމަށް އެ ސިޓީގައި ބުންޏެވެ.

ދޭޝްމުކް އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް، އޭޕްރިލް މަހުގެ ކުރީކޮޅު އޭނާ އަށް އިސްތިއުފާ ދޭން މަޖުބޫރުވި އެވެ. އޭނާއާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގު ފަށައި، ފަސް ފަހަރެއްގެ މަތިން ސުވާލުކޮށްފައި ވެ އެވެ. މި މަހުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައި ވާއިރު، ސިންގްއާ ގުޅޭ ގޮތުން އޭނާ ބުނީ ތުހުމަތު ކުރި މީހާ ފިލައިގެން ގައުމުން ބޭރުގައި އުޅެމުންދާ ކަމަށެވެ.

ސިންގް ޗުއްޓީ ނެގީ މިދިޔަ މޭ މަހު އެވެ. އޭގެ ފަހުން ދެ ފަހަރު ޗުއްޓީ ދިގުދަންމާލި އެވެ. އެއަށްފަހު ގެއްލުނީ އެވެ. އޭނާ ވީ ތަނަކާ ގުޅޭ ގޮތުން އާއިލާ އާއި ވަކީލުން ވެސް އެއްޗެއް ބުނަން ބޭނުމެއް ނުވެ އެވެ. ނޫސްތަކުން ހަބަރު ފަތުރާ ގޮތުގައި އޭނާ "ފިލައިގެން އުޅެނީ" ރަޝިއާ ނުވަތަ ބެލްޖިއަމްގަ އެވެ.

އާ އިންޓީރިއާ މިނިސްޓަރު ދިލިޕް ވަލްސޭ ޕަޓީލް ވިދާޅުވީ "ފުލުހެއްގެ މަގާމުގައި ހުރެ ރަސްމީ ހުއްދަ ނެތި ގައުމުން ފުރައިގެން ނުދެވޭނެ" ކަމަށެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސިންގްއާ ގުޅޭ މައްސަލަތައް ބަލަން ހާއްސަ ޕެނެލްއެއް އުފައްދާފައި ވާއިރު، ހަތަރު ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ހޮޓާތަކުން ނާޖައިޒު ގޮތުގައި ފައިސާ ހޯދި ކަމާ ގުޅުން ހުރި މައްސަލަތަކުގަ އެވެ.

ސުވާލުކުރަން ޗިޓު ފޮނުވުމުން ހާޒިރު ނުވާން ސިންގް ނިންމި އެވެ. އޭގެ ބަދަލުގައި ވަކީލުން މެދުވެރިކޮށް ބުނީ މައްސަލަ ނުބެލޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ޕެޓިޝަނެއް ވަނީ ކޯޓަށް ލާފަ އެވެ. ވަކީލުން ބުނީ ޕެނެލްއާ މުއާސަލާތު ކުރަމުން ދިޔުމަކީ އޭނާ ގާނޫނަށް ފިލައިގެން ނޫޅޭ ކަމުގެ ހެކި ކަމަށެވެ.

ސޯޝިއޮލޮޖީ އިން މާސްޓާޒް ހަދައިގެން ހުރި ސިންގް އަކީ މަގްބޫލު ފުލުހެކެވެ. ސާޅީސް އަހަރުވީ ކެރިއަރުގައި އޭނާ ވަނީ މާއޮއިސްޓު ހަނގުރާމަވެރިންނާޢި ގޭންގުތަކާ ދެކޮޅަށް މަސައްކަތްކޮށްފަ އެވެ.

މިދިޔަ އޯގަސްޓު މަހު އިންޑިއާ ނޫސްވެރިއަކަށް ފޯނު މެދުވެރިކޮށް އޭނާ ބުނީ ނިންމައިގެން ހުރީ އަންނަ އަހަރު ރިޓަޔާ ކުރަން ކަމަށެވެ. އަދި އޭނާ މި ހުރީ ގައުމުން ބޭރުގައި ނޫން ކަމަށާއި، މި އުޅެނީ އިންޑިއާގައި ކަމަށް ވެސް ބުންޏެވެ. ނަމަވެސް ފިލައިގެން އުޅޭ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox