މޫސުމީ ބަދަލާ ހެދި މަޑަގަސްކަރައިގެ 30،000 މީހުން ބަނޑަށްޖެހިފައި

ދަނޑުބިންތައް ހަލާކުވެފައި ވާތީ ކާބޯތަކެތި ނުލިބި، މަޑަގަސްކަރައިގެ ރައްޔިތުން ކެއުމަށް ބޭނުން ކުރަން ޖެހިފައި ވަނީ ކެކްޓަސް ގަހާއި އެކި ސޫފާސޫފި. -- ފޮޓޯ: ޑަބްލިއުއެފްޕީ

ދަނޑުބިންތައް ހަލާކުވެފައި ވާތީ ކާބޯތަކެތި ނުލިބި، މަޑަގަސްކަރައިގެ ރައްޔިތުން ކެއުމަށް ބޭނުން ކުރަން ޖެހިފައި ވަނީ ކެކްޓަސް ގަހާއި އެކި ސޫފާސޫފި. -- ފޮޓޯ: ޑަބްލިއުއެފްޕީ

މަޑަގަސްކަރައިގެ 30،000 މީހުން ބަނޑަށް ޖެހިފައި ވަނީ މޫސުމީ ބަދަލާ ހެދި ކުރަމުންދާ އަސަރުތަކުގެ ސަބަބުން ކަމަށް އދ. އިން ބުނެފި އެވެ.

ދެކުނު އިރުމަތީ އެފްރިކާގެ އައްސޭރި ފަށާ ދިމާލުން އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ މަޑަގަސްކަރަ އަށް މިހާރު ކުރިމަތިވެފައި ވަނީ 40 އަހަރުގެ ތެރޭގައި އައި އެންމެ ހޫނުގަދަ ދުވަސްވަރެވެ.

އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނީ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި 27،800 އަށް ވުރެ ގިނަ މީހުން ބަނޑަށް ޖެހިފައިވާ ކަމަށާއި އިތުރު 1.3 މިލިއަން މީހުން އުޅެމުން ދަނީ ކާބޯތަކެތީގެ ސެކިއުރިޓީއާ ގުޅިފައިވާ އެމެޖެންސީއެއްގައި ކަމަށެވެ.

"މިއީ މޫސުމީ ބަދަލާ ހެދި ދުނިޔޭގެ ގައުމަކަށް ޖެހިފައިވާ ހަމައެކަނި ބަނޑުހައި ހޫނުކަން،" ޑަބްލިއުއެފްޕީގެ ޑެޕިއުޓީ ކަންޓްރީ ޑިރެކްޓަރު އާޑުއިނޯ މަންގޯނީ ނޫސްވެރިންނަށް ބުންޏެވެ.

މި ވަގުތު ބަނޑުހައި ހޫނުކަން ދިމާވެފައިވާ އެހެން ގައުމުތަކަކީ ޔަމަން، އިތިއޮޕިއާގެ ޓިގްރޭ ސަރަހައްދު އަދި ދެކުނު ސޫދާން އެވެ. ނަމަވެސް އެ ހުރިހާ ތަނަކަށް ވެސް އެހެން ދިމާވީ ހަނގުރާމަ އާއި ހަމަނުޖެހުމާ ހެދި އެވެ.

މަންގޯނީ ވިދާޅުވީ ދުނިޔެ ހޫނުވަމުންދާ ގޮތަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި މޫސުމީ ބަދަލާ ހެދި ބަނޑުހައި ހޫނުކަން ދިމާވުމުގެ ޓްރެންޑެއް ފެށުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އެކަމުގެ ނިޝާންތައް ހުރިހާ ދިމާލަކުން ވެސް ދަނީ ފެންނަމުން."

އދ. އިން މަޑަގަސްކަރައިގެ ހާލަތާ ގުޅޭ ގޮތުން އެހެން ބުނެފައި ވާއިރު މޫސުމީ ބަދަލާ ގުޅޭ އދ. ގެ ބޮޑު ބައްދަލުވުން ކޮޕް26 ފަށައިގެން މިހާރު ދަނީ ކުރިއަށެވެ.

ޑަބްލިއުއެފްޕީން ބުނީ މަޑަގަސްކާ އަށް ބޭނުންވާ އެމެޖެންސީ އެހީ ފޯރުކޮށްދޭން ކުރިއަށް އޮތް ހަ މަސް ދުވަހަށް 69 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

މިހާރު ވެސް އެ ގައުމުގެ ބައި މިލިއަނެއްހާ ކުދިންނަށް މާ ބޮޑަށް ހިކިވެ އަނަރޫފަވުމުގެ މައްސަލަ ދިމާވެފައި ވާއިރު، 110،000 ކުދިން ތިބީ ސީރިއަސް ހާލުގައި މަރުގެ ތުންފަތް މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox