ބަންދު މަޖިލީހެއްގައި އަމަލުކުރި ގޮތުން ގާޒީ ހަސަން ސައީދުގެ މައްސަލައެއް ބަލަނީ

Nov 2, 2021, 10:44 AM
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު --

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު --

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ އިތުރު މައްސަލައެއް ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ގާޒީ ހަސަންގެ އާ މައްސަލައެއްގެ ގޮތުގައި ބަލަމުން ދަނީ ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު އާއި ޝަރީއަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ.

ޖޭއެސްސީން ބުނި ގޮތުގައި އެ މައްސަލަ ބަލަން މިއަދު ޖޭއެސްސީން ނިންމާފައިވާއިރު އެކަމަށް ތަހުގީގު ކޮމިޓީ ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.

Advertisement

ނަމަވެސް, އެ މައްސަލާގެ ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ގާޒީ ހަސަން ސައީދު, ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރީ ވެސް ސުލޫކީ މައްސަލައެއް ސާބިތުވެ ފިޔަވަޅެއްގެ ގޮތުންނެވެ. ކުރިން އޭނާ ހުންނެވީ ފެމެލީ ކޯޓުގެ އިސްގާޒީގެ ގޮތުގަ އެވެ.

ޖޭއެސްސީއިން ގާޒީ ހަސަންއާ ގުޅޭ ސުލޫކީ މައްސަލައެއް އޭރު ބެލީ އެ ކޯޓުގެ މުވައްޒަފުންތަކެއް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެގޮތުން، މުވައްޒަފުންނަށް އޭނާގެ ފަރާތުން އެކި ކަހަލަ ފުރައްސާތަކާ ކުރިމަތިލާން ޖެހުނުކަން މުވައްޒަފުން ބުންޏެވެ.

އެ މައްސަލަ ސާބިތުވެ، ފިޔަވަޅެއްގެ ގޮތުން އޭނާގެ ކުރިމިނަލް ކޯޓުގެ ގާޒީއެއް ކަމަށް ބަދަލު ކުރި ނަމަވެސް، އެ މަގާމުގެ މުސާރަ ކުރިން ހުރި މަގާމަށްވުރެ ބޮޑުކަމުން ޖޭއެސްސީއަށް ފާޑުކިޔުން އަމާޒުވި އެވެ.

އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުރެ ކޯޓުގެ ފަރާތުން މުވައްޒަފުން ރާއްޖޭން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން މައްސަލައެއް ވެސް ޖޭއެސްސީން މިހާރު ވެސް ދަނީ ބަލަމުންނެވެ.

އޭގެއިތުރުން ކުރިމިނަލް ކޯޓުގެ ގާޒީއަކަށް އައްޔަންވި ފަހުން އަމަލު ކުރެއްވި ގޮތްތަކާ ގުޅިގެން ވެސް އޭނާގެ މައްސަލަ ބައެއް ފަރާތްތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވެ އެވެ. ގާޒީ ހަސަން ސައީދަކީ އޭނާގެ ބައެއް ނިންމުންތަކާހެދި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ގާޒީއެކެވެ.

އެގޮތުން, ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ, މީހަކު ޖާމިނުކޮށް ދިނުމުގެ މައްސަލާގައި ފާޑުކިޔުން އަމާޒުވި އެވެ. އަދި, މިފަހުން ސީލައިފް މައްސަލާގައި ދައުވާ ލިބޭ އަހުމަދު މޫސާ (އަންމަޓީ) ދޫކޮށްލި މައްސަލާގައި ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox