ސިއެއާ ލިއޯންގައި ތެޔޮ ޓޭންކަރެއް ގޮވައި 90 މީހުން މަރުވެއްޖެ

ތެޔޮ ޓޭންކަރު ގޮވި ސަރަހައްދަށް މީހުން ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

ތެޔޮ ޓޭންކަރު ގޮވި ސަރަހައްދަށް މީހުން ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

ފްރީޓައުން، ސިއެރާ ލިއޯން (ނޮވެމްބަރު 6) - ސިއެރާ ލިއޯންގެ ވެރިރަށް ފްރީޓައުންގެ ޕެޓްރޯލް ސްޓޭޝަނެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 92 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މުހައްމަދު ޖުލްދެހް ޖަލޮހް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި އިތުރު 88 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށް ހާދިސާ ހިނގި ސަރަހައްދަށް އޮފިޝަލުންނާ އެކު ވަޑައިގެންނެވި ޖަލޮހް ވިދާޅުވި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނެފައި ވަނީ ބޮޑު ގޮވުމެއް ގޮވަން މެދުވެރިވީ އެކްސިޑެންޓެއްގައި ހިމެނުނު އުޅަނދެއް ޕެޓްރޯލް ސްޓޭޝަން ކައިރީގައި އޮއްވާ އޭގައި ހުޅު ހިފައިގެން ކަމަށެވެ. އެ ހުޅުގަނޑު ފެތުރި މަގުމަތީގައި ހުރި އެހެން ކާރުތަކާއި މީހުން އަނދަން ފެށި އެވެ.

މަރުވި ގިނަ މީހުންނަކީ މަގުމަތީގައި ތަކެތި ވިއްކަން އުޅުނު މީހުންނާއި ސައިކަލުތަކުގައި ތިބި މީހުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މަރުވީ އަލިފާންގަނޑު ފެތުރުނު ވަގުތު ސައިކަލަށް ޕެޓްރޯލް އަޅަން ކިޔު ހަދައިގެން ތިއްބަ އެވެ.

އެ ހާދިސާ އަށް ފަހު އެތައް ސަތޭކަ ބަޔަކު ހޮނިހިރު ދުވަހު ހެނދުނު ހާދިސާ ހިނގި ސަރަހައްދަށް ޖަމާވެ، ގެއްލިފައިވާ އާއިލާ މެމްބަރުން ފެނޭތޯ މަސައްކަތް ކުރި އެވެ.

ބައެއް ވީޑިއޯތަކުން ފެންނަނީ އަނދާ ހުލިވެފައި އޮތް ތެޔޮ ޓޭންކަރަކާއި ޓްރަކެއް ކައިރީގައި ގިނަ އަދަދެއްގެ އުޅަނދުތައް ފުނިޖެހިފައި ހުއްޓަ އެވެ. އޭގެ ތެރެއިން ބައެއް އުޅަނދުތަކުގެ ހުޅުގަނޑު ނުނިވި ހުރުމުން ދުން އަރާ މަންޒަރު ވެސް ފެނެ އެވެ.

ރައީސް ޖޫލިއަސް މާޑަ ކުރެއްވި ޓްވީޓެއްގައި ހިތާމަ ފާޅުކުރެއްވުމަށް ފަހު ވިދާޅުވީ މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް އެހީވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިއެރާ ލިއޯންގައި މީގެ ކުރިން ވެސް ޕެޓްރޯލް ޓޭންކަރުތައް ގޮވައި ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެ އެވެ.

އެފްރިކާގެ އެހެން ހިސާބުތަކުގައި ވެސް މިފަދަ ހާދިސާތައް ހިނގަ އެވެ. އެގޮތުން 2009 ވަނަ އަހަރު ކެންޔާގެ ވެރިރަށް ނައިރޯބީގައި ޕެޓްރޯލް ޓޭންކަރެއް އެކްސިޑެންޓުވެ އެކޮޅުކޮޅުން ޖެހުމުން ހިނގި ގޮވުމެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އޭގެ ފަހުން 2015 ވަނަ އަހަރު ދެކުނު ސޫދާނުގައި ހިނގި އެފަދަ ހާދިސާއެއްގައި 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި 2019 ވަނަ އަހަރު ޓެންޒޭނިއާގައި ތެޔޮ ޓޭންކަރެއް ގޮވައި 100 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox