އައްޑޫ މޮނިޓަރިންގައި އޮންނަތާ ތިން މަސް، ކޮވިޑް އެކްޓިވް ކޭސްތައް 400 އާ ގާތަށް

އައްޑޫ ސިޓީގެ މަގެއް: މޮނިޓަރިންގެ ހާލަތުން ސިޓީ ނުނަގާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުން -- ފޮޓޯ: އަދަދު ފައިލް

އައްޑޫ ސިޓީގެ މަގެއް: މޮނިޓަރިންގެ ހާލަތުން ސިޓީ ނުނަގާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުން -- ފޮޓޯ: އަދަދު ފައިލް

އައްޑޫ ސިޓީގެ ކޮވިޑަ ހާލަތު ގޯސްވެފައި ވާއިރު މިވަގުތު ވެސް ކޮވިޑަށް ޕޮޒިޓިވެފަ ތިބި މީހުން 400 އާ ގާތްކުރާ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު ގޯސްވެގެން މޮނިޓަރިން އަށް ލިތާ މިހާރު ވަނީ ތިން މަސް ވެފަ އެވެ. އެކަމާ ގުޅިގެން ރަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާ ނަމަވެސް އައްޑޫގެ ކޮވިޑް ހާލަތު ރަނގަޅު ނުވާތީ މޮނިޓަރިންގެ ހާލަތު މިހާތަނަށް އުވާލާފައެއް ނުވެ އެވެ.

އައްޑޫ ސިޓީގެ ޖުމްލަ 2،323 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، މިހާތަނަށް 1،918 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ އާންމުކުރި ކޮވިޑާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އިއްޔެ ހަވީރު 6:00 ހަމައަށް ވެސް 29 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ ފޭދޫން ޕޮޒިޓިވްވި މީހަކާއި މަރަދޫން ތިން މީހެއްގެ އިތުރުން ހިތަދޫން 22 މީހެކެވެ.

ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވަމުންދާއިރު މިވަގުތު އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވެފައި ވަނީ ހިތަދޫންނެވެ. އެއީ ޖުމްލަ 198 މީހުންނެވެ. ދެން އެންމެ ގިނައީ މަރަދޫން ނެވެ. ޖުމްލަ 75 މީހަކު މަރަދޫން ޕޮޒިޓިވް ވެފައި ވާއިރު، ފޭދޫން 63 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

މީދޫން 36 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، މަރަދޫފޭދޫން 11 މީހަކާއި ހުޅުދޫން ހަތް މީހެއްގެ އިތުރުން މީހުން ދިރިނޫޅޭ އަވަށްތަކުން ބޭރުން ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުންގެ އަދަދު ވަނީ 243އަށް އަރާފަ އެވެ.

އައްޑޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހުންނަށް ހޮސްޕޮޓަލުގައި ފަރުވާ ދެމުން ދާއިރު މި ބަލީގައި ނުވަ މީހަކު ވަނީ އެ އަތޮޅުން މަރުވެފަ އެވެ.

އައްޑޫގެ ކޮވިޑް ހާލަތު ގޯސްވެފައި ވާއިރު، އަތޮޅު ތަކުގެ ބައެއް ރަށްރަށުގައި ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ދެ ހަފްތާ ރާއްޖޭގެ ކޮންމެ ދުވަހެއްގެ ނަމްބަރުތައް ހުރީ 100 އިން މަތީގަ އެވެ.

ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2080 އަށް އަރާފަ އެވެ. ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 89126 އަށް އަރާފަ އެވެ. މިހާތަނަށް 86787 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައި ވާއިރު، މި ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު 246 އަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox