ޖަލުގައި ހުންނަން ޖެހުމުން އަލީ މަނިކުގެ ޝަކުވާތަކެއް، ބަންދަށް ލުޔެއް ނުދިން

އަލި މަނިކާއި ތަސްލީމް މިއަދުގެ ބަންދު މަޖިލީހުގައި: ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި

އަލި މަނިކާއި ތަސްލީމް މިއަދުގެ ބަންދު މަޖިލީހުގައި: ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަބްދުﷲ އަލީ މަނިކު ބަންދުގައި ހުންނަން ޖެހުމުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަނިޔާ ލިބެމުންދާ ކަމަށް ބުނި ނަމަވެސް, ބަންދަށް ލުއި ނުދޭން ކޯޓުން ނިންމައިފި އެވެ.

ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަނިކޮށް ބޮމެއް ގޮއްވާލާ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން އެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރަނީ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީމަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެހެންނަމަވެސް ދައުލަތުން މި ދެ މީހުންގެ މައްޗަށް ދައުވާކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ މި ދެމީހުންގެ ބަންދު މުރާޖާ ކުރުމުގެ އަޑުއެހުމެވެ.

ވަކީލެއް އައްޔަން ކުރުމަށް ދިން ފުރުސަތުގެ ބޭނުން ނުކޮށް، މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަމުން ދައުވާ ރައްދުވާ، އަބްދުﷲ އަލީ މަނިކް ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރާ ކުށަށް އިންކާރު ކުރާ ކަމަށެވެ.

ފަސް މަސް ވަންދެން ބަންދުގައި ހޭދަވި މި މުއްދަތުގެ ތެރޭގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭނާއަށް އެތައް ގެއްލުމެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ގިނަ ދުވަހު އާއިލާއާ ދުރުގައި ހުންނަން ޖެހުމުގެ ސަބަބުން އާއިލާއަށް ވެސް ވަރަށް ބޮޑަށް ނަފްސާނީ ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.

އަލީ މަނިކް ބުނާ ގޮތުގައި އޭނާ ބަންދުގައި ހުރުމުގެ ސަބަބުން އާއިލާއަށް އާންމުދަނީ ލިބޭނެ ދޮރުތައް ވަނީ ބަންދުވެފަ އެވެ. އެހެންކަމުން ވަކީލެއް ހަމަޖެއްސުމުގައިވެސް ދަތިތަކެއް ހުރި ކަމަށާއި، ލިބެންޖެހޭ އަސާސީ ބައެއް ހައްގުތަކަށްވެސް އުނިކަން އަންނަ ކަމަށް ބުންޏެވެ.

އޭނާ ވަނީ ޝަރުތުތަކަކާއެކު ގޭބަންދަށް ދޫކޮށްދިނުމަށް އެދިފަ އެވެ.

ގޮޅިއެއްގެ ތެރޭ ނުބާއްވާ އަޅުގަނޑަށް ލުއި ގޮތެއް ހަމަޖައްސާ ދިނުމަށް އެދެނީ

މި މައްސަލާގައި ދެން ތުހުމަތު ކުރެވޭ ތަސްލީމް ވަނީ ވަކީލެއް ހަމަޖައްސާފަ އެވެ. ތަސްލީމްގެ ފަރާތުން އޭނާގެ ވަކީލް އަހްމަދު ޝާފިއު ވާހަކަދައްކަވަމުން ވަނީ ދައުވާގެ އެއްވެސް ލިޔެކިޔުމެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ސްޓޭޑް ވަކި މީހަކަށް ވުމުން ބަދަލުވާ ކަމަށް ބުނެ، ތަސްލީމާ ދޭތެރޭ ދައުލަތުން ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

އެގޮތުން ކްރިމިނަލް ކޯޓުގައި މީގެ ކުރިން ކުރިއަށް ދިޔަ މިފަދަ މައްސަލައަކަށް ރިޔާއަތްކޮށް، ޝަރުތުތަކަކާއެކު ޓެރެރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލުމުން ދައުލަތުން ހަނު ހުރި ކަމަށާއި، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ނުވާކަން ފާހަގަ ކުރެއްވި އެވެ.

އެހެންނަމަވެސް, ދައުލަތުގެ ވަކީލު ނީޝާން ވަހީދު ވިދާޅުވީ އެ މައްސަލައިގެ ބާވަތް އެއްގޮތްވި ނަމަވެސް ތުހުމަތު ކުރެވޭ ކުށާއި، އެ ކުށް ހިނގި ވަގުތާއި، ހާލަތު ތަފާތު ކަމަށެވެ. އަދި އެ މައްސަލާގައި އުފުލާފައިވާ ދައުވާ ވެސް ތަފާތު ކަމާއި އެ ކުށުގެ ދައުވާއަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ވެސް ތަފާތު ކަމަށެވެ.

އޭނާ ވިދާޅުވީ މި ދެމީހުން ދޫވެއްޖެ ނަމަ ހެކި ނައްތާލުމުގެ އިހްތިމާލް އޮތް ކަމަށާއި، ޓެރެރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު، އޮތް ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ގާޒީ އަލީ އާދަމް ނިންމެވީ "މިވަގުތު އެދެމީހުން މުޖްތަމައުއަށް ދޫކޮށްލައިފި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭތީ" ކަމުގައި ވިދާޅުވެ އެވެ. އަދި ތުހުމަތު ކުރެވޭ ކުށަކީ ބޮޑު ކުށަކަމަށް ޝަރީއަތަށް ގަބޫލުކުވޭތީކަން ފާހަގަކުރައްވަމުންނެވެ.

ހަމަލާގެ ތުހުމަތާ ގުޅިގެން އަލި މަނިކު ހައްޔަރުކޮށްފައިވަނީ މޭ 18 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އަލި މަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފިޒުކުރަމުންދަނިކޮށް ވަނީ ޖަލުން ވެސް ފިލައިފަ އެވެ.

ތަސްލީމަކީ ވެސް ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވިފައި އޮތް މީހެކެވެ. އަދި، މއ. އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނިކޮށް އޭނާ ކުރިން ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox