އިންޑިއާގެ ކޮވިޑް ހޮސްޕިޓަލެއްގައި ރޯވެ 11 މީހުން މަރުވެއްޖެ

ރޯވި ހޮސްޕިޓަލުގެ އައިސީޔޫ ވޯޑު. -- ފޮޓޯ: އޭއެފްޕީ

ރޯވި ހޮސްޕިޓަލުގެ އައިސީޔޫ ވޯޑު. -- ފޮޓޯ: އޭއެފްޕީ

މުމްބާއީ، އިންޑިއާ (ނޮވެމްބަރު 6) - ހުޅަނގު އިންޑިއާގެ ހޮސްޕިޓަލެއްގައި ހޮނިހިރު ދުވަހު ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ 11 މީހަކު މަރުވެއްޖެ އެވެ.

މީގެ ކުރިން ވެސް އިންޑިއާގެ ކޮވިޑް ބަލި މީހުންނަށް ހާއްސަ ފެސިލިޓީތަކާއި ވޯޑުތަކުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައި ވެ އެވެ.

މަހަރާޝްތްރަ ސްޓޭޓުގެ އަހްމަދުނަގަރް ޑިސްޓްރިކްޓުގައި ހުންނަ ހޮސްޕިޓަލުގައި އަލިފާން ރޯވިއިރު، އެ ތަނުގެ އައިސީޔޫ ވޯޑުގައި ގާތްގަނޑަކަށް 30 މީހުން ތިއްބެވެ. އޭގެ ތެރެއިން މަރުވި ގިނަ މީހުންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ.

އެ ހާދިސާގައި އައިސީޔޫ އެއްކޮށް އަނދާ ހުލިވެފައި ވާއިރު، އެ ތަނަކީ ކޮވިޑް ބަލި މީހުންނަށް ހާއްސަކޮށް ވަރަށް ފަހުން އިމާރާތް ކުރި ތަނެކެވެ.

މަހަރާޝްތްރަ ސްޓޭޓުގެ ޗީފް މިނިސްޓަރު އުދަވް ތަކެރާ ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ތަހުގީގަކަށް އަމުރު ކުރައްވާފަ އެވެ.

މިދިޔަ އޭޕްރިލް މަހު އިންޑިއާ އަށް ކުރިމަތިވި ކޮވިޑުގެ ރާޅުގައި ސިއްހީ ނިޒާމު ހުއްޓުމަކަށް އައެވެ. އެ ދުވަސްވަރު ބައެއް ހޮސްޕިޓަލުތަކުގައި އަލިފާނުގެ ހާދިސާތައް ވެސް ހިނގި އެވެ.

އެގޮތުން މޭ މަހު ގުޖަރާތު ސްޓޭޓުގެ ހޮސްޕިޓަލެއްގައި ރޯވެ ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ 16 މީހުންނާއި ދެ ނަރުހަކު މަރުވި އެވެ. ފުލުހުން ކުރި ތަހުގީގަށް ފަހު ބުނީ އަލިފާން ރޯވީ އައިސީޔޫ ވޯޑުގައި ކަރަންޓު މައްސަލައެއް ދިމާވެގެން ކަމަށެވެ.

އޭޕްރިލް މަހު މުމްބާއީގެ ކްލިނިކެއްގައި ރޯވެ ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ 13 މީހުން މަރުވި އެވެ. އޭގެ ދުވަސްކޮޅެއް ކުރިން ހަމަ އެ ސިޓީގެ ހޮސްޕިޓަލެއްގައި ރޯވެ 22 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox