އައިއެސްގެ ހަމަލާއެއްގައި ތާލިބާނުންގެ އިސް ކޮމާންޑަރަކު މަރުވެއްޖެ

ތާލިބާން މެމްބަރުން މަގުމަތީގައި ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭޕީ

ތާލިބާން މެމްބަރުން މަގުމަތީގައި ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭޕީ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ހޮސްޕިޓަލަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ހަމަލާއެއްގައި ތާލިބާނުންގެ އިސް ކޮމާންޑަރަކު މަރުވެއްޖެ އެވެ.

ވިހި އަހަރަށް ފަހު މިދިޔަ އޯގަސްޓު މަހު ގާނޫނީ ވެރިކަން ވައްޓާލުމަށް ފަހު ސަރުކާރެއް ހަދައިގެން އުޅޭ ތާލިބާނުންނަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ވާދަވެރި އައިއެސްގެ ހަމަލާތަކެވެ.

އަންގާރަ ދުވަހު ކާބުލްގައި ހުންނަ މައި އަސްކަރީ ހޮސްޕިޓަލަށް އައިއެސް އިން ދިން ހަމަލާގައި 19 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ތާލިބާނުންގެ އިސް ކޮމާންޑަރަކު ހިމެނެ އެވެ.

ތާލިބާނުންގެ ތެރޭގައި ހިމެނޭ ހައްގާނީ ނެޓްވޯކު އަދި ބަދްރީ ކޯޕްސް ހާއްސަ ފައުޖުގެ މެމްބަރެއްގެ ގޮތުގައި ހިމެނޭ ހަމްދުﷲ މުހްލިސް އަކީ ތާލިބާނުން ވެރިކަމަށް އައި ފަހުން ހަމަލާއެއްގައި މަރުވި އެންމެ އިސް މީހާ އެވެ.

ސަރްދާރް ދާއޫދް ހާން ހޮސްޕިޓަލަށް ހަމަލާދޭކަމުގެ މައުލޫމާތު ލިބުމާއެކު މައުލާވީ ހަމްދުﷲ ވަގުތުން އެތަނަށް ދިޔަ،" ތާލިބާނުންގެ މީޑިއާ އޮފިޝަލް ބުންޏެވެ.

"އޭނާ ހުއްޓުވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރިން. ނަމަވެސް އޭނާ ބޭނުންވި ގޮތަށް ޝާހިދުވެގެން ދިޔެއީ ހޮސްޕިޓަލް ތެރޭގައި ހަމަލާ ބަދަލުކުރަމުން."

އައިއެސް އިން އެންމެ ފުރަތަމަ ހަމަލާދިނީ ހޮސްޕިޓަލަށް ވަންނަ މައި ދޮރާށި ކައިރީގައި ޓެރަރިސްޓަކު އަމިއްލަ އަށް މަރުވެ ބޮމެއް ގޮއްވާލައިގެންނެވެ. އޭގެ ފަހުން ހަތިޔާރާ އެކު ގިނަ ޓެރަރިސްޓުންތަކެއް ހޮސްޕިޓަލުގެ އެތެރެ އަށް ވަދެގަތެވެ.

ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން ތާލިބާނުންގެ ހާއްސަ ފައުޖުގެ މެމްބަރުން ހޮސްޕިޓަލަށް ދިޔެއީ ހެލިކޮޕްޓަރެއްގަ އެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބިއިރު ދޫކޮށްލި ގިނަ ހަތިޔާރާއި ހެލިކޮޕްޓަރު އަދި އެހެނިހެން އުޅަނދު މިހާރު ހުރީ ތާލިބާނުންގެ އަތްދަށުގަ އެވެ.

ޓެލެގްރާމް ޗެނަލްތަކުގައި އާއްމުކުރި ބަޔާނެއްގައި އައިއެސް އިން ބުނީ ފަސް މީހުން ވެގެން އެއް ފަހަރާ ރާވައިގެން ހަމަލާ ދިން ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނީ ހަމަލާގައި މަރުވީ 15 މީހުން ކަމަށެވެ. އަދި ތާލިބާން ހާއްސަ ފައުޖުގެ މެމްބަރުން ހަމަލާ ހުއްޓުވަން އަދާކުރި ދައުރަށް ތައުރީފް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox