އައްޑޫ ލިންކް ރޯޑްގައި އިއްޔެ ރޭ ފަތިހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި ޒަހަމްތަކެއް ލިބުނު މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ޝާފީ މުހައްމަދު "އަދަދު" އަށް ކިޔައިދިން ސ. ހިތަދޫ، ނަޔާބު، ހަސަން އަލީ، 59، ހޮސްޕިޓަލަށް ގެނައިރު ސިކުނޑިއަށް ލޭ އެޅި، މޭ ކަށިގަނޑުގައި ރެނދުލައި ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ 11:18 ގަ އެވެ.
މި އެކްސިޑެންޓް ހިނގީ ހިތަދޫ ލިން ރޯޑް ގައުކެނޑި ސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. ފުލުހުން ބުނީ ހިނގާފައި ދިޔަ 53 އަހަރުގެ މީހާއަށް ކުދިކުދި ޒަހަމްތަކެއް ލިބުނު ކަމަށެވެ.
މަރުވި މީހާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު، ހިތަދޫ މަސްޖިދުލް އިކްރާމް މިސްކިތުގައި އެވެ.














