ފޯ ނޭޝަންސް ކަޕް: ތިން ގޯލްކީޕަރުންނަށް ވެސް ބޮޑު ފުރުސަތެއް!

Nov 9, 2021, 6:55 AM
ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނޭ ތިން ގޯލްކީޕަރުން.

ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނޭ ތިން ގޯލްކީޕަރުން.

ސްރީ ލަންކާގައި މިއަދު ފަށާ މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ވާދަކުރަން ރާއްޖޭން ސްކޮޑު ފައިނަލްކުރިިއިރު، ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އަނިޔާގައި ހުރުމުން އޭނާ ވަނީ ޓީމުން ބާކީކޮށްފަ އެވެ. އެހާ ހިސާބުން ޔަގީންވި ކަމަކީ މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގޯލު ބަލަހައްޓާނީ އާ ގޯލްކީޕަރެއް ކަމެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގޯލު ބެލެހެއްޓުމުގެ ފުރުސަތު މިހާރު ހުޅުވިފައި އޮތީ ތިން ކީޕަރުންނަކަށެވެ. އެއީ ފައިސަލް އަށް އަނިޔާވެގެން އެއީ މި ވަގުތު ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ޒުވާން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ކީޕަރު ނާޖިހު އަލީ (ނާޖީ) އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.

ހާލަތަށް ބަލާއިރު މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގޯލު ބެލެހެއްޓުމުގެ ފުރުސަތު ބޮޑަށް އޮތީ ޝަފީއު ނޫނީ ނާޖީ އަށެވެ. ގައުމީ ޓީމުގެ ކޯޗިން ޓީމުގައި ދެ ގޯލްކީޕަރު ޓްރެއިނިނަރުން އެބަތިބި އެވެ. އެއީ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުއްރަހީމާއި 17 އަހަރު ވަންދެން ރާއްޖޭގެ ގޯލު ބެލެހެއްޓި ކީޕަރު އިމްރާން މުހައްމަދު އެވެ. މެޗުތަކަށް ނަގާނެ ކީޕަރެއް ކަނޑައެޅުމުގައި ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ލަފަޔަށް އަހާނީ ގޯލްކީޕަރު ކޯޗުން ގާތުގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކީޕަރު ޝަފީއު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޝަފީއު، 33، ވަނީ އެކި ފަހަރު މަތިން ގައުމީ ސްކޮޑުގައި ހިމެނިފަ އެވެ. އެކަމަކު، ގައުމީ ޓީމަށް މެޗެއް ކުޅެލަން އޭނާ އަށް ފުރުސަތެއް ލިބުނީ ދިގު އިންތިޒާރަކަށް ފަހު އެވެ. އެންމެ ފުރަތަމަ ގައުމީ ޓީމުގެ ގޯލުގައި ޝަފީއު ކުޅުނު މެޗަކީ މި ފަހަރު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕްގެ ތެރެއިންނެވެ. އެއީ ގަތަރުގެ ދެ ވަނަ ޑިވިޝަން ކްލަބް ލުސައިލް އެފްސީ އަތުން 4-3 އިން ރާއްޖެ މޮޅުވި މެޗުގެ ދެ ވަނަ ހާފްގަ އެވެ.

ރަސްމީ މެޗަކަށް ނުކުމެ ވެސް ގައުމީ ޖޯޒީގައި ޝަފީއު މެޗެއް ކުޅުނީ ބަދަލެއްގެ ގޮތުގަ އެވެ. އެއީ މިިދިޔަ މަހުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އަތުން 1-0 އިން ރާއްޖެ މޮޅުވި މެޗުގަ އެވެ. ޕްރެޝަރު ވަގުތެއްގައި ނުކުމެ ލަންކާއާ ދެކޮޅަށް ޝަފީއު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރަނގަޅު ސޭވްތަކެއް ކޮށް ރާއްޖޭގެ ލީޑު ސަލާމަތްކޮށްދޭން އެހީވި އެވެ.

ގައުމީ ޓީމުގައި މި ވަގުތު ތަޖުރިބާ އަށް ބަލާއިރު އެންމެ ރަނގަޅު ކީޕަރަކީ ޝަފީއު އެވެ. އޭނާ ވަނީ ލޯކަލް ފުޓްބޯޅައިގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ގައުމީ ޓީމުގައި ވެސް މޮޅަށް ކުޅެފަ އެވެ.

ނިއު ރޭޑިއަންޓްގެ ޔޫތު ޓީމުގައި ހިމެނުނު ނާޖީ އަށް ފުރަތަމަ ޑިވިޝަނުގައި ކުޅެލަން ފުރުސަތު ލިބުނީ ޔޫވީ ޖޯޒީގަ އެވެ. މިދިޔަ ސީޒަނުގައި ޔޫވީ ކޯޗުކަމާ އިހުސާން އަބްދުލް ގަނީ (ސާންތީ) ހަވާލުވެ، ބިދޭސީ ކީޕަރު ރުސްލާން އާމިރޯވް ބަހައްޓާފައި ނާޖީ ކުޅެން އެރުވީ ޕްރެކްޓިހުގައި ނާޖީގެ ފަރާތުން ފެނުނު އިތުބާރާއި ކޮންފިޑެންސްގެ ސަބަބުންނެވެ.

ނާޖީގެ ޓްރެއިނަރަކަށް ޔޫވީގައި މަސައްކަތްކުރި ކުރީގެ އެއް ވަނަ ކީޕަރު، އިސްމާއިލް ޒަރިޔަންދު ވެސް ވަނީ ނާޖީ އަކީ "ހަމައެކަނި ޔޫވީ އަށް ތައްޔާރުކުރާ ކީޕަރެއްގެ ބަދަލުގައި ރާއްޖެ ތަމްސީލްކުރާނެ ކީޕަރެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރާނެ" ކަމަށް އެންމެ ފުރަތަމަ ދުވަހު ވެސް ބުނެފަ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ނާޖީ ބޯޅައެއް ސޭވްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ނާޖީ، 21، ގައުމީ ޓީމުގައި ފުރަތަމަ ހިމެނީ މިދިޔަ ޖޫން މަހު އޮތް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުގަ އެވެ. މިދިޔަ މަހު ސާފް ޗެމްޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުގައި ވެސް ނާޖީ ހިމެނުނެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ބޭއްވި ޓްރެއިނިން ކޭމްޕްގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި ގަތަރުގެ އާމީ ކްލަބާ ދެކޮޅަށް ބަދަލެއްގެ ގޮތުގައި ނާޖީ ކުޅެން އެރި އެވެ.

ގައުމީ ޓީމުގެ ޓްރެއިނިންތަކުގައި ނާޖީ އަށް ލިބުނު އިތުބާރާ އެކު އޭނާ ވަނީ ދާދި ފަހުން ބަހްރޭނުގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭން ކޮލިފައިންގައި އިރާގާއި ބަހްރޭނާ ދެކޮޅަށް ކުޅެ ބަލިވި ނަމަވެސް ދެ މެޗުގައި ވެސް ނާޖީގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެނުނެވެ. ހާއްސަކޮށް ދެ ވަނަ މެޗުގައި ޕްރެޝަރު ވަގުތެއްގައި ބަހްރޭނުން ފޮނުވާލި ޕެނަލްޓީއެއް ހުއްޓުވުން ހިމެނެ އެެވެ.

ކޮލިފައިންގައި ނާޖީގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފުކޮށް، ކީޕަރު އިމްރާން އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ލިޔެފައިވަނީ ޒުވާން ކުޅުންތެރިންނަށް ލިބެންޖެހޭ ފުރުސަތު އިތުރުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އެ ގޮތަށް ވިސްނާއިރު، މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގައި ނާޖީ އަށް ފުރުސަތު ދިނުމަކީ މި ވަގުތަށް ބަލާއިރު، ޒުވާން ކީޕަރަކަށް ހޯދައިދެވޭނެ ރަނގަޅު ފުރުސަތެކެވެ.

ޒުވާން ކީޕަރު ޔޫސުފް ވަނީ ދާދި ފަހުން ގައުމީ ޓީމުން ކުޅުނު ދެ އެގްސިބިޝަން މެޗެއްގައި ކުޅެފަ އެވެ. އެއީ ހދ. ކުޅުދުއްފުށީ ޒިގްޒެގް ސްޓޭޑިއަމް ހުޅުވަން އެ ރަށު ޓީމަކާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗާއި މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ޅ. ކުރެއްދޫ ރިސޯޓްގައި އެ ތަނުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ދެ މެޗުގައި ވެސް ޔޫސުފް، 18، ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ދެ މެޗުގައި ވެސް ގައުމީ ޓީމުން ފެށީ ކީޕަރު ޝަފީއު ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އަންނަ ޔޫސުފް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކާ އެކު ސާފް ސަރަހައްދުގެ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ސަރަހައްދުގެ މުބާރާތްތަކުގެ މެޗުތަކުގައި ކުޅެފައިވެ އެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު މީސަމް: މިއީ އޭނާ އަށް ރަނގަޅު ފުރުސަތެއް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗަކަށް ވެސް މަސައްކަތްކުރި އަދި ދިވެހި ގިނަ ކީޕަރުންނާ އެކު މަސައްކަތްކޮށްފައިވާ ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) ދެކޭގޮތުގައި ޔޫސުފަށް ސީނިއާ ގައުމީ ޓީމުން މި ލިބުނު ފުރުސަތަކީ އާންމުކޮށް އެ އުމުރުގައި ޒުވާން ކީޕަރަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުންހިފައިގެން މުސްތަގުބަލަށް ރަނގަޅު ކަންތައްތަކެއް ދަސްކޮށް، ރަނގަޅު ޓްރެއިނިންތަކެއް ސީނިއާ ޓީމާ އެކު ކުރިއަށް ގެންދަން ބެލިޔަސް މިއީ ޔޫސުފަށް ބޮޑު ފުރުސަތެކެވެ.

މި މަހު 19 އާ ހަަމައަށް ކޮލަމްބޯގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝާއި ސީޝެލްސް އެވެ. މުބާރާތުގެ މެޗުތައް އިއްޔެ ފަށަން ހަަމަޖެހިފައިވީ ނަމަވެސް ލަންކާ އަށް މޫސުން ގޯސްވުމުގެ މެޗުތައް ޖެހުނީ ފަސްކުރާށެވެ. މިހާރު އޮތްގޮތުން މުބާރާތުގައި މިއަދު ހަވީރު ރާއްޖެ އާއި ލަންކާ ވާދަކުރާނެ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 15:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox