ހުކުމް ތަންފީޒުކުރުން ފަސްކުރުމާ ގުޅޭގޮތުން ހައިކޯޓުން ނެރުނު އާންމު ސިޓީ ބާތިލުކޮށްފި

ހައިކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުން ލަސްކުރުމުގެ އުސޫލު، ސުޕްރިމް ކޯޓުން ބާތިލްކޮށް އިސްލާހުކޮށްފި --

ހައިކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުން ލަސްކުރުމުގެ އުސޫލު، ސުޕްރިމް ކޯޓުން ބާތިލްކޮށް އިސްލާހުކޮށްފި --

ދަށު ކޯޓުން ނިންމާ މައްސަލައެއްގެ ހުކުމް ތަންފީޒުކޮށްދިނުން ފަސްކުރުމަށް ހައިކޯޓުގައި އެދިފައިވާނަމަ، ހައިކޯޓުން އެކަމަށް ވަކި އަމުރެއް ނުނެރުނު ނަމަވެސް ދަށުކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރަންވާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ކަނޑައެޅި އުސޫލު ބާތިލްކޮށް، ސުޕްރިމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަންއެއް ނެރުއްވައިފި އެވެ.

ސުޕްރިމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ މި އުސޫލު ތަފްސީލުކޮށްދީފަ އެވެ. ރާއްޖޭގެ ކޯޓުތަކުން ބަލަމުންގެންދާ މައްސަލަތަކުގެ ތެރެއިން މަދަނީ މައްސަލައެއްގައި ނެރެފައިވާ އަމުރެއް ނުވަތަ ހުކުމެއް ނުވަތަ ނިންމުމެއް ތަންފީޒުކުރުން ފަސްކުރުމަށް އަމުރެއް ކޮށްފައި ނުވާނަމަ އެ ހުކުމް ތަންފީޒުކުރަން ވާނެކަމަށް ސުޕްރީމް ކޯޓުގެ އެންގެވުމުގައި އޮވެ އެވެ.

މައްސަލައެއްގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެ މައްސަލައިގެ މަސްލަހަތު އޮތް ފަރާތަކުން އިސްތިއުނާފް ކޯޓެއްގައި އެދެން ވާނީ އެކަމަށް އެ ކޯޓަކުން ކަނޑައަޅާފައިވާ ފޯމަކުން ކަމަށް އެ އެންގެވުމުގައި ބުނެފައި ވެއެވެ. އަދި އަމުރެއް ނުވަތަ ހުކުމެއް ނުވަތަ ނިންމުމެއް ތަންފީޒުކުރުން ފަސްކުރުމަށް އިސްތިއުނާފް ކޯޓަކުން އަމުރުކުރުމުގައި ފަނޑިޔާރު ރިޔާއަތް ކުރަން ޖެހޭނެ ދެ ކަމެއް ބަޔާންކޮށްފައި ވެއެވެ. އެއީ؛

Advertisement
  1. އިސްތިއުނާފް ކޯޓުން އަމުރު ނުވަތަ ހުކުމް ނުވަތަ ނިންމުން ތަންފީޒުކުރުން ފަސްކޮށްނުދީފިނަމަ، އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަން؛ ނުވަތަ
  2. އަމުރު ނުވަތަ ހުކުމް ނުވަތަ ނިންމުމާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކޯޓުން ގަބޫލުކުރާ ނަމޫނާ އަކާ އެއްގޮތަށް ސެކިއުރިޓީ ހުށަހަޅާފައިވުން.

މީގެ އިތުރުން، ފަސްކުރުމަށް އެދިފައިވާ ހުކުމަކީ ފައިސާ ދެއްކުމަށް ކޮށްފައިވާ އަމުރެއް ނަމަ، ކޯޓަށް ފައިސާ ދައްކަމުން ދާ ފަރާތެއްގެ ފައިސާތައް އެއްވެސް ފަރާތަކަށް ދޫނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރުވެސް މަތީ މަރުހަލާގެ ކޯޓުތަކަށް ލިބިގެންވާކަމަށް ކަމަށް ސުޕްރިމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި އަންގަވާފައި ވެއެވެ.

"މި ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުގެމަތިން، ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް، އަޑުއެހުމެއް ބޭއްވުމަށް ފަހު ނުވަތަ އަޑުއެހުމެއް ބޭއްވުމަކާ ނުލައި ނެރެވިދާނެ އެވެ. އަދި މައްސަލަ ރައްދުވާ ފަރާތުގެ ބަހެއް ހޯދުމެއް ނެތި، މައްސަލައިގެ ޒާތަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ވަށައިގެންވާ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު، ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމުގެ އިހްތިޔާރު އިސްތިއުނާފް ކޯޓުތަކަށް ލިބިގެން ވެއެވެ." ސުޕްރިމް ކޯޓުން ބުނެފައިވެ އެވެ.

titledesc

ހައިކޯޓުގެ 8 ފަނޑިޔާރުން ބައިވެރިވި މި ބައްދަލުވުމުގައި މި ގޮތަށް ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ ފަނޑިޔާރު ހުސައިން މަޒީދު އެކަންޏެވެ. ދެން މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވީ އިސްފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއާއި، ފަނޑިޔާރު އަލީ ސަމީރުއާއި، ފަނޑިޔާރު ހުސައިން ޝަހީދުއާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ. އެ ބޭފުޅުން ވޯޓު ދެއްވީ މި ގޮތަށް ފާސްކުރަން ފެންނަ ކަމަށެވެ.

ހައިކޯޓުން އެ އެންގެވުން އިއްޔެ އާންމުކުރިއިރު، އޭގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގައި ވެސް އޮންނަ ގޮތުން ހުކުމް ތަންފީޒުކުރުން އެއްވެސް ގޮތަކަށް ފަސްކުރެވޭނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މަތީ މަރުހަލާގެ ކޯޓަކުން ކަނޑައެޅިގެން އަމުރެއް ކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox