އިންޑިއާ މުސްލިމުންނަށް ދިން ހަމަލާތަކަށް ފަހު ދޮގު ހަބަރު ފަތުރާ މީހުން ހޯދަނީ

ހިންދޫ ގްރޫޕުތަކުން ވަނީ އިންޑިއާގެ ބައެއް މިސްކިތްތަކަށް ހަމަލާދީފައި.

ހިންދޫ ގްރޫޕުތަކުން ވަނީ އިންޑިއާގެ ބައެއް މިސްކިތްތަކަށް ހަމަލާދީފައި.

ނިއު ދިއްލީ، އިންޑިއާ (ނޮވެމްބަރު 7) - އިންޑިއާގެ އިރުއުތުރުގައި ހުންނަ ބައެއް މިސްކިތްތަކަށް ހަމަލާ ދިން މައްސަލަ އަށް ފަހު ނަފުރަތު އުފައްދަން ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފެތުރި 100 އަށް ވުރެ ގިނަ އެކައުންޓުގެ ވެރިފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި އެވެ.

ޓްރިޕޫރާ ސްޓޭޓުގައި މިދިޔަ މަހު މިސްކިތްތަކަށް ހަމަލާ ދިނީ ހިންދޫ ގްރޫޕަކުން ބޭއްވި ބޮޑު އެއްވުމަކަށް ފަހު އެވެ. ބެލެވޭ ގޮތުގައި ހަމަލާ ދިނީ އަވައްޓެރި ބަންގްލަދޭޝްގައި ހިންދޫ މީހުންނަށް އަމާޒުކޮށް ހިންގި ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

އެ ސްޓޭޓުގައި ހިންދޫ ގްރޫޕުން ވަނީ ހަތަރު މިސްކިތަކަށް ގެއްލުންދީ، މުސްލިމުންގެ ގެތަކާއި ވިޔަފާރިތަކަށް ވެސް ހަމަލާދީފަ އެވެ. ފުލުހުން ބުނީ އިތުރު ހަމަނުޖެހުމަށް ހިތްވަރު ދޭން ބޭނުންވާ ބައެއް މީހުން ސޯޝަލް މީޑިއާގައި ފޭކު ފޮޓޯ ދައުރުކޮށްފައިވާ ކަމަށެވެ.

"ފާހަގަ ކުރެވުނު އެކައުންޓުތަކުން ވަނީ ދޮގު ހަބަރާއި ސާބިތު ނުހިފޭ ވާހަކަ އަދި ފޭކު ވީޑިއޯ އާއި ފޮޓޯ ދައުރުކޮށްފައި. އެއީ ޓްރިޕޫރާގެ ހަމަނުޖެހުމާ ނުވެސް ގުޅޭ ކޮންޓެންޓުތަކެއް،" އެ ސްޓޭޓުގެ އިސް ފުލުހަކު ބުންޏެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ދޮގު ހަބަރު ފަތުރާ ޕޯސްޓުތައް ރިމޫވްކުރަން އެދި ފުލުހުން ފޭސްބުކް އާއި ޓްވިޓާ އަދި ޔޫޓިއުބަށް ލިޔުމުން ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ޕޯސްޓުތަކެއް އާދީއްތަ ދުވަހު ވަނީ ނުފެންނަ ގޮތް ހަދާފަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން މިހާތަނަށް ރިމޫވް ނުކޮށް ހުރި ޕޯސްޓުތަކުގައި ގިނައިން ހުރީ މުސްލިމުންނަށް ހަމަލާދޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ މަހު ހިނގި ހަމަނުޖެހުމަށް ފަހު ޓްރިޕޫރާ ސްޓޭޓް އެލާޓަށް ގެނެސް، ފުލުހުން މިސްކިތްތައް ކައިރީގައި ސެކިއުރިޓީ ބަލަހައްޓަން ފެށި އެވެ. އަދި ހަތަރު މީހުންނަށް ވުރެ ގިނައިން އެކުގައި މަގުމަތީގައި އުޅުން މަނާކުރި އެވެ.

ޓްރިޕޫރާގެ ވެރިކަން ކުރާ ޕާޓީ އަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އެވެ. ހިންދޫ ފިކުރުގެ އެ ޕާޓީ 2014 ވަނަ އަހަރު ވެރިކަމަށް އައުމާއެކު މުސްލިމުންނާއި ނަސާރާއިންނަށް ދޭ ހަމަލާތައް ވެސް އިންޑިއާގައި އިތުރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox