ޕީޖީ އޮފީހުން ދެކެނީ އަންމަޓީ ބަންދުން ދޫކޮށްލުމުގައި ގާނޫނީ ބޮޑެތި ގޯސްތަކެއް ހުރި ކަމަށް

ޕީޖީއިން ވިދާޅުވަނީ އަންމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލީ ގާނޫނާއި ހިލާފަށް ކަމަށް --

ޕީޖީއިން ވިދާޅުވަނީ އަންމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލީ ގާނޫނާއި ހިލާފަށް ކަމަށް --

ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ހިޔާނާތްތެރިވިކަމުގެ އެތައް ދައުވާ އުފުލާފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނެފި އެވެ.

އެއްބަނޑު އެއްބަފާ ދައްތަ އާއި ކޮއްކޮ ޖާމިނު ކުރުމަށްފަހު ކަފާލާތުގެ ދަށުން އަހުމަދު މޫސާ ދޫކޮށްލަން އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވުމާއި ގުޅިގެން، އެހުކުމް ޕީޖީއިން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެހެންނަމަވެސް އަދި އެ މައްސަލަ ރަޖިސްޓްރީކޮށްދީފައެއްނުވެ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރި ސަބަބާއި، އިސްތިއުނާފް ކުރި ބައެއް ނުގުތާތައް ޕީޖީގެ އޮފިޝަލަކު "އަދަދު" އަށް ކިޔާދީފައިވެ އެވެ. އެގޮތުން ދައުލަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތައް މީހެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއް ބަންދަށް ލުޔެއް ދީފިނަމަ، އޭނާ ފިލައިގެން ދާނެ ކަމުގެ އިހްތިމާލް އޮތް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފައި ވަނިކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހާލަތު ބަދަލުވެފައިވާ ކަމަށް ނިންމާ ދަށުކޯޓުން އޭނާ ގޭބަންދަށް ދޫކުރުން ކަމަށް އޭނާ ބުންޏެވެ. އަދި ކަފާލާތުގެ ދަށުން އަހުމަދު މޫސާ ދޫކުރަން ނިންމި ނިންމުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރި ކަމަށް ވެސް ޕީޖީ އޮފީހުން ދެކެ އެވެ.

ކަފާލާތުގެ ދަށުން މިނިވަންކުރުމުގައި ހަރުދަނާ އަސާސެއް ދެއްކިފައިނުވޭ

މި ނުކުތާ އިސްތިއުނާފް ކުރަމުން ޕިޖީއިން ބުނެފައި ވަނީ އަހުމަދު މޫސާ މިނިވަންކުރަން ގާޒީ ހަސަން ސައީދު ނިންމެވީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި ހިލާފަށް ކަމަށެވެ.

titledesc

މި މާއްދާއަށް ރިޔާއަތް ކުރަމުން ޕީޖީއިން ބުނީ މި މައްސަލައިގެ ކުށުގެ ކުޑަބޮޑުމިނާއި ކުށް ކޮށްފައިވާ ގޮތާއި މީހުންނަށް ގެއްލުން ލިބިފައިވާ މިންވަރު މީގެ ކުރިން ހައިކޯޓުން ވަޒަންކޮށްފައިވާ ކަމަށެވެ. އަދި ދަށުކޯޓުގެ ހުކުމް އިސްތިއުނާފް ކުރީ، އަންމަޓީއަކީ ފިލާފާނެ ކަމުގެ އިހްތިމާލް އޮތް މީހެއް ކަމަށް މީގެ ކުރިން ހައިކޯޓުން ކަނޑައަޅާފައި ވާތީ އެވެ.

މި ނުކުތާއަށް ބާރު ދިނުމުގެ ގޮތުން ސުޕްރިމް ކޯޓުގެ ގަޒިއްޔާއެއް ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

titledesc

ރޭޝިއޯ ޑެސިޑެންޑައި މައްސަލައިގެ ހުކުމާއި ހަމައަށް ވާސިލްވުމުގެ މައި ނުގުތާ ނުވަތަ މައްސަލަ ބިނާ ކުރާ މައި އަސާސް އެވެ. އޮބިޓާ ޑިކްޓާ އަކީ މައްސަލައެއްގެ ތެރެއިން ފަނޑިޔާރަކު ފާހަގަކުރައްވާފައިވާ ނުކުތާކެވެ.

މީގެ ހަތަރު މަސް ކުރިން އަންމަޓީ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން ކުރި އަމުރަށް ހަވާލާދެމުން ޕީޖީ އޮފީހުން ބުނީ އެ ގަޒިއްޔާގެ ރޭޝިއޯ ޑެސިޑެންޑައިއަކީ، އަންމަޓީ ފިލަފާނެކަމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުމުންނާއި އެކަމަށް ބާރުދޭ ހެކި ހުރުމުން، އޭނާ ފިލާފާނެކަމަށް ބެލެވޭތީ، ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުން ކަމަށެވެ.

އޮބިޓާ ޑިކްޓާ، ތުހުމަތުކުރެވޭ މީހާ ފިލާގެން ދިއުމުގެ އިޙްތިމާލު ނައްތާލެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްފަހު ބަންދަށްލުއި ގޮތެއް ހެދުމުގައި ހުރަހެއް ނެތް ކަމަށް ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވިދާޅުވެފައިވާކަން ޕީޖީއިން ފާހަގަކުރި އެވެ.

އަދި އިސްފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި އަންމަޓީ ފިލުމުގެ އިހްތިމާލް ބޮޑު ކަމަށް ވިދާޅުވެ، ބަންދު ލުއިކުރުމާމެދު އެއްވެސް ނުކުތާއެއް ފާހަގަކޮށްފައިނުވާ ކަމަށް ޕީޖީއިން ބުނެ އެވެ.

މިކަންކަން ފާހަގަކޮށް، ސުޕްރިމް ކޯޓުގެ ގަޒިއްޔާއަށް ހަވާލާދެމުން ޕިޖީ އޮފީހުން ބުނީ އޮބިޓާގައި ފަނޑިޔާރު ބަޔާންކުރާ ކަމަކީ އަމަލުކުރުން ލާޒިމު ކަމެއް ނޫން ކަމަށާއި އެކަމަށް ރިޔާއަތްކޮށް، ދަށު ކޯޓަށް އަހުމަދު މޫސާ ބަންދަށް ދޫކޮށްނުލެވޭނެ ކަމަށެވެ.

ޖާމިނުވާ ދެމީހުންގެ ޝަރުތު ފުރިހަމަވާކަން އަނގަބަހުން ބެލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން

ޕީޖީއިން ދެވަނައަށް ފާހަގަކުރި ނުގުތާގައި ވަނީ އަންމަޓީ ފިލައިފި ނަމަ ޒިންމާވާ ގޮތަށް ޖާމިނު ކުރި އޭނާގެ އެއްބަނޑު އެއްބަފާ ދައްތައާއި ކޮއްކޮގެ ޝަރުތުތައް ގާނޫނީ އިމުގެ ތެރެއިން ކަށަވަރުކޮށްފައި ނުވާ ކަމަށެވެ.

މިމައްސަލައިގައި ފަނޑިޔާރު އަމަލު ކުރެއްވި ގޮތަކީ، ޖާމިނުވާ ދެ މީހުން އެއްވަގުތެއްގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، އެމީހުންނާ ސުވާލުކޮށް، ޝަރުތުތައް ފުރިހަމަ ވާކަން ނުވަތަ ނޫންކަން އެއްސެވުމެވެ.

މިކަން މިގޮތަށް ނުކުރެވޭނެ ކަމަށް ބުނެ، ޕީޖީއިން ދެކެ އެވެ. އެއީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ޖާމިނުވާ މީހާގެ ކިބައިގައި ޝަރުތުތައް ފުރިހަމަވޭތޯ ވަލަން އަންގާފައިވާތީ ކަމަށް ޕީޖީއިން ބުންޏެވެ.

އަދި ވަސީލަތްތައް ނެތްނަމަ، ޖާމިނުވާމީހުންގެ ބަސް ލިޔުމުން ހޯދަން ޖެހޭނެ ކަމަށް ޕީޖީއިން ގަބޫލުކުރެ އެވެ.

ޕީޖީއިން ބުނީ ގާނޫނީ ގޮތުން މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލާއިރު، ޖާމިނުވާ ފަރާތްތަކުގެ ޝަރުތުތަށް ކަށަވަރުކުރަން ވަކި ތަރުތީބެއް އޮތް ނަމަވެސް، ދަށު ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު އެކަންކަމަށް ބައްލަވާފައި ނުވާ ކަމަށެވެ.

"ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި އޮތް ވާހަކަތައް ކިޔުއްވައި، އެއާ އެއްގޮތަށް އަމަލު ކުރެއްވުމަކީވެސް ފަނޑިޔާރުގެ މައްޗަށް ލާޒިމުކަމެއް. މައްސަލައިގެ ތަރުތީބު ދެނިގަނެ އެގޮތަށް އަމަލު ކުރުމަކީވެސް ފަނޑިޔާރުގެ މައްޗަށް ލާޒިމް ކަމެއް،" ޕީޖީއިން ބުނިއެވެ.

titledesc

އަންމަޓީ ދޫކޮށްލަން ގާޒީ ހަސަން ސައީދު ނިންމެވީ ކީއްވެ؟

މިދިޔަ މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖާގެ އަޑުއެހުމުގައި އަހުމަދު މޫސާ ދޫކޮށްލަން ގާޒީ ހަސަން ސައީދު ކޮށްފައިވާ ހުކުމުގައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތަށް ބަދަލު އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކަފާލާތުގެ ދަށުން ދެ މީހަކު ޖާމިނިކޮށް ޝަރުތުތަކަކާއި އެކު އޭނާ ދޫކޮށްލަން ނިންމީ އެ މައްސަލައިގެ އަޑުއެހުން ދިގުދެމިގެން ދާނެތީ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ މައްސަލަ އުފަންވީ މަދަނީ މައްސަލައަކުން ކަމަށް ވާތީ ކަން ފާހަގަކުރެއްވި އެވެ.

މި ނިންމުމާއި ހަމައަށް ވާސިލްވާން ބާރުލިބުނީ އަހުމަދު މޫސާ ބަންދުގައި ހުރިއިރު ވެސް، ބަރާބަރަށް ކޯޓަށް ހާޒިރުވެ، ޝަރީއަތްތަކަށް އެއްބާރުލުން ދީފައި ވާތީ، ކަމަށްވެއެވެ. އަދި އެކަމުން އޭނާއަކީ ފިލައިގެން ދާނެ މީހެއް ނޫންކަން ގަބޫލުކުރަން ޖާގަ ލިބޭ ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

ކަފާލާތުގެ ދަށުން އަންމަޓީގެ ބަންދަށް ލުއިދޭން ނިންމި ބަންދު މުރާޖާގެ އަޑުއެހުމުގެ ކުރިން ބޭއްވި އަޑުއެހުމުގައި އޭނާ ކަފާލާތުގެ ދަށުން ދޫކުރުމަށް ގާޒީ އިއުތިރާޒު ކުރެއްވީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް ވިދާޅުވެ އެވެ. ދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ގޮސްދާނެ ކަމަށް ބުރަވެވޭ ކަން ފާހަގަކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox