އަފްގާނިސްތާނުގައި ހަތަރު އަންހެނުން މަރާލައިފި

އަފްގާނިސްތާނުގެ އަންހެނުންތަކެއް މުޒާހަރާ ކުރަނީ.

އަފްގާނިސްތާނުގެ އަންހެނުންތަކެއް މުޒާހަރާ ކުރަނީ.

ކާބުލް، އަފްގާނިސްތާން (ނޮވެމްބަރު 6) - އަފްގާނިސްތާނުގެ އުތުރުގައި އޮންނަ މަޒަރީ ޝަރީފު ސިޓީގައި ހަތަރު އަންހެނުން މަރާލާފައިވާ ކަމަށް ތާލިބާން ސަރުކާރުގެ ތަރުޖަމާނަކު ބުނެފި އެވެ.

އޭގެ ތެރެއިން އެކަކަކީ އެކްޓިވިސްޓެކެވެ. އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ގާރީ ސަޔިދު ހޮސްޓީ ބުނީ ހަތަރު އަންހެނުންގެ ހަށިގަނޑު ގެޔެއްގެ ތެރެއިން ފެނުމުން ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ހައްޔަރު ކުރި މީހުން ވަނީ އަންހެނުންތައް އެ ގެޔަށް ދިޔެއީ އެ މީހުންގެ ދައުވަތަށް ކަމަށް ތަހުގީގުގައި އެއްބަސްވެފައި. އިތުރު ތަހުގީގުތައް ދަނީ ކުރިއަށް އަދި މައްސަލަ ވާނީ ކޯޓަށް ފޮނުވަން ތައްޔާރުކޮށްފައި،" އޭނާ ބުންޏެވެ.

މަރުވި މީހުންނަކީ ކޮން ބަޔެއްކަން އޭނާ ސާފުކޮށެއް ނުދެ އެވެ. ނަމަވެސް މަޒަރީ ޝަރީފުގެ ބައެއް މަސްދަރުތަކުން އޭއެފްޕީ އަށް ބުނީ އޭގެ ތެރޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓު އަދި ޔުނިވާސިޓީ ލެކްޗަރާ ފްރޯޒަން ސާފީ ހިމެނޭ ކަމަށެވެ.

މަރާލާފައި އޮއްވާ ފެނުނު ހަތަރު އަންހެނުން ވެސް އެ ގެޔަށް ދިޔައީ އަފްގާނިސްތާން ދޫކޮށް ދާން ތައްޔާރަށް އޮތް ހާއްސަ ފްލައިޓެއްގެ ވާހަކަ ފޯނު ކޯލަކުން ބަޔަކު ކިޔައިދިނުމުން ކަމަށް އޭއެފްޕީއާ ވާހަކަދެއްކި މަސްދަރުތަކުން ބުންޏެވެ.

"އަހަރެން އޭގެ ތެރެއިން ފްރޯޒަން ސާފީ ދަންނަން. އޭނާ އަކީ މި ސިޓީގައި ވަރަށް މަޝްހޫރު އަންހެނުންގެ އެކްޓިވިސްޓެއް،" ބައިނަލްއަގްވާމީ ޖަމިއްޔާ އަކަށް މަސައްކަތް ކުރާ އަފްގާނިސްތާނުގެ އަންހެނަކު ބުންޏެވެ.

އޭނާ ބުނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ އަށް ވެސް އެފަދަ ފޯނު ކޯލެއް އައި ކަމަށާއި އިވެކުއޭޝަން ފްލައިޓެއް ތައްޔާރަށް އޮތް ކަމަށް އެ މީހުން ބުނި ކަމަށެވެ.

"އެ މީހުންނަށް އަހަރެންގެ ހުރިހާ މައުލޫމާތެއް އެނގޭ. އެ މީހުން ބުނީ އަހަރެންގެ ލިޔެކިޔުންތައް ފޮނުވަން. ދެން އެދުނީ އެއްޗެއްގައި ސޮއިކުރަން އަންނަން."

ނަމަވެސް އޭނާ ވަނީ ޝައްކު އުފެދިގެން އެ ނަންބަރު ބްލޮކްކޮށްފަ އެވެ. ހަތަރު އަންހެނުންގެ މަރުގެ ހަބަރު ލިބުމާއެކު ބިރުގަނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ވިހި އަހަރަށް ފަހު މިދިޔަ އޯގަސްޓު މަހު އަފްގާނިސްތާނުގެ ގާނޫނީ ސަރުކާރު ވައްޓާލައިގެން ވެރިކަމަށް އައި ތާލިބާނުން ބުނެފައި ވަނީ އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމަށެވެ.

ނަމަވެސް މީގެ ކުރިން އެ މީހުން ވެރިކަން ކުރިއިރު އަންހެނުންގެ ހައްގުތައް ދީފައެއް ނުވެ އެވެ. އެހެންވެ، މި ފަހަރު ވެރިކަމަށް އައުމާއެކު ގިނަ އެކްޓިވިސްޓުން ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ.

ނަމަވެސް ފްލައިޓުތަކުގައި ނުފުރުނު ބައެއް އަންހެން މީހުން ވަނީ ހައްގުތަކަށް ޑިމާންޑުކޮށް މަގުމަތީގައި މުޒާހަރާކޮށްފަ އެވެ. އެއް ޑިމާންޑަކީ ހައި ސްކޫލް އަންހެން ކުދިންގެ ކިޔެވުން ފެށުމެވެ.

ތާލިބާނުން މުޒާހަރާތައް ރޫޅާލައި، އެއްވުން ރިޕޯޓު ކުރާ ނޫސްވެރިން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައި ވެ އެވެ. ނަމަވެސް ތާލިބާން ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ އެކްޓިވިސްޓުން މެރުން މެމްބަރުންނަށް މަނާކޮށްފައިވާ ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox