ލަންކާ މުބާރާތުގައި އަނިޔާގެ ސަބަބުން ފައިސަލް އަށް ނުކުޅެވޭނެ

Nov 3, 2021, 9:58 AM
ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ކީޕަރު ފައިސަލް: ކުރިއަށް އޮތް ލަންކާ މުބާރާތުގައި ފައިސަލް އަށް ނުކުޅެވޭނެ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ކީޕަރު ފައިސަލް: ކުރިއަށް އޮތް ލަންކާ މުބާރާތުގައި ފައިސަލް އަށް ނުކުޅެވޭނެ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަނިޔާގެ ސަބަބުން ރާއްޖޭގެ ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އަށް އަންނަ ހަފްތާގައި ސްރީ ލަންކާގައި ފަށާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ގެއްލިއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް މިދިޔަ މަހު 10 ވަަނަ ދުވަހު ކުޅުނު މެޗުގައި ފައިސަލްގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އެކަމަކު، އޭގެ ތިން ދުވަސް ފަހުން ފައިސަލް ވަނީ އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ކުޅެފަ އެވެ.

ފައިސަލް އެ މެޗުގައި ކުޅުނީ އެއްކޮށް ފިޓްކޮށް ހުރެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއިރު، އިންޑިއާ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗަކަށްް އޭރު ހުރި (މިހާރުގެ އެސިސްޓަންޓް ކޯޗު) އަލީ ސުޒޭން ވެސް ބުނީ އެ މެޗުގައި ފެނުނީ އެންމެ ފިޓް ފައިސަލް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

Advertisement

ގައުމީ ޓީމުން ދާދި ފަހުން ހދ. ކުޅުދުއްފުށީ ޒިގްޒެގް ދަނޑު ހުޅުވާން ކުޅުނު މެޗުގައި ފައިސަލް ޓީމާ އެކު ދަތުރުކުރި ނަމަވެސް ނުކުޅެ އެވެ. މީގެ ފަސް ދުވަސް ކުރިން ޅ.ކުރެއްދޫ ރިސޯޓްގައި ކުޅުނު ހާއްސަ މެޗުގައި ވެސް ފައިސަލް ނުކުޅެ އެވެ. އަދި އިއްޔެ ގައުމީ ޓީމަށް ހާއްސަކޮށްގެން ހޮޓެލް ޖެންގައި ބޭއްވި އިވެންޓްގައި ވެސް ފައިސަލް ބައިވެރިނުވެ އެވެ.

ގައުމީ ޓީމުގެ އާ ހެޑްކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ޓީމާ އެކު ފަރިތަކުރުންތައް ފަށައިގެން މިހާތަނަށް ބޭއްވި ސެޝަންތަކުގައި ފައިސަލް ފުލް ޓްރެއިނިންގައި ބައިވެރިވެފައި ނުވެ އެވެ. އެނގިފައިވާ ގޮތުގައި ފައިސަލް ޓީމާ އެކު ލަންކާ މުބާރާތަށް ނުދާން ނިންމީ ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗުންނާއި މޮރިއޭރޯއާ ވެސް މަޝްވަރާކުރުމަށް ފަހު އެވެ.

ފައިސަލްގެ އިއްޔެ ވަނީ ރަސްމީކޮށް ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިން އެއްކޮށް ރަނގަޅުވާން ސްޓްރެންތު ޓްރެއިނިންތައް ފަށައިފަ އެވެ. މިހާރު އޭނާގެ ޓާގެޓަކީ އަންނަ މަހު 15 ވަނަ ދުވަހު ފަށާ ރާއްޖޭގެ ލޯކަލް ސީޒަން އެއްކޮށް ފިޓްވުމެވެ. ފައިސަލް މިދިޔަ ސީޒަނުގައި ކުޅުނީ ކްލަބް ވެލެންސިއާ އަށެވެ.

ގައުމީ ޓީމުގެ ޓްރެއިނިންގައި މި ވަގުތު ފަސް ކީޕަރުން ބައިވެރިވެ އެވެ. އެއީ ކްލަބް ވެލެންސިއާ އަށް މިދިޔަ އަހަރު ކުޅުނު މުހައްމަދު ޝަފީއު (ޗެކް)، ދަ ގްރާންޑޭގެ އިޔާން އަބްދުލް އަލީމް (ޗިކީ)، ވެލެންސިއާގެ ހަސަން ތޮލާލް (ޓޮޕްލަކް)، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި 23 އަހަރުން ދަށުގެ ޓީމުގެ ކީޕަރު، އަލީ ނާޖިހު (ނާޖީ) އަދި 19 އަހަރުން ދަށުގެ ޓީމުގެ ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.

ފަސް ކީޕަރުންގެ ތެރެއިން ލަންކާ މުބާރާތަށް ދާނީ ތިން ކީޕަރުންނެވެ. މިހާރު އޮތްގޮތުން ގައުމީ ޓީމު މިއަދުގެ ވަގުތެއްގައި ފައިނަލްކޮށް، ލަންކާ އަށް ދާން މާދަމާ ފުރާނެ އެވެ. ގައުމީ ކޯޗު މޮރިއޭރޯ ވަނީ އޭނާގެ ޓާގެޓަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށް ބުނެފަ އެވެ.

ލަންކާ މުބާރާތުގައި މި މަހު އަށް ވަނަ ދުވަހު ރާއްޖެ ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 17 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox