ސިޔާސީ ހަރަކާތް މަނާކުރީ ސިވިލް ސާވިސްގެ ގަވާއިދުންތަ؟

ސިޔާސީ ހަރަކާތް މަނާކުރީ ސިވިލް ސާވިސްގެ ގަވާއިދުންތަ؟

ދިވެހިރާއްޖޭގައި ސިވިލް ސާވިސްގެ ގާނޫނެއް އެންމެ ފުރަތަމަ އެކުލަވާލީ 2007 ވަނަ އަހަރު އެވެ. ގާނޫނު އެކުލަވާލެވުނު ފަހުން މިހާތަނަށް އެ ގާނޫނަށް 6 ފަހަރު އިސްލާހު ގެނެވިފައި ވެއެވެ. ބައެއް އިތުރުކޮށްލާނެ އެވެ. އުނިކޮށްލާނެ އެވެ. އަބަދުވެސް ހާލަތާ ގުޅޭ ގޮތުން އެހިނދަކަށް ގެންނަން ފެނުނު ބަދަލެއް ރައްޔިތުންގެ މަޖިލީހުން ދިޔައީ ގެންނަމުންނެވެ.

އެ ގާނޫނުގެ ދަށުން ހަދާފައި އޮންނަ ދިވެހި ސިވިލް ސާވިސްގެ ގަވާއިދު (2014) އަށް މިހާތަނަށް 8 އިސްލާހް ގެނެވިއްޖެ އެވެ. އުނިކުރުމާއި އިތުރުކުރުމެވެ. މާނައެއް ނެތް ކަމެއް ކުރަނީއެއް ނޫނެވެ. ގެންނަނީ އެހިނދަކަށް ބަލާއިރު ބޭނުންތެރި އިސްލާހު ތަކެވެ. ކުރިމަތިވެފައި ހުންނަ މައްސަލަތަކަށް ހައްލު ދޭ އިސްލާހުތަކެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް އެންމެ ފަހުން ގެނެވުނު އިސްލާހު ގެޒެޓްކުރެވުނީ ނޮވެމްބަރު 4، 2021 ދުވަހު އެވެ. އެ އިސްލާހު ވެގެންދިޔައީ ދިވެހި ސިވިލް ސާވަންޓުންނަށާއި އާންމު ރައްޔިތުންނަށްވެސް ބޮޑު ހައިރާންކަމެއް ގެނުވި "ބަދަލަކަށެވެ." ގަވާއިދުގައި އޮތީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުން ރަސްމީ ވަގުތުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ވަޒީފާގެ ކުށެއް ކަމަށް ބަޔާންކޮށްފަ އެވެ. މިއީ މި ގަވާއިދަށް ގެނެވުނު އިސްލާހުން އުފަންކުރުވި ބަދަލެއް ކަމުގައި ދެކިގެން ކެކި އަރައިގަތީ ތިޔަހެނެއް ނޫނެވެ. އެންމެންގެ ވާހަކަ އެއް ރޮނގެއްގައި ލިޔެފައި ދުރުގައި ހުރެގެން ބަލާލީމާ އެނގިހާމަވީ ގާނޫނީ މި ބަދަލުތަކުގެ "ޖަދު ފެށުނީ ކިހިނެއް" ކަން އޮޅިފައި އޮތް ކަމެވެ.

ސިވިލް ސާވިސްގެ ގާނޫނު އެންމެ ފުރަތަމަ އެކުލަވާލެވުނުއިރު އެ ގާނޫނުގެ 53 ވަނަ މާއްދާގައި އޮތީ، "ދިވެހި ސިވިލް ސާވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ އެވެ." މިހެންނެވެ.

މި މާއްދާއަކީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާއާ ހިލާފު މާއްދާއެއް ކަމަށް ދެކިގެން މ.ފުސްތަޅާގެ، މުހައްމަދު ހާނިމް ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ. އެ ކޯޓުން ނިންމީ ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާ އޮތީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ ކޯޓުންވެސް ނިންމީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ނިންނީ އަގުލަބިއްޔަތުންނެވެ. ފަސް ފަނޑިޔާރުން ބެއްލެވި އެ މައްސަލައިގައި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ދެއްވީ ތަފާތު ރައުޔެކެވެ. އަނެއް ހަތަރު ފަނޑިޔާރުގެ ރައުޔުގައި ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާ އޮތީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާ ހިލާފަށެވެ. އެ ގޮތަށް ނިންމެވުމުގައިވެސް، އެ ބޭފުޅުން ބެއްލެވީ ސިވިލް ސާވިސްގައި ހިމެނޭ މުވައްޒަފަކު ސިޔާސީ ހަރަކާތުގައި ބައިވެރިވުން މުޅީން މަނާކޮށްފައި އޮތްއޮތުމުގެ މައްޗަށެވެ. އެ ބޭފުޅުންގެ ނަޒަރުގައިވެސް ސިވިލް ސާވިސްގައި ހިމެނޭ މުވައްޒަފަކަށްވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެވެސް އިންތަކެއްގައި ހިފެހެއްޓުމަކީ ކުރެވިދާނޭ ކަމެކެވެ.

ސިވިލް ސާވިސްގައި ހިމެނޭ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނޭ އިންތަކެއް ކަނޑައެޅިފައި އޮތުމަކީ ރާއްޖެއަށް އެކަނި ހާއްސަ ސިފައެއް ނޫނެވެ.

އެމެރިކާގެ "ހެޗް އެކްޓް" އަށް ބަލާއިރު، ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް އެ މީހުންގެ ރަސްމީ މަސައްކަތު ގަޑިން ބޭރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގައި މަނާ ކަމެއް ނެތެވެ. އެހެން ނަމަވެސް އެ ގޮތަށްވެސް ބައިވެރިވާ ހަރަކާތަކީ އެ މުވައްޒަފެއްގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ފަދަ ހަރަކާތަކަށް ވެގެން ނުވާނެ އެވެ.

އިނގިރޭސިވިލާތުގެ ސިވިލް ސާވިސް ކޯޑު 2010 އަށް ބަލާއިރު، ސިވިލް ސާވިސްގެ ގިންތީގައި ހިމެނޭ މުވައްޒަފަކު އޭނާގެ މަސައްކަތުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ފަދަ އެއްވެސް ކަމެއް ކުރުން އޮންނަނީ މަނާކޮށްފަ އެވެ. އެކަން ކަށަވަރު ކުރުމަށްޓަކައި ސިވިލް ސާވިސް ކޯޑުގައި ހުދޫދުތަކެއް ކަނޑައަޅާފައި އޮވެ އެވެ. ސިވިލް ސާވިސްގައި ހިމެނޭ މުވައްޒަފުން ތިން ގިންތިއަކަށް ބަހާލާފައިވާއިރު، އެންމެ ސީނިއާ މަގާމުތަކުގައި ތިބޭ މުވައްޒަފުން އެއްވެސް ގޮތަކުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން މަނާ އެވެ. އޭގެ ދަށް ގިންތިއަށް އޮންނަ ގޮތަކީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާނަމަ ހާއްސަ ހުއްދައެއް ހޯދުމެވެ. ދެން ޖެހިގެން އަންނަ ގިންތިއަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ހިފެހެއްޓިފައި އޮންނަ ގިންތިއެއް ނޫނެވެ. މަނާވެފައި އޮންނަނީ އޭނާގެ ސިޔާސީ ފިކުރު ވަޒީފާގެ މާހައުލުގައި ކުރާ މަސައްކަތުން ދެއްކުމެވެ. ވަކި ސިޔާސީ ފިކުރެއްގެ މީހަކަށްވީތީ ތަފާތުކުރުމެއް ގެންގުޅުމަކީ އެ ގައުމުގެ ސިވިލް ސާވިސް ކޯޑު މަނާކުރާ ކަމެކެވެ.

ކެނެޑާގެ ޕަބްލިކް ސާވިސް އެމްޕްލޮއިމަންޓް އެކްޓާއި، އޮސްޓްރޭލިއާގެ ޕަބްލިކް ސާވިސް އެކްޓް ވެސް އޮތީ ހަމަ އެކަހަލަ ގޮތަކަށެވެ. ސަރުކާރު ހިންގަން އެހީތެރިވާ ބަހާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މުތުލަގަށް ހުޅުވާލެވިފައެއް ނޯވެ އެވެ. ހަމަ އެގޮތަށް އެ ހައްގު އެކީ ނިގުޅައިގެންފައެއް ވެސް ނޯވެ އެވެ. އެ ގައުމުތަކުން ހޯދާފައި އޮންނަނީ ދޭތެރެ ދެމެދުގެ ހައްލެކެވެ.

އެޓާނީ ޖެނެރަލްގެ އޮފީސް ވ. މުހައްމަދު އާނިމް ގަޒިއްޔާ ސުޕްރީމް ކޯޓުން ނިންމުމުން ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގަޒިއްޔާގައި ކަނޑައެޅި ހަމަތަކަށް ބަލައި ސިވިލް ސާވިސްގެ ގާނޫނު އިސްލާހުކޮށްފަ އެވެ.

މިހާރު އަމަލުކުރަމުން ގެންދާ ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާގައި ތިރީގައި ނަކަލު ކުރެވިފައި އެވަނީ އެވެ.

titledesc

އެ މާއްދާގައި އޮންނަ ގޮތުން ރަސްމީ މަސައްކަތެއްގައި އުޅެންޖެހޭ ވަގުތެއްގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ހިދުމަތް ދިނުމުގައި ސިޔާސީ ތައައްސުބު ގެންގުޅުން ފަދަ ކަންކަން އޮތީ މަނާވެފަ އެވެ. އެ ބަދަލު ގެނެވުނީ ސިވިލް ސާވިސްގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުންނެވެ. އެ ގާނޫނު ތަސްދީގުކުރީ އިއްޔެއަކު މިއަދަކުއެއް ނޫނެވެ. މާޗް 31، 2015 ގަ އެވެ. މީގެ 6 އަހަރު ކުރިންނެވެ.

ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުން އާންމުކުރީ ސިވިލް ސާވިސްގެ ގަވާއިދަށް 8 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ. އެ ގަވާއިދުގައި އޮތީ މިހާރު އަމަލުކުރަމުން ގެންދާ ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކުރާ އަމަލު ހިންގައިފި މުވައްޒަފަކާމެދު ފިޔަވަޅު އަޅާނޭ ގޮތާއި، އެ އަމަލު ގިންތި ކުރާނޭ ގޮތެވެ. ގާނޫނުގައި މަނާ ކަމަށް ކަނޑައަޅާފައި އޮތް ކަމެއް ކޮށްފި މުވައްޒަފަކާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނޭ ހަމަތައް ބަޔާންކޮށްފައި އެއޮތީ އެ ގަވާއިދުގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާންމު ކުރި ގަވާއިދަކުން، ސިވިލް ސާވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނިގުޅައިގެންފި ކަމަށް ކިޔައި، އެ ކޮމިޝަނަށާއި، އެ ގަވާއިދު އެކުލަވާލުމާއި ޝާއިއުކުރުމުގައި ބައިވެރިވެދާނޭހެން ހީވާހާ ބަޔަކަށް ކިޔާ އާޑަ އާއި ކުރާ ފުރައްސާރަ ފެނުމުން، މިކަންވެސް ހަގީގަތުގައި ވެފައި އޮތްގޮތް ދަންނަވާލާ ހިތްވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox