ވޯލްޑް ބޭންކުން އަލުން އަފްގާނިސްތާނަށް އެހީވާނެ ކަމަށް ނުބެލެވޭ!

ބޭރުގެ ފަރާތްތަކުން އަފްގާނިސްތާނަށް ފޯރުކޮށްދޭ އެހީ ހުއްޓާލުމުން ގިނަ ބަޔަކަށް ވަނީ ބަނޑުހައި ހޫނުކަމާ ކުރިމަތިވެފައި. އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ކުޑަކުދިންނަށް.

ބޭރުގެ ފަރާތްތަކުން އަފްގާނިސްތާނަށް ފޯރުކޮށްދޭ އެހީ ހުއްޓާލުމުން ގިނަ ބަޔަކަށް ވަނީ ބަނޑުހައި ހޫނުކަމާ ކުރިމަތިވެފައި. އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ކުޑަކުދިންނަށް.

ކާބުލް، އަފްގާނިސްތާން (ނޮވެމްބަރު 9) - މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމާއެކު ވޯލްޑު ބޭންކުން މެދުކަނޑާލި އަފްގާނިސްތާނުގެ އެހީ އަލުން ދޭން ފެށުން ނާދިރު ކަމަށް އެ ޖަމިއްޔާގެ ރައީސް ޑޭވިޑް މެލްޕާސް ވިދާޅުވެއްޖެ އެވެ.

"އިގްތިސާދުގެ ހާލަތު އޮތް ގޮތުން އަފްގާނިސްތާނުގެ އެތެރޭގައި އަޅުގަނޑުމެންނަށް އޮޕަރޭޓް ކުރެވޭކަށް ނެތް،" ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

"އެއް ގޮންޖެހުމަކީ ފައިސާ ދެއްކުމަށް އޮތް ނިޒާމު،" ތާލިބާން ސަރުކާރުގެ ސިޔާސަތުތަކާ ހެދި ފައިސާ ދައުރުވުމުގެ ގާބިލްކަން ގެއްލިފައިވާކަން ފާހަގަކުރައްވަމުން މެލްޕާސް ވިދާޅުވި އެވެ.

މިދިޔަ އޯގަސްޓު މަހު ވޯލްޑު ބޭންކުން އަފްގާނިސްތާނަށް ދޭ އެހީ މެދުކަނޑާލުމަށް ފަހު ބުނީ ސެކިއުރިޓީ ހާލަތާއި އަންހެނުންގެ ހައްގުތަކުގެ ހާލަތު ކައިރިން ބަލައި މޮނީޓާ ކުރަމުންދާ ކަމަށެވެ.

ވޯލްޑް ބޭންކުގެ ވެބްސައިޓުގައިވާ ގޮތުން އެ ޖަމިއްޔާ އިން އަފްގާނިސްތާނަށް އެހީ ދިނުން ހުއްޓާލިއިރު 24 އަށް ވުރެ ގިނަ ޕްރޮޖެކްޓުގެ މަސައްކަތް ނުނިމެ އެވެ. އެ ޖަމިއްޔާ އިން ވަނީ 2002 ވަނަ އަހަރުން ފެށިގެން 5.3 ބިލިއަން ޑޮލަރު އަފްގާނިސްތާނަށް ދީފަ އެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ ހިލޭ އެހީ އެވެ.

ވޯލްޑު ބޭންކުގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ އެ ގައުމަށް ދޭ އެހީ މެދުކަނޑާލާފަ އެވެ. އެގޮތުން އައިއެމްއެފް އިން އަފްގާނިސްތާނަށް ދީފައިވާ ނުވަ ބިލިއަން ޑޮލަރު އެމެރިކާގެ އެކައުންޓުތަކުގައި ހުރިއިރު، ތާލިބާނުންނަށް އެ ފައިސާގައި އަތް ނުލެވޭނެ ގޮތް ވަނީ ހަދާފަ އެވެ.

މެލްޕާސް ވިދާޅުވީ އަފްގާނިސްތާނުގައި މިހާރު ވެސް އޮޕަރޭޓް ކުރަމުންދާ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އާއި އދ. ގެ އެޖެންސީތަކާ ބައްދަލުކުރި ކަމަށެވެ.

ބައިނަލްއަގްވާމީ މުޖުތަމައިން ތާލިބާން ސަރުކާރު ބަލައިގަނެފައި ނުވި ނަމަވެސް، އެމެރިކާ އިން ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައެއް ފިޔަވަޅުތަކަށް ލުއި ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox